މިރޭގެ މުޒާހަރާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ބައިވެރިވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
03 އޮކްޓޯބަރ 2025 - 21:05
އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ގެ ހާއްސަ ދުއާއަކުން އެއްވުން ނިންމާލައިފި.
ކުރީގެ ރައީސް އިބޫ ގެންދަވަނީ ފުލުހުންނާ މުހާތަބު ކުރައްވައި، ވާހަކަ ދައްކަވަމުން. ނަމަވެސް ފުލުހުން ގެންދަނީ މީހުން ދުރަށް ޖެއްސުމަށްޓަކައި ބޭނުންކުރާ އެލްއާރުއޭޑީ އެލާމް ބޭނުން ކުރަމުން.
މުޒާހަރާގެ ބައިވެރިން މިހާރު ތިބީ މަޖީދީމަގުގައި އިށީނދެގެން. އޭގެ ތެރޭގައި ކުރީގެ ރައީސް އިބޫ އާއި އެމްޑީޕީގެ އިސްވެރިން ވެސް ހިމެނޭ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ވެސް ހިމެނޭ.
މިރޭގެ މުޒާހަރާގެ ކުރީގެ ރައީސް އިބޫ ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
މުޒާހަރާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަޑައިގެން އެބަ ހުންނެވި. އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ލީޑާޝިޕްގެ އިސްވެރިން ވެސް މުޒާހަރާގެ ބައިވެރިންގެ ތެރޭގައި އެބަ ތިއްބެވި.
އެއްވުމުގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.
އެމްޑީޕީގެ އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްޑީޕީން ބާއްވަމުން އަންނަ މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަނެއްކާ ވެސް ފުލުހުންނާ ކުރިމަތިލުމާ އެކު، ޕެޕާ ސްޕްރޭ ޖަހައި އެއްވުމުގެ ބައިވެރިން ފަހަތަް ޖައްސާލައިފި.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ އެއްވުން ބާއްވަން ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށް ދާން ފެށުމާ ގުޅިގެން، އެ ގޮތަށް އަމަލު ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދިން ކަމަށް. އެކަމަކު، އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުންގެ ބަޔާނުގައި ވޭ. އެހެންވެ، އެ އަމަލުތައް ހިންގި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނި. "އަދި ހަމަ އެއާ އެކު، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް ނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އާޓިފިޝަލް ބީޗާ ދިމާލުން މަޖީދީ މަގު ބަންދުކޮށްގެން ފުލުހުން ތިބިއިރު، އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންގެ ޝީލްޑް ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އާޓިފިޝަލް ބީޗާ ދިމާލުން މަޖީދީ މަގު ބަންދުކޮށްގެން ފުލުހުން ތިބިއިރު، އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންގެ ޝީލްޑް ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފުލުހުން ދެންމެ ބުނީ، އެއްވުމާ ގުޅޭ ގޮތުން އެމްޑީޕީ އާއި ފުލުހުންނާ ދެމެދު ކުރި މަޝްވަރާތަކުގައި، މަޖީދީ މަގުގައި އެއްވުން ކުރިއަށް ދާން އެއްވެސް އިރަކު ނޭދޭ ކަމަށް. އަދި މަޝްވަރާ ވެސް ނުކުރެވޭ ކަމަށް ފުލުހުން ބުނި. "އެއްވުން ބާއާވެނެ މަގު އަޅުގަނޑުމެން ވާނީ ދައްކާފައި،" ފުލުހުންގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އެއްވުމުގެ ބައިވެރިން އަދިވެސް ތިބީ އާޓިފިޝަލް ބީޗު ސަރަހައްދުގައި މަގުމަތީގައި. އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުން.
މުޒާހަރާގެ ތެރެއިން މީހަކު ފުލުހުން ހައްޔަރުކޮށްފި.
ފުލުހުންގެ ޝީލްޑެއް ގެންދިޔަ ކަމަށް ބުނާ ވާހަކަ ދޮގުކޮށް، އެމްޑީޕީން ބުނީ ފުލުހުން އަމަލުކުރަނީ އަނިޔާވެރިކަމާއެކު ކަމަށް.
މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ޝީލްޑެއް ހިފައިގެން ގޮސްފައިވާތީ ހޯމް މިިނިސްޓަރު އަލީ އިހްސާން ވަނީ އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ވިދާޅުވެފައި.
Forcibly taking equipment from an on-duty police officer is not considered a peaceful political activity, as it involves coercive or violent actions that disrupt law enforcement duties. pic.twitter.com/k6a2DJYl9U
— Minister of Homeland Security & Technology (@min_mohst) October 3, 2025
އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ގެންދަނީ ދޭތެރެދޭތެރެއިން ޕެޕާސްޕްރޭ ޖަހަމުން.
