ޚަބަރު / ސިނގިރޭޓް

އަތުލައިގަތް ސިނގިރެޓްގެ އަދަދު 1.8 މިލިއަނަށްވުރެ ގިނަ

މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ

މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ކަސްޓަމްސް އިން އަތުލައިގެންފައި ހުރި ސިނގިރެޓް ކޭސްތަކެއް: މިއަދު އައްޑޫ ބަނދަރުން ވަނީ 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އަތުލައިގެންފައި. -- ފޮޓޯ: ކަސްޓަމްސް

24 ސެޕްޓެމްބަރ 2025 - 18:26

11 comments

އައްޑޫ ހިތަދޫ ޕޯޓުން ވަގަށް އެތެރެކުރަން އުޅެނިކޮށް މިއަދު އަތުލައިގަތް ސިނގިރެޓްގެ އަދަދު 1.8 މިލިއަނަށްވުރެ ގިނަ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

"މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން. މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ،" އަތުލައިގަތް ސިނގިރެޓާ ބެހޭ ގޮތުން ކަސްޓަމްސް އިން ނެރުނު ކުރު ބަޔާނުގައިވެ އެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެންވެ މިއީ ކޮން ބައެއްގެ ނަމުގައި، ކޮން ތާކުން ގެނައި އެއްޗެއް ކަމެއް ވެސް ނޭނގެ އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިއަދު އަތުލައިގަތް ޝިޕްމަންޓުގައި 1،840،000 ސިނގިރެޓް ސްޓިކް ހިމެނެ އެވެ. މިއީ 92،000 ކާޓަން ސިނގިރެޓެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރި ފަހުން ތަފާސްހިސާބު ދައްކަނީ ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު އާދަޔާ ޚިލާފަށް ދަށްވެފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަސްޓަމްސް އިން މިދިޔަ މަހުގެ 25 ގައި "މިހާރު"އާ ހިއްސާކުރި ތަފާސްހިސާބު ދައްކާގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 42،314،387 ސިނގިރޭޓު އެތެރެކުރި އެވެ.

ކަސްޓަމްސްގެ ހިސާބުތަކުގައިވާ ގޮތުން، 2022 ވަނަ އަހަރު ރާއްޖެއަށް 356.7 މިލިއަން ސިނގިރޭޓު އެތެރެކޮށްފައިވެ އެވެ. ސީއެފްއައިގެ ގޮތުން ބަލާނަމަ އެއީ 251،805،549ރ އެވެ. ޖެހިގެން އައި 2023 ވަނަ އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށްވެފަ އެވެ. އެ އަހަރު އެތެރެކުރީ 350،037،124 ސިނގިރެޓެވެ. އެއީ ސީއެފްއައިގެ ގޮތުގައި 265،878،420ރ. އެވެ.

ސިނގިރެޓް އެތެރެކުރާ ވަރު މަދު ކަމަށް ދައްކަނީ މިގޮތަށް ވަގަށް ސިނގިރެޓް އެތެކުރާތީ ކަމަށް ތުހުމަތުކުރެވޭ ސަބަބުތައް ގިނަ އެވެ.

11 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 50%
icon wow icon wow 13%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމްދާ

25 September 2025

މި ޖުރިމާނާ ފައިސާ އަތުނުލެވޭނެކަން ޔަގީން. މީ ވަރަށް ނުފޫޒުގަދަ ބޭފުޅެއް.

The name is already taken The name is available. Register?

މހއމ

25 September 2025

ތިހުރިހާ މިލިއަނެއް ޖޫރިމައިނާގެ ގޮތުގައި އަނބުރާ އަތުލެވޭތަ؟ ނޫނީ ހަބަރުގަ ޖޫރިމައިނާ މިލިއަނުން ކުރާ ވާހަކަ ޖަހާފައި ނިންމާލަނީ ތަ؟

The name is already taken The name is available. Register?

ސެދފރެދފ

25 September 2025

އެތެރެ ކުރި މީހުންގެ ވާހަކަ ޖަހާލަން ނުކެރިގެން ތިއުޅެނީ އެއްޗެ ނުލިބިދާނެތީ ތަ؟ ކަސްޓަމްއަށް މުޢިއްޒް ލަފާ ނުދެނީ ކަންނޭގެ އަދި!

The name is already taken The name is available. Register?

އޮނަރަބްލް އަފީފުދީދީ

25 September 2025

ވަރަށްދެރަ. އަދި ލަދުގަނެއްްޖެ. އައްްޑޫމީހުންނަކީ މިފަދަ ނޭއްގާނީ ކަންކަންކުރުމަށް ދެވިހިފާފައިތިބި 2 ވަނަ . އެއްވަނަ އަކީ މާލޭގެ ހަތަރުކުޅަދު ހަމަ މީހުން.

The name is already taken The name is available. Register?

ސިޔާސީ ސިނގިރެޓް

24 September 2025

މުދަލުގެ ވެރިފަރާތް ހާމަނުކުރި ސަބަބެއް އޮންނާނެތާ. އެހެނަސް މިކަމުގެ ހަޤީޤަށް އަހަރެމެން އައްޑޫ އެއްމެނަށް އެނގޭ. މިފަދަ ކިތައްމެ ނޭއްގާނީ ކަމެއް ހިންގާފައި ހުންނާނެ ކަމަށް ބެލެވެނީ، އާއިލީ ވިޔަފާރި ރޫޅި އަމިއްލަ އަށް ވިޔަފާރި ފަށައި ކުއްލިއަކަށް ބޮޑު މުއްސަންޖަކަށްވެ ނުބައްދަލު މުއްސަނދި ދިރިއުޅެމެއް އުޅޭ މީހުން މިފަދަ ކަންކަން ކުރާނެ. ރަށުތެރޭގައި އެއްމެން ދަންނަ ބޮޑު ސިއްރެއް، ރ.ޔާމީން ވިދާޅުވިހެން ލިބުނުގޮތެއް ނުބަލާ ފައިސާހޯދުން ކަމަކީ

The name is already taken The name is available. Register?

ފޮށި

24 September 2025

ވަނަވަރު ހާމަ ކުރޭ! އަބަދުވެސް ސިއްރުކޮށްފައި. ވަކި ބައެއް ވީމަދޯ ނޫހައް އަރުވަނީ

The name is already taken The name is available. Register?

ޢެމީހާ

24 September 2025

ސިއްރު ކަންކަން ކުރާ ބޭފުޅުން ހައްޖާއި އުމުރާ ވެގެންތިބެ ވިޔަފާރި ކުރިއަރުވާން ކުރާ ކަންކަން. ސިއްރާ ސިއްރުކުރާނެ. ފައިސާ އިން މިކަން ހައްލުވާނެ

The name is already taken The name is available. Register?

ކޮރަލް

24 September 2025

ރާއްޖެ އަކީ ގަވާއިދު ހުއްޓަސް ހާމަ ތަންތާ ގަވާއިދާ ހިލާފައް ސިނގިރޭޓް ބުއިން އެންމެ އާއްމު އެއް ގައުމެވެ. ސިނގިރޭޓް އަތުލައިގަނެފި އެވެ. މީހަކު އަތެއް ނުވެ އެވެ. ހުކުމެއް ނުކުރެވެ އެވެ. ސިނގިރޭޓް އެއީ އަމިއްލަ އަށް ދިވެހި ރާއްޖެ އަށް ވަންނަ އެއްޗެއް ނޫނެވެ.

The name is already taken The name is available. Register?

ވަހުތާން

24 September 2025

ސިޔާސީމީހެއްގެ އެއްޗެހިކަމަށް ވާނީ..އެހެންވެ ވެރިފަރާތް ހާމަ ނުކިރީ..އެތެރެކުރި ފަރާތް ބުނެގެން ތަހްގީގަށް އެޅޭނެ ހުރަހަކީ ކޮބާ.ކަސްޓަމްސް ހެކިހުންނާނެތާ!އެހެން ނޫނީ ވަގުތުން ވަގުތައް ކުންފުނީގެ ވެރިންގެ ނަންތަައް ބަދަލުކުރަން ވަގުތު ދިނީ.

The name is already taken The name is available. Register?

ހުސްދޮގު

24 September 2025

ކަސްޓަމައް އެތެރެ ނިކުންނަ ހިސާބައް ދާއިރު އެއެއްޗެއް އައީ ކޮންތާކުން ކަމާ އެއީ ކޮންބައެއްގެ ނަމުގަ އައި އެއްޗެއްކަންް ނޭނގި އެއްނުހުންނާނެ ބުނަންބޭނުން ނުވެދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454