ޑްރަގު މައްސަލާގައި އިނާޔަތުއާއެކު ހައްޔަރުކުރި ތިން މީހުން.--
03 އޮކްޓޯބަރ 2025 - 19:52
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި، ޕީއެސްއެމްގެ ޓީވީ ޕްރެޒެންޓަރު އިނާޔަތު އަލީ ޝަރުތުތަކަކާ އެކު މިއަދު ދޫކޮށްލައިފި އެވެ.
ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އިނާޔަތާއި އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
އޭނާ ހައްޔަރު ކުރުމަށް ފަހު، ތަހުގީގުގެ ބޭނުމަށް ބަންދުގައި ބަހައްޓަން ކޯޓުން ހަތް ދުވަސް ދިނެވެ،
ފުލުހުން ބުނީ، ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު އޭނާ މިއަދު ބަންދުން މިނިވަންކުރަން ކޯޓުން ނިންމީ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އެ އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ. އޭގެ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 34 އަހަރުގެ އިނާޔަތުގެ އިތުރުން އުމުރުން 34 އަހަރުގެ މުހައްމަދު އައިޝް އަހުމަދާއި 25 އަހަރުގެ އާއިމިނަތު އިއްލިއްޔީން އަހުމަދެވެ. އޭގެ ތެރެއިން އައިޝް އާއި އިއްލިއްޔީންއަކީ މއ. މަޒާގެ ދެ މީހުންނެވެ. އެއީ ދެބެއިންނެވެ. ޓީވީ ޕްރެޒެންޓަރު އިނާޔަތަކީ އަދި ހދ. ކުޅުދުއްފުއްޓަށް އުފަން މީހެކެވެ.
މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ހުރީ އައިޝް އެކަންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ އަންނަ ހޯމަ ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އިނާޔަތާއި އިއްލިއްޔީންގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ.
އިއްލިއްޔީން މިހާރު ދިރިއުޅޭ ކަމަށް ބުނާ އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުން ބުނާ ކަމަށް ވެސް އަމުރުގައި ވެ އެވެ. އައިޝްއާ ގުޅޭ ތަނެއް ބަަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ކޯޓު އަމުރުގައި ބުނީ އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ އެއް ބިޑި ފެނިފައިވާ ކަމަށާއި އެ ތަނުގައި އޭނާގެ އައިޑީކާޑު ވެސް އޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އއއއއް
04 October 2025
ޢިއްލިއްޔީން ތިޔައީ ކިހައި ރިވެތި ނަމެއް. މާތް މީހުންގެ ލިސްޓު ލިޔުއްވާ ދަފްތަރަށް ކިޔާ ނަން އެއީ ޤުރުއާނުގަ ވާ ގޮތުން. އެކަމު އަހަރެމެންގެ ދަރިންނަށް ޤުރުއާނުގެ ނަންތައް ދީފައި ޤުރުއާނުގެ ތަރުބިޔަތެއް ހަމަ ނުދެވެޔޭ. ކިހައި ދެރަތޯ.
ޓޯޕޭ
04 October 2025
މި ރޭ ވެސް ހީނާމާގެ ޕާރކިންގގަ އިންނަ ގަސް ބުޑުގަ ގޮނޑިއެއް އަލާއިގެން ޢެކަކު މަސްތުވެ ބިތްޖެހިފަ އޮތް. ކާރީގަ އިން މީހާ އިނީ ޑްރަގު ނަގަން. މީ ހަމަ ޢާއްމުންގެ ލޯ ކުރިމަތީ އެހެން ދާހާ ބަޔަކަށް މިރޭ ފެންނާނެ މަންޒަރު. އެއްވެސް ޖެހިލުމެއް ނެތި ޑްރަގު ކެފޭ އަކު ވެސް ނޫން އެތައްބަޔަކު ބޭނުން ކުރާ ޕާރކިންގ ޒޯން އެއްގަ އެތިބެނީ ޑްރަގު ނަގަން. އެކަން ބަލާ ފިޔަވަޅު އަޅާނެ ބަޔަކު ނެތް. ބިރަކާ ނުލާ ޑްރަގު ނެގުން ކުރިއަށް. ސިގަރެޓް، ވޭޕް ނޯ. ޑްރަގް އޯކޭ
ލަފާދީ
03 October 2025
މީޤައުމުގެ ހާލަތު، ކޮންމެ ދުވަހަކު ޓީވީ އަށް އަރާ، ނޫސްވެރިން ވެސް މިތިބީ މަސްތުގަ
ޕްރެޒެންޓަރު
05 October 2025
ރުޅިގަދަވޭ އޭނަ އަކީ ނޫސްވެރިޔެއް ނޫން. އޭނަ އަކީ ޕްރެޒެންޓަރެއް. ޕްލީޒް ލާން ދަ ޑިފަރެންސް
ހަމްދާ
03 October 2025
އިންސާފު ނެތް ތަނެއްގައި ހުރިހާ ކަމެއްދާނީ ގޯހުންގޯހަށް
ބިޑި
03 October 2025
ބިޑި އަކަށް އޯކޭ އެވަރު ދެން އިތުރު ކުށަކައް އަރައި ނުގަނެ ރަނގަޅައް އުޅެންޏާ އިތުރައް ބަންދު ކޮއް ވަނަވަރު ހުތުރު ކުރުމުގެ ބޭނުމެއް ނެތް
އަބްދުﷲ
03 October 2025
މިކަހަލަ ރަނގަޅު ކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ވުމަކީ ހިތާމަ ހުރިކަމެއް. ހަމައެކަނި ބޮޑެތި ބިޔައިމާރާތް ތަކެއް ބިނާކުރެވުމަކުން ގައުމު ކުރިއެރިކަމަކަށް ނުބެލެވޭނެ. ގައުމުގެ ކުރިއެރުމަކީ ހަރުދަނާ އުފެއްދުން ތެރި ޒުވާނުންތަކެއް ގައުމު ކުރިއަރުވާ ދަމަހައްޓަން ތިބުން. އެހެންނޫނީ އެމަގާމުތައް ފުރާނީ ބިދޭސީން، އެ ދިވެހި ޒުވާނާއަށް ލިބެން ޖެހޭ އާމްދަނީދާނީ ރާއްޖެއިން ބޭރަށް. މަސްތުވާތަކެތީގެ ވިޔަފާރި މަރުގެ އަދަބުދީގެންވެސް ހުއްޓުވަންޖެހޭ.
ހަމަ ސުވާލެއް
03 October 2025
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ފޮޓޯ އާންމުކުރެވޭ އިރު ކީއްވެބާ ހުކުމް އިއްވާފަ ޖަލުގައި ތިބި އެންމެންގެ ފޮޓޯ އާއެކު ނެޓުން ފެންނަން ނުހުންނަނީ؟
ސަކީމް
03 October 2025
އަހަރެންގެ މާލު މެންގެ ފޮޓޮއެއް ނުކެރޭނެ ޖަހާކަށް
ވަކިމީހެއްނެތް
03 October 2025
މިފެންނަނީ ޤަނޫނާ ގަވައިދު އޮތްގޮތް. މޮޅު މީހާއަށް މޮޅު ގޮތް ކޯޓުންވެސް ހަދައިދެނީ.