ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: މި ތަން އިމާރާތް ކުރަނީ ޒަމާނީ ފެންވަރަށް، ޖާގަ ތަނަވަަސްކޮށް.
25 ސެޕްޓެމްބަރ 2025 - 19:24
ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ 50 އެނދުނު އާ ހޮސްޕިޓަލް އިމާރާތާއި ސާވިސް ބިލްޑިން އެޅުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލް ރަހްމާން ޔޫސުފެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަޝްރޫއު ހަވާލުކުރީ 185.6 މިލިއަން ރުފިޔާ އަށެވެ.
ހއ. އަތޮޅު ހޮސްޕިޓަލުގެ ކުރެހުމެއް.
އަލަށް އިމާރާތްކުރާ ފަސް ބުރީގެ އެ އިމާރާތުގައި އައިސޮލޭޝަން ފެސިލިޓީ އާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހިމެނޭނެ އެވެ. އޭގެ ތެރޭގައި އެކްސްރޭ އާއި ސީޓީ އާއި އެމްއާރުއައި އަދި މެމޮގްރަފީ އާއި އަލްޓްރާސައުންޑް ސްކޭން ހެދޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ބުންޏެވެ.
ހއ. އަތޮޅު ހޮސްޕިޓަލުގެ ކުރެހުމެއް.
އެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި އިންޑަސްޓްރިއަލް ލޯންޑްރީއަކާއި އޮކްސިޖަން ޕްލާންޓެއް ވެސް ހިމެނެ އެވެ.
މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލު ވެގެންދާނީ ޒަމާނީ ފެންވަރަށް ގާއިމުކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލު އިމާރާތަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުސް
25 September 2025
އިންސާނެއްގެ ބޮލުގަހުރި އިސްތައްޓަށްވުރެ ގިނަ މަސްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފި. އެއްކަމެއްވެސް ނުވޭ.
ތިންބޯ
25 September 2025
ކޮބާ މިހާރު އެއަރޕޯޓްގެ މައްސައަކަތް ނިންމާފަ ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ އެހަވާލުކުރީ ، ސާބަހޭ އަދުގެ ސަރުކާރަށް
ޢެޓޮމް
25 September 2025
އެމްޑީޕީގެ އިބޫ ސަރުކާރުގަ ހަވާލުވި ކޮންޓްރެކުޓަރ ކޮބައިތޯ؟ ބިންގާއެޅި ނިމިފަ ވުޖޫދަކު ފެންނާކައް ނެތް. ދެން ތިކަންވާނީ ކަނޑުގަ ދަމާލި ރޮގަނކަށް.