ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް-- ފޮޓޯ: ރައީސް އޮފީސް
03 އޮކްޓޯބަރ 2025 - 11:21
ސަރުކާރުތަކުން ވާރުތަވި ދަރަނިތައް ދައްކައި އިގްތިސާދީ ހާލަތު ރަނގަޅު ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން ދަނިކޮށް، އިދިކޮޅު އެމްޑީޕީން މަގުތަކަށް އެއްވެ ކުރަން އުޅޭ މުޒާހަރާއަކީ ވެރިކަން ހޯދުމަށް ގައުމު އިތުރަށް އިނދަޖައްސައި ވަޅުގަނޑަކަށް ވައްޓާލުން ކަމަށް ޖޭޕީގެ ލީޑަރު، އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.
އެކަމާ ގުޅިގެން، ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށެވެ. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާކުރަނީ މި ވެރިކަމުގައި ގައުމަށް ރަނގަޅު ކަމެއް ކުރިޔަ ނުދިނުމަށެވެ. އަދި ވެރިކަން ހޯދުމަށް ފިތުނަކުރަން ވެގެން ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވަނީ ޖޭޕީގެ އެއްވެސް މީހަކު މުޒާހަރާގައި ބައިވެރިނުވުމަށް އިލްތިމާސްކުރައްވައިފަ އެވެ.
Lobuvethi dhivehi Rahyithun nah Vedhun Salaam ah fahu adhabu verikamaa aadhey haaleku dhan navan .
— Qasim Ibrahim (@qasimibrahim) October 3, 2025
Miadhu bayaku raavaigen baahvaa muzaaharaagai jp ge ehves meehaku baiveri nuvumah Edhen . E ee binaakuranivi muzaaharaa eh noon e ee fanaa kuranivi muzaaharaa eh . E ee…
"މި ސަރުކާރަށް ކުރަން ޖެހިފައިވާ ކަމަކީ އިސްވެ ދިޔަ 3-4 ސަރުކާރުން ނަގާފައިވާ ބޮޑު ދަރަނިތައް ދެއްކުން. ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑު ބައި މި ދަނީ އެ ދަރަނިތައް ދެއްކުމަށް. މިކަން މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ގައުމު ބަގުރޫޓުވާނެ. ވީމާ، މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ. ބާކީ މުސާރަތައް ވެސް އެ ދެއްވަނީ އެގޮތް މިގޮތް ހަދައިގެން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވަނީ ކުރީގެ ސަރުކާރުތަކުން ވެސް ކުންފުނިތަކުން ބޮޑެތި ހިޔާނަތް ވެފައި ހުރުމުން އެ ކުންފުނިތަކުން އެޅި ފިޔަވަޅުތަކާ މެދު ސުވާލު އުފައްދަވައިފަ އެވެ. ގާސިމް ވިދާޅުވީ އޭރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. އެއާ ހިލާފަށް، އެކަން ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން އެ ތަންތަނުން ވަކި ކުރާ ތަން މިހާރު ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ބާވަތުގެ ހިޔާނަތް ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް އަދި ފާޅުކަން ބޮޑު ގޮތެއްގައި ނަސޭހަތްތެރިވެވަޑައިގެން، އިންޒާރުކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެކަންކަން ތަހުގީގުކުރަމުން ގެންދަވާ ކަމަށެވެ.
"ވީމާ، މި މުޒާހަރާއިން ނުކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާ އިނދަ ޖައްސާލުން ނޫންބާ،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަސޭހަތަކީ އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުން. މި ގައުމުގައި އަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން. މިއީ، މުޅި ގައުމު އިނދަ ޖައްސަން ކުރާ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަލިސޓް
04 October 2025
އެބަހުރި ސަރުކާރުތެރެއިން މަނީ ލިބިގެންނޫނީ ނުނިންމޭނެ ވަރުގެ ބޮޑެތި ޕްރޮޖެކްޓްތަކެއް. މިވަގުތައް ޓްވީޓަކުން ފުއްދާލަނީމި.
ގައުމު ދޯ
04 October 2025
ގާސިމަށް ސަރުކާރުން ބޭނުންވާ ކަންކަން ވަންޏާ، ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށް ނުދިނަސް، ސަރުކާރު އިނދަ ޖެހުނަށް ވަރިހަމަ ދޯ؟
މީ ދެން ކާކު
05 October 2025
އިޚްލާސްތެރިން މިއީ މުޅިދައުލަތަށްވުރެ ސަނާ ކިޔައިގެން ހޯދައިފަ ހުރި އެއްޗެހި ގިނަ، ވެރިކަމެއް ބަދަލް ނުވޭ ބިލިއަނުން ޖީބަށް ނުވައްދާ.
ދޮޅި ހުސޭނު
04 October 2025
ގާސިމަކީ އިހުލާސްތެރިއެއް ނޫންކަން އެންމެންނަށްވެސް އެނގޭ. ދެން އެހެން ވީމަ ތިޔަ ކަހަލަ ވާހަކަ ދައްކަންޏާ ރައްދުވާނީ މަލާމާތް
ވަޒަންބެ
03 October 2025
ދިވެހީންގެރާއްޖޭގެ ބޮޑުގޭންގަކީ ފުލުހުންކަން ޔަޤީން.
ހައްޖަ.
03 October 2025
ކޮންމެ ސަރުކާރެއް އަޔަސް ގުޅޭނެ ހަމަ ސަރުކާރު ވެއްޓޭ އިރައް އަނެއްސަރުކާރާ ގުފޡާ
ބޯވަތަށް ހުރިހާ ދިމާލަކުން ކާ!
05 October 2025
ދެކޮޅަށް ޑީލް ހަދައިގެން ހުންނަނީ ކޮންމެ ކޮޅެއް ވިންވިޔަސް އެރޭގޮތަށް.
ވެރިކަން 3 ބާރު
03 October 2025
ސިޔާސީ ޕާޓީ ތަކުން އަބަދުވެސް މަސައްކަތްކުރަަނެ ވެރިކަން ހޯދަން. ސޭޓުވެސް އެކަމާ އުޅުނު އެކަމު ސަޕޯޓު ނުލިބުނީ. ދެން ކޮބާ މައްސަލައަކީ؟ ސޭޓު މެން ބަގާވަތް އަސްލު ކުރީ.
ސުއްބުނާ
03 October 2025
ކޮް ކަމެއް ތަ މި ވެރި ކަމުގަ ކޮށްދިނީ! ރައްޔިތުން ހާލުގަ ޖެއްސީ ހުރިހާ އެއްްޗެއް އަގުބޮޑު ކުރީ! ހުސް ދަޅަ ދެއްކީ! ހުސް ދޮގު ހެދީ! އައއްޑޫ ހަންކެޑި ހއަށް ހެދި ގޮތް ބަލާ! މި މުޒާހަރާ އަށް ބިރުން އހެން ސްޓޮރީ އެއް ޖެއްސީ! އެއްވެސް ކަމެއް ކޮށްދޭނެ ބައެއް ނުން! ވ ނުބައި ސަރުކާރެއް މީ!
ޢަރުތަ
05 October 2025
ކައުންސިލް އިންތިޚާބު އަންނަނީ ކައިރިވަމުން ވޯޓުން ޖަވާބު ދޭނީ، އަދި ހާލު ބަލަންށޭ ކިޔާފަ އަތޮޅުތެރޭގެ ރަށްރަށަށް އެބައާދޭ ބޮޑު ގުރޫޕެއް، ހާލު ބަލާފަ ދިޔަފަހުން މިހާރު އަހަރު ދުވަސް ވެއްޖެ އެއްވެސް ހަބަރެއް ނުވޭ، ހަމަ ޕާޓީ ޕްރޮމޯޓުކުރަން އަންނަބައެއް އެއީ، ވޯޓު ގުނަން ތިބޭ ނަތީޖާ ވަރަށް ރީތިވާނެ.
ދީދިބެ
03 October 2025
މިދިޔަ ސަރުކާރުން ޓުރާންޕޯޓް މިނިސްޓްރީ ކުރި ވައްކަން ބަލަން ގިވާލަން.
ޢަރުތަ
05 October 2025
އާނ ސާބަހޭ ދީދިބެ ގޮވާލާ، އަދި ގޮވާލަބަލަ ސިޓީކައުންސިލުން ކުރި ބޮޑެތި ވައްކަންތައްވެސް ބަލަން، ނުބެލިއަސް ގޮވިދާނެތާދޯ.
ރަންޒީ
03 October 2025
ސަރުކާރު ޒިއްމާދާރު ކުރުވުވުމާއި ޖަވާބުދާރީ ކުރުވުމަކީ މައްސަލައެއްނޫން، އެކަމަކު އެކަން ގައުމު މިހާލަތައްދިޔައިރު ވެރިންނަށް ތިބި ބޭފުޅުން އެކަން އެހެން މީހުންގެ ބޮލުގައި އެޅުވީމަ އެގޮވެނީ ގުދޯ ގުދޯ
ކަރީމު
03 October 2025
ރާއްޖެއަށް ހަމަޖެހުން ބޭނުންވޭ، މީހަކު ބުއްޏަސް ނުބުއްޏަސް މިވަގުތު ގައުމަށް ލޯތްބެއް އޮތްމީހަކު ގައުމު ހަލަބޮލި ކުރާކަށް ބޭނުމެއްނުވާނެ.
ޢަރުތަ
05 October 2025
ހަމަޖެހުން ބޭނުންވަނީ މިހާރުތަ، ނޫނީ ވަކި މީހަކު ވެރިކަމުގަ ހުރީމަތަ ބޭނުންވަނީ، އަހަރުންނަށް ވަކި މީހެއް ވަކި ކުލައެއް މުހިންމެއް ނޫން ވެރިކަމުގަ ހުންނާކަށް، ކޮންމެ މީހަކު ހުއްޓަސްވަރިހަމަ، އެކަމަކު ދޮގާ މަކަރާ ހީލަތް ހަދާ ރައްޔިތުންނަށް އޮޅުވާލާނަމަ އެވާހަކަ ގޮވާނެ ރައްޔިތުން މަގުތަކަށްވެސް ނުކުންނާނެ، އިސްކޮށް ނުކުންނަ ބައެއްގެ ފަހަތުގަ ނުކުންނާނެ، މާޒީގަވެސް އެކަން އޮތީ އެހެން، ޕީޕީއެމެއް، އެމްޑީޕީއެއް، ޕީއެންސީއެއް ކިޔާނެ ކަމެއްނެތް.