ފްލެޓް ކޮމިޓީގެ ޕްރެސް ކޮންފަރެންސެއްގައި އަކްރަމާއި އާރިފް ވާހަކަ ދައްކަވަނީ: ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޫކުރި ކަމުގެ ތުހުމަތުގައި މި ދެ ބޭފުޅުންގެ އިތުރުން ދެ މީހަކަށް ވަނީ ދައުވާކުރަން ކޯޓަށް ހުށަހަޅާފައި.
18 ސެޕްޓެމްބަރ 2025 - 12:16
ކުރީގެ ސަރުކާރުގައި ހުޅުވާލި ގެދޮރުވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ޕޮއިންޓްދީ، ފްލެޓް ދިން މައްސަލާގައި ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފްލެޓް ކޮމިޓީގެ މެމްބަރުންތަކަކަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ކުރަމުންދާއިރު އެ ތަހުގީގަށް އަކްރަމާއި އޭރުގެ ބައެއް އެހެން އިސް ވެރިންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުންނަށް އުސޫލާ ހިލާފަށް ފޮއިންޓު ދީ ޝަރުތު ފުރިހަމަނުވާ ބަޔަކު ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ މައްސަލައިގަ އެވެ.
އެ މީހުންގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
"މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށް ގެންގޮސްފައިވާ މައްސަލަ އެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.
1. އަކްރަމް ކަމާލުއްދީން (ފްލެޓް ކޮމިޓީގެ ޗެއާ، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު)
2. މުހައްމަދު އާރިފް (ފްލެޓް ކޮމިޓީގެ މެމްބަރު، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު)
3. އަހްމަދު ވިޝާން ނަސީމް، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު
4. ޟިރުއާމް ވަހީދު، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު
ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޫކުރި މައްސަލާގައި ދައުވާކުރަން ފޮނުވިއިރު، 76 ޕޮއިންޓުގެ ގުރުއަތު ނުނަގައި 75 ޕޮއިންޓަށް 300 ފްލެޓް ދިން މައްސަލައެއް ވެސް ހައުސިން މިނިސްޓްރީން ވަނީ ތަހުގީގުކޮށްދޭން އޭސީސީއަށް ހުށަހަޅައިފަ އެވެ. ފްލެޓްތަކުގެ ސޮއި ކުރުމުގެ މަރުހަލާގެ ތެރެއިން ފެންމަތިވި އެ މައްސަލާގައި އެދިފައި ވަނީ، ފްލެޓް ދިނުމުގެ އުސޫލާ ޚިލާފަށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް ފްލެޓް އެލޮކޭޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.
މިނިސްޓްރީން ބުނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުގައި އާއްމުކުރުމާ އެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. އެތައް ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހެޅި އެވެ.
އެ މައްސަލަތައް ބެލުމަށް ފަހު އޭސީސީން ބުނީ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.
މި މައްސަަލަތައް ބަލަން މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތްތަކެއް ކުރުމަށް ފަހު، އެންމެ ފަހުން ނިންމީ ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދިނުމަށެވެ. އެއީ ކުރީގެ ލިސްޓެއް އޮއްވައި އާ ލިސްޓެއް ހެދުމާ ދެކޮޅަށް ކަންބޮޑުވުންފާޅުކުރަމުން ދިއުމާ ގުޅިގެންނެވެ. އެ ލިސްޓުގައި ތިބި މީހުންނާ އެކު އެފްޑީސީން އެއްބަސްވުންތަކުގައި ސޮއިކޮށް މިހާރު އަންނަނީ ފްލެޓް ހަވާލުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
19 September 2025
އެންމެދަރިއެއް ހުރެފައި ދެމަފިރިންނަށް ވެސް ކ.މާލެއިން ބިން އޮތް އަދި ދެމަފިރިންގެ ދެގޯތީގައި ވެސް 10 ބުރިއަށް ގެ ހަދާފައިހުރި ކ.މާލޭގެ ދެމަފިރިން ވަންނާނެތަނެއް ނެތްކަމަށް ބުނެ ޔާމީނު ދައުރުގައި އެ ދެ މީހުންވެސް ސޯޝަލް ހައުސިންގ ފުލެޓް ވަނީ ހޯދާފައި. މިދެނނެވި ދަރިފުޅު ވަނީ ހުޅުމާލެ އިން ޕެންތަރ ހައުސް އެއް ގަނެފަ. މަންމަ އާއި ބައްޕަގެ 2 ގޯއްޗާއި 2 ފުލެޓް އަދި އަމިއްލަ ކޮންޑޯ އެއް ހުރި މީހާއަށް ވެސް އިބްރާހިމް ހުޅުމާލެއިން ބެހި ގޯތިވެސް ލިބުނު.
ޔޫހީ
19 September 2025
މި.މައްސަލަ ދައުވާކުރަން ފޮނުވީ މޭ މަހު. ދައުވާ މިކުރީ ސެޕްޓެންބަރު މަހު.
ދެރަ
19 September 2025
ޙައްޤަށް ތި ފްލެޓް ދިން އިރެއްނެތް އެއް އިރެއްވެސް. ޢެހެން ނަމަ 40 ދަށުގެ ތިން ހަތަރު ކުދިން ގޮވައިގެން އާއިލާ އެތަށްބަޔަކު ޝެއަރވެގެން ދިރިއުޅޭ ކުދިން ޝަރުޠު ހަމަނުވެފައި، ދަރިން ބޮޑަތިވެ ލަގްޒަރީ ފްލެޓްތަކުގަ އުޅޭ، އިއްދައިން ކެޑިފަ ތިބޭ އުމުރުގެ މީހުންނަކަށް ނުލިބޭނެ.
ނާޑުވާ
19 September 2025
މި ސަރުކާރުން 34 ޕޮއިންޓް ލިބުނު މީހަކު ޝަރުތު ހަމަވާކަމަށް ކަނޑައަޅާފަ އެބައޮތް އަދި ފްލެޓް ހަވާލުކުރާ ލިސްޓްގަ އެބައޮތް. ގާތް ރައްޓެއްސެއް ވީމަ އިތުރު ތަފްސީލް ދެވޭކަށް ނެތް.
މުހައްމަދު މ
19 September 2025
މިސަރުކާރުން އެކަން ރަނގަޅަށް ކުރަން އުޅޭ ކަމުނުގޮސްގެން ހާޅޭޖަހާތީވެ އެސަރުކާރުގެ ލިސްޓު އައް އެދެނީ މިހާރު
ފިޔާޒ
19 September 2025
މިއާރިފްޓީވީއެމްގެރާއްޖެމިއަދު ޕްރޮގްރާމްގައިތިބެގެންބުނީ ދަރިންކިޔަވާސްކޫލުތަކުންއެސްކޫލްގައިއުޅޭކަމުގެލިޔުންހޯދާފޯމާއިއެކުހުށައަޅަން.މަގޭ3ކުދިންއުޅޭސްކޫލްތަކުންއެސްކޫލުގައިއުޅޭކަމުގެލިޔުންހުށައެޅީމަވެސްބުނީ މައިންބަފައިންމާލޭގައިއުޅުނުކަން ޔަޤީންނުވެޔޯ..ޕްރީސުކޫލުން ފަށައިގެންގްރޭޑް9އަށް 15އަހަރުވާއިރު އެކުދިންއެކަނިޔޯ ސްކޫލަށްދަނީ..މިމީހުންނަށްދޭނެވޯޓެއްނެތް ނެވަރއެވަރ
ޙައްގުބަސް.
18 September 2025
ރާއްޖެ ތެރޭ ބޮޑެތި ގޯތިތަ އެބަގުރި 15 އަހަރޭ ކިޔާފަ މާލޭން ފްލެޓު ދީގެން ނުވާނެ. ރަައްޖެ ތެރޭ 10ކައް ކިޔަވާދޭ.
ކޮރަލް
18 September 2025
ތިޔަ މީހުން ބޭރުން ފްލެޓް ގަނެ ބޭރަށް ދިރި އުޅުން ބަދަލު ކުރުމުގެ ކުރީން ދައުވާ ކުރެވިއް ޖެއްޔާ ރަނގަޅެވެ.
ޞަތޭކަ
18 September 2025
ޥަގުން މައިތިރި ކުރަނޖެހޭ. ޢަކުރަމް އެމްޑީޕީ އިން ބޭރުކުރޭ
ފިޔަވަޅު
18 September 2025
އަހަރެމެންނަށް ލިބުނު ޖިޔާ ފުލެޓް އަތުލާފަ ޞާލިހު ސަރުކާރުން ބުނީ ފުލެޓް މަދުވީމަ ފުލެޓް ނުދެވުނިއްޔޭ. އެކަމް އަހަރެމެން ރަށުގަ އުޅޭ އެމޑޕ މީހުންނަށްވެސް ފުލެޓް ދިން . އަހަރެމެން މާލޭގަ އުޅޭތާ 20 އަހަރު ވަނީ . މިފަހަރުވެސްވއަޅައި ނުގަނެ . ދަފްތަރުގަ އިންނާނީ . ރަށަކު ވަންނާނޭ ތަނެއް ނެއް . އަހަރެމެން މިހެން ކުއްޔާއް މާލޭގަ އުޅެނިކޮަށް އިހަކައް ދުވަހު މާލެ އައިސް އުޅުނު މީހިންނަށް މިފަހަރުވެް ލިބިއްޖެ ފުލެޓް . ވަރަށް ދެރަވެ
ތަމެންދޯ
18 September 2025
ވަރަށް ހީނުވޭ އަކްރަމް ތިކަން ކުރާނެކަމަށް ވަރަށް ހީނުވެއޭ އެއަށް ވުރެން ބޮޑަށް ފުދޭނެ އަކްރަމް މެން އެއީ އިނުގައިދޫ ދާއިރާގެ 28 މިލިއަން ލުޓޭރޭ ފަދަ ބަނޑު އަކިރިން ނޫނޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ....