މ. މުލަކުގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ ބިންގާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަޅުއްވައިދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް
22 ސެޕްޓެމްބަރ 2025 - 11:27
މ. މުލަކުގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން އިމާރާތެއް އިތުރުކުރުމަށާއި އެ އަތޮޅު ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
އެ ދެ ޕްރޮޖެކްޓުގެ މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގަ އެވެ.
މުލަކު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ މިއަދު ހެނދުނު އެޅީ އެތަނާ ޖެހިގެން އޮތް ހުސްބިމުގަ އެވެ. އާރުސީސީއާ ހަވާލުކުރި ޕްރޮޖެކްޓުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
މުލަކު އާ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންވަނީ. -- ފޮޓޯ | ރައީސް އޮފީސް
މުލަކުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ފެއްޓެވި މަސައްކަތުގެ ސަބަބުން މި ސަރަހައްދުގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެ މަޝްރޫއު ފަށާ ގޮތަށް ވަރަށް ބާރު ސްޕީޑުގައި ގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އެ އިމާރާތުގެ މަސައްކަތުގެ އަގަކީ 26,469,925.89 ރުފިޔާ އެވެ. އާރުޑީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ މި އަހަރުގެ މެއި މަހު އެވެ.
ދިއްގަރުގައި ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު ނާޒިމްގެ އިތުރުން އެމްޓީސިސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިއްގަރުގައި އަޅަން ނިންމާފައި ހޮސްޕިޓަލާ އެކު މ. އަތޮޅުގެ ސިއްހީ ދާއިރާއަށް ރަނގަޅު، ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ. ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއަކީ އަސާސީ ކަންކަން ކުރިއެރުވުމަށް ރައީސް ކުރިއަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. ދިއްގަރުގެ އާ ހޮސްޕިޓަލަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 105 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1828
22 September 2025
މާތްކަލަަކޯ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވިޔަސް މިއީ ދެން ތަންފުކެއް ބޮޑުވަރު. ދިއްގަރުގެ އާބާދީއަކީ 1478ކަމަށް ދައްކަނީ. ވީއިރު މިވަރުގެ އިސްރާފެއްނުކޮށް، އެރަށު މީހުން އަނެއް ދިއްގަރަށް (ފުށި ދިއްގަރަށް) ބަދަލުކުރުމަކީ ދުރު މުސްތަޤުބަލަށް ދައުލަތަށް އެންމެ ޚަރަދު ކުޑަވާނެ ގޮތް. މުޢިއްޒޫ މިއީ ދެން ތަންފުކެއް ބޮޑުވަރު.
ހަސަންޓެ
22 September 2025
މިގޮތައް ހޮސްޕިޓަލް އަޅާ އަޅާ މިރަށްވެސް ފުރިއްޖެ
1828
22 September 2025
ކޮން ރަށެއް؟
އަމަނީ
22 September 2025
މިހާރު ހޮސްޕިޓަލްތަށް އަޅަމުންދާ ވަހާކަ ނޫސްތަކުގައި ޖަހާއިރު ނޫސްވެރިއަކު ސުވާލުކޮއްލާ ދީބަލަ ހއ.ދިއްދޫގައި އަޅާ ހޮސްޕީޓަލް އާއި އެއަރޕޯޓް ތުނި ބިއްލޫރިން އަޅަމުންދާއިރު ނޫސްވެރީންނަށް ނޭގި އަވަސް ސްޕީޑުގައި ދާތީ އެ މައުލޫމާތު ހާމަ ނުކުރަނީ ކީއްވެތޯއެވެ. ޝުކުރިއްޔާ ރައީސް ޑރ މުއްއިޒްއަށް