ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ވަޖިރާ ހޮސްޕިޓަލުގެ ކުރިމަތިން ބިންގަނޑު އަޑިއަށްގޮސް ބޮޑު ވަޅުގަނޑެއް ހެދިފައި. -- ފޮޓޯ: އޭއެފްޕީ
24 ސެޕްޓެމްބަރ 2025 - 12:44
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ކާރޫބާރު ބޮޑު މަގެއްގެ އެއް ބައި މިއަދު އަޑިއަށް ގަނބައިގަނެ ފުން ވަޅުގަނޑެއް ހެދިއްޖެ އެވެ.
މި ބޮޑު ވަޅުގަނޑު ހެދުނީ ބެންކޮކްގައި އާންމުން ގިނަ ސަރަހައްދެއްގައި ހުންނަ ވަޖިރާ ހޮސްޕިޓަލުގެ ބޭރުގަ އެވެ. ގާތްގަނޑަކަށް 50 މީޓަރު (160 ފޫޓް) ފުޅާ ވަޅުގަނޑެއް ހެދިފައި ވާއިރު ކަރަންޓް ނަރުތައް ބުރިވެ ފެން ހޮޅިތައް ވެސް ފެޅި ހާމަޔަށް ފެންނަން ހުއްޓެވެ.
ބެންކޮކްގެ ޑިޒާސްޓާ ޕްރިވެންޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ސުރިޔަޗައި ރަވިވާން އޭއެފްޕީއަށް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ދާދި ފަހުން ބޯކޮށް ވާރޭ ވެހުމާއި ފެން ހޮޅިއަކުން ލީކުވަމުން ދިއުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ވަޖިރާ ހޮސްޕިޓަލުގެ ކުރިމަތިން ބިންގަނޑު އަޑިއަށްގޮސް ބޮޑު ވަޅުގަނޑެއް ހެދިފައި. -- ފޮޓޯ: އޭއެފްޕީ
"ފެން ހޮޅިން ލީކުވެފަައި ހުރި -- އެ ފެނުން ބިންގަނޑު ތެމި ވެލިގަނޑު ދޫވެގެން މި ހާދިސާ ހިނގީ ކަމަށް ބެލެވެނީ،" ހާދިސާގައި މީހަކަށް ކަމެއް ނުވާކަން ފާހަގަކުރައްވަމުން ސުރިޔަޗައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިމު އަޑިން ފެން ލީކުވަމުން ދިޔައިރު އިމާރާތްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ސަބްވޭއެއްގެ ތެރެއަށް ވެލިގަނޑު ދެމެމުން ގޮސްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ތަނުގެ ކުރިމަތީގައި ޕޮލިސް ސްޓޭޝަނެއް ވެސް ހުންނައިރު އެތަނުން މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ. އަދި ކައިރި އެޕާޓްމަންޓުތަކުން ވެސް މީހުން ހުސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަދަސދަސދ
25 September 2025
ބައެއް މީހުން ސިފަ ކުރޭ ކޯފާ އެއް ގޮތަށް
ރދތދ
26 September 2025
ތިކޮމެންޓް ކިޔަންވެގެން މިހަބަރަށް ފިއްތާލީވެސް