ފުލުހުން ދެންމެ ބުނީ، އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ހުއްދަ ދީފައި ނުވާނެ ކަމަށް. ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށް. ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗަށް އެއްވުން ނިންމަން ހުއްދަ ދީފައި އޮތް ނަމަވެސް އެއާ ހިލާފު ވެފައިވާ ކަމަށް ފުލުހުން ބުނި.
އެއްވުމުގެ ބައިވެރިން މިހާރު ތިބީ ހެންވޭރުން މަޖީދީ މަގުން ޖެލީ ޕިއްޒާ ކައިރީގައި މަޑުކޮށްގެން. އެ އަށް ވުރެ ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ވަނީ މަގު ބަންދުކޮށްފައި،
އެއްވުން ރޫޅާލަން ފުލުހުން މިހާރު ވަނީ ޕެޕާސްޕްރޭ ޖަހާފައި.
އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން އެ މަގު ބަންދު ކޮށްފައި އޮތުމުން ދެވޭ ގޮތެއް އަދި ނުވޭ. ފުލުހުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު މިހާރު ވަނީ ކުރިމަތިލުމެއް ފެށިފައި.
އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުންނަން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު ގޮވައިލެއްވުމާ އެކު، އެންމެން އާޓިފިޝަލް ބީޗު ދޫކޮށް މަޖީދީ މަގުން ދާން ދިމާކޮށްފި.
އެމްޑީޕީގެ މިރޭގެ އެއްވުމުގެ ބައިވެރިން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްޑީޕީގެ މިރޭގެ އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މި އެއްވުމުގައި މިހާރު ގެންދަވަނީ އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ މަޖިލިސް މެމްބަރުން ވާހަކަ ދައްކަވަމުން.
ގިނަ އަދަދެއްގެ ބަޔަކާ އެކު، އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުން މާލޭގެ އާޓިފިޝަލް ބީޗުގައި ދެންމެ ފަށައިފި އެވެ.
ދިވެހި ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަ ހިފައިގެން ގިނަ ބަޔަކު މިހާރު ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. މި އެއްވުމަށް އިއްޔެ ހަވީރުން ފެށިގެން އެކި ރަށްރަށުން ވެސް މީހުން މާލެ އަށް އައިސްފައި ވެ އެވެ.
އެމްޑީޕީގެ ބޮޑު އެއްވުމަށް މިރޭ އާޓިފީޝަލް ބީޗަށް މީހުންތައް ޖަމާވެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެއްވުމާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. މާލޭގެ ހުރިހާ ސަރަހައްދެއްގައި ކަހަލަ ގޮތަކަށް ފުލުހުން މިހާރު އަންނަނީ ޑިއުޓީ އަދާކުރަމުންނެވެ.
އެމްޑީޕީގެ މިރޭގެ އެއްވުމުގައި އެ ޕާޓީގެ ރައީސް ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މި އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެއްވުން މިރޭ ނުވައެއް ޖެހިއިރު ފެށުމާ އެކު، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަގޭ ޚިޔާލު
04 October 2025
ރައީސް ކުރެއްވި ބޭފުޅެއްް މުޒާހަރާއަށް ގޮސް މަގުމަތީގައި އިށީދެ މިދަރަޖައަށް ދިޔައިމަ ވަރަށް ދެރަ. މުޒާހަރާ ފަށާފައި ވާހަކަ ދައްކާފައި ދެން ތަންކޮޅެއް ދުރުގައި ހުންނެވީމަ ފުދޭނެ.
ގޮއްރީނދޫ
04 October 2025
އަންނިއަށް ފެނިލަންވެސް ނުކެރުން، ފިޑިމީހެއް ހުރިހާތަކުލީފެއް ނިކަމެތިންނަަށް.
raajje
04 October 2025
ދޮގުވާހަކަތައްދެއްކުންމާއި، މީހުންގެއަބުރަށްއަރައިގަތުމާ، ރިޝްވަތުހިފުމާ، ވެރިންނަށްނުކިޔަމަންތެރިވެ ގާނޫނުތަކާހިލާފުވާ އެތައްބަޔަކުހިމެނޭ ޖަމާއަތެއްވީމާ ދުޢާއިޖާބަކުރެއްވުމުގެ ޝަރުތުފުރިހަމަވޭތޯ؟ އިމްރާނު އިބޫ ދެންވެސް އެމްޑީޕީގެ އިސްފަޑީގައި ތިބީ ހުސްކަނޑުކޮކުން ވ ކިތަންމެވަރެއްއެރުވިޔަސް ދެން ރާއްޖޭގެވެރިކަމަށް އާދެވުމުގެ ފުރުސަތެއްނެތް، އެމްޑީޕީބަލަންތިބޭ މުއިޒު ދެވަނަދައުރަށްހޮވޭތަން، އެމްޑީޕީއަށް ދެފަހަރުފުރުސަތުލިބުނީމާވެސް ވީފެއިލް
ނުބަންހޭ
04 October 2025
އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ގެ ހާއްސަ ދުއާ: ދުއާ ލިބިދާނެތޯ؟
އައިމިނާ
04 October 2025
މިއީތޯ މުޒާހަރާ ކުރާގޮތް. ޑިމޮކްރަސީގެ ބެލެނިވެރިކަން އަމިއްލަޔަށް މަތިވެގެން އުޅޭ ގުރޫޕް. ޕޮލިހުންނާ ކުރިމަތިލީތަން ފެނިގެންދިޔައީ. ރަށްރަށުން މީހުން އައިސްދާނެ ތިމީހުން ޓިކެޓް ހިލޭސާބަހަށް ދިނުމުން. އެއީ ކޮންމެހެން މުޒާހަރާ ކުރާހިތަކުންނެއްނޫން. އެއްމެންވެސް ތިބެނީ އެކިބޭނުމަށް މާލެ އަންނަން ބޭނުންވެފަ. ފާހަގަވި އެއްކަމަކީ މުޒާހަރާ ކަވަރކުރަންތިބި ފަރާތްތަށް މުޒާހަރާއަށް ވުރެ މާބޮޑަށް ފޯރިގަދަކޮށްކަން ފެނިގެން ދިޔައީ. ހީވީ އެމީހުން ރޭގަ ހަވާލު ވީއޭ.
ހަސްތީ
04 October 2025
އެއް ތިޖޫރީ ހަތަރު ފަހަރު ފަޅާލަން އޯކޭވި މީހުން "ލޫޓުވައިފި" ކިޔާފަ ނިކުންނަން ލަދެއްވެސް ނުގަނެޔޭ ދޯ. އަދި ދުޢާ ކިޔުއްވަން ތި ނެރުނީ ލާރިއަށް ކޮންމެ ފަދަ މުޑުދާރު ކަމެއް ކުރަންވެސް ފަސް ނުޖެހޭ ނަމެއްގަ ޝޭޚެއް. ނޫނޭ ލަދުހަޔާތް ކުޑަ.
ގެދޮރޭ
04 October 2025
ކަލޯގަޔާ ސަރުކާރު ބިރުފަށެއް ގެންފިތާ. މާ ކރުިންސުރެ އެއްވުން ހުއްޓުވަން ސަލާމަތީބާރުތަކަށް އަންގާފައެއްނު ތި އޮތީ. މީ ސަރުކާރު ހިނގަމުންދަނީ ގޯސްކޮށްކަން އެނގޭ ވަރަށް ރަނގަޅު މިސާލެއް. މި ބުނީ ކުރީސަރުކާރު ހިނގަމުންދިޔައީ ރަނގަޅަކަށޭނޫން.
މޑޕ މޯލްޑިވްސް ޑިސްޓްރަކްޓިވް ޕާޓީ
04 October 2025
ތިތާ މެޖޯރިޓީއަކަށް ވާނެ ކަމަށް ފެންނަނީ ވޭޕް، ދުންފަތް، ޑޮލަރު ޖަރީމާ އާ ދެކޮޅަަށް އެޅި ހެޔޮ ފިޔަވަޅުތަކާ ރުޅިއަރާ މީހުންނާ، ވެރިކަން ގެއްލުނީމާ ތިޖޫރީއަށް އަތްލާން ނުލިބިގެން މޮޔަވާ މީހުން ކަމުގައި މަ ގަބޫލު ކުރަނީ. ދެން އިމްރާނު ލައްވާ ދުއާ ތި ކުރުވީ ފައިސާއާއި ޖާހަށްޓަކައި ދީން ވިއްކާ އެންމެ އަޑުގަދަ މީހާ ވީމާތޯ؟ ދީނީ އިލްމުވެރިއެއްގެ ސިފަހުރި މީހެއް ނޫން އެއީ. ހަމެނުޖެހުން ނަގާލަން ވެއްޖެނަމަ އެންމެ ކުރީގައި އުޅޭނީ މޑޕ އާ އިމްރާން
ފަންވަތް
04 October 2025
ރައްޔިތުންގެ މުދަލާއި ފައިސާއަށް އެތައް ޚިޔާނާތެއް ވެފައިވާ ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ނިކުމެ ހަމަނުޖެހުން ހިންގުމަކީ އިންސާފަށް ހުރަސް އެޅުން.
ހޯސްފޯސް
04 October 2025
މަކަރުވެރި ކަމަށް ބަލާއިރު މޑޕ ގެ މިސާލަކީ ޔަހޫދީންގެ މިސާލު. ގޯސް ރަނގަޅުކޮށް ރަނގަޅު ގޯސް ކޮށް ރައްޔިތުންނަށް ދަށްކަން ވަރަށް މޮޅުވާނެ
ބަލާލަމާ
04 October 2025
މުނާފިގުންގެ ސިފަތައްވެސް ބަލާލުން ރަނގަޅު. އޭގެ ތެރޭގައި ދޮގުހެދުