ގދ. ތިނަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް: މި ރަށުގެ ގެއަކަށް ހުއްދަ ނެތި ވަދެ މާރާމާރީ ހިންގައި އިންޒާރު ދިން މަައްސަލައެއް ފުލުހުން އަންނަނީ ބަލަމުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
26 ސެޕްޓެމްބަރ 2025 - 23:41
ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި މަޝްހޫރު އައިމިނަތު ފޭޒްލީން އޭނާގެ އުފަން ރަށް ގދ. ތިނަދޫގެ ގެއަކަށް ހުއްދަ ނެތި ވަދެ، މާރާމާރީ ހިންގައި އިންޒާރު ދީފައިވާ މައްސަލައެއްގެ ތަހުގީގަށް މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ތިނަދޫ، ފޫޓްލައިޓްއާގޭ ފޭޒްލީން، 49 މިއަދު މެންދުރު 2:32 ގައި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭނާ ހައްޔަރުކުރީ، މިދިޔަ ބުދަ ދުވަހުގޭ ރޭގެ 11:38 ހާއިރު ތިނަދޫގެ ގެއަކަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ކުޑަކުދިންތަކެއް ވެސް ތިއްބައި، ހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ، ކޯޓު އަމުރެއްގެ ދަށުން ފޭޒްލީން ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެޓީސް
27 September 2025
ދުނިޔޭގަ އުޅޭތާ ފަންސާސް އަހަރުވާން ގާތްވެފާވާ މީހުން މިވައްތަރަށް އުޅޭތަން ފެނުނީމާ އިނގޭ ކަމަކީ ދިވެހިންގެ މެދުގާ މިފެންނަ އަހުލާގީ މައްސަލަތަކަކީ މިއަދުގެ ޒުވާނުންގެ އެކަނި މައްސަލަތަކެއް ނޫންކަމާ ޒަމާނުއްސުރެ ގިނަ ދިވެހިންނަކީ އަހުލާގު ދަށް ބައެއްކަން!
ރަދީފްއޮފިޝަލް /
27 September 2025
ރަނގަޅު ނިންމުމެއް.ވަރަށް ހުތުރުކޮށް ޓިކްޓޮކްގަ އުޅޭ މީހެއް.
ޓިކް ޓޮކް
27 September 2025
އޭނާ ހުތުރުކޮށް އުޅޭތީ އެއްވެސް މީހަކު އެ ބަލާތަ؟