ތ. ގުރައިދޫގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެމްބަރ 2025 - 22:37
ތ. އަތޮޅުގެ ތިން ވަނަ އެއާޕޯޓް ގުރައިދޫގައި އަޅަން އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ގުރައިދޫގައި ބޭއްވި ޖަލްސާގައި އެ މަޝްރޫއުގައި ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ މަސައްކަތް 22 މަސް ތެރޭގައި ނިމޭނެ އެވެ. އަދި 2027 ވަނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ގައި އެއާޕޯޓް ހުޅުވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ގުރައިދޫގެ އެއާޕޯޓުގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި، އެ ރަށުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ވެސް މާދަމާ ސޮއިކުރާނެ އެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ތައުފީގު އަލީ ވިދާޅުވީ އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެ ހުވަފެން ރައީސް މުއިއްޒު ހަގީގަތަކަށް ހައްދަވައިދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތ. އަތޮޅުގައި މިހާރު އެއާޕޯޓު އޮންނަނީ އެ އަތޮޅު ތިމަރަފުށީގަ އެވެ. އެ އެއާޕޯޓު ހުޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގަ އެވެ.
އެމްޓީސީސީން ތަރައްގީ ކުރި ތިމަރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ އެއާޕޯޓެކެވެ. މި މަސައްކަތް ހަވާލުކުރީ 32 މިލިއަން ރުފިޔާ އަށެވެ.
ތ. އަތޮޅުގެ ދެ ވަނަ އެއާޕޯޓް އަޅަނީ ވިލުފުށީގަ އެވެ. އެ ރަށުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އިިއްޔެ ވަނީ ފަށައިފަ އެވެ.
ރައީސްގެ ދަތުރުގައި ތ. އަތޮޅުގެ ރަށްތަކަށް އާ ގިނަ މަޝްރޫއުތަކެއްގެ ވައުދާ އެކު ބައެއް ކަންކަމުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައި ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގިބޯ
26 September 2025
އެއާރޕޯޓް ކޮންޕަނީ ދުވަސްވެސް ދިޔައީ މީ ދުވަހަކުވެސް މިކަހަލަ ކަންތަށްތަށް ހަވާލުކުރި ތަނެއްނޫން.
އެނަލިޓިކާ
26 September 2025
ކޮބާ މި އެއަރޕޯޓް ގެ ބޭނުމަކީ! މި އަތޮޅުގަ ވެސް 2 ނުވަތަ 3 އެައާޕޯޓް! މަ ދުރު ނޫން ލ ގަ ވެސް އެއާޕޯޓެއް އެބޮތް! ސިޔާސީ މި ކުޅިގަޑުގަ ބޭކާރު ހަރަދު މި ކުރަނީ! ޕްލޭނެއް ރަގަޅު ރޭވުންތެރި ކަމެއް ނެތް! ނޯ ވާރކް ސްތެރެޓެޖީ!!
ޢާރީ
26 September 2025
ބޯނަސް ކޮޅު ކޮބާހޭ.
ޢަތޫ
26 September 2025
ޢިސްރާފު ނުކުރައްވާ
ރޓބޭބެ
26 September 2025
ރޓ މީހުން ބޮލަށް ޗިޕު ޖަހާ ޖަހާ ޖަހާ ވެސް އެމީހުނަކަށް ހަމަ ރޭކާ ވެސް ނުލާ!
ޕާޓީ ސިސްޓަމް
26 September 2025
ޕާޓީ ސިސްޓަމް އައިފަހުން ފެންނަ އެންމެ ފީކަޅާ ކަމަކީ ދުރުރާސްތާ ޕްލޭނެއް ނެތި، ދެމެހެއްޓެނިވި ތަރައްގީއަށްވެސް ނުބަލައި، ގައުމުގެ އިގްތިސާދީ ހާލަތަށްވެސް ބެލުމެއްނެތި ޕާޓީތަކުން ވާ ހަރުދަނާކަމެއް ނެތް ވައުދުތައް. މެނިފެސްޓޯގެ ނަމުގަޔާ، ރައްޔިތުން އެދޭ ކަންކަން ފުއްދައިދޭ ބަޔަކަށް ވުމުގެ ނަމުގައި ޖަހާ މި ސަކަރާތުގެ ސަބަބުން ވާންޖެހޭ ހަގީގީ ތަރައްގީވެސް ނުވެ، ގައުމު މިދަނީ ސަލާމަތްނުވާ ވަރަަށް ދަރަމުން. މީ ޕާޓީ ސިސްޓަމުން ލިބޭ ބޮޑު ގެއްލުމެއް.
ޓޯޕޭ
26 September 2025
އެއްހާސް މީހުންގެ އާބާދީ އެއް، މުޅި އަތޮޅުގަ 3 އެއާރޕޯރޓް. 32 މިލިއަން ރުފިޔާ ޚަރަދުކޮށްގެން…، މީގެ ބަދަލުގަ 32 މިލިޔަން ރުފިޔާ ބޭނުން ކޮށްގެން ފެންވަރު ރަނގަޅު ހޮސްޕިޓަލެއް، ސުވަރޭޖް ކަންތައް ނިންމާ ޒަމާނީ ގޮތައް ޕްލޭން ކޮށްގެން މަގުތައް ހަދާ ޕާރކްތައް ހަދާ މާމެލާމެލި ހައްދާ ރަށް ފެހި ކޮށް، އިޖްތިމާއީ ސެންޓަރ އެއް ހަދާ، ސުކޫލް ޒަމާނީ ފެންވަރަށް ހެދާ ދެން ވެސް ރަށް ތަރައްޤީ ކުރިއްޔާ މާ ރަނގަޅު ވާނެ.
ސައިބޯނި
26 September 2025
ކޮންމެ ފަޅެއްގެ ދެކޮޅުގަ ވައިގެބަނދަރެއް އެޅީމަ ވަރަށް ބޮޑު ތަރައްޤީއެއްކަމަށް ދުށުންމީ މޮޔަކަމެއް, އަޅަންވީ ކޮލެޖު ޔުނިވަރސިޓީ ފަދަ ތައުލީމީ މަރުކަޒުތަކާ ހަސްފަތާލު ފަދަ ތަންތަން, ސިޔާސީ ވެގެން ޤައުމަށް ވާނެ މޮޅެއްނެތް،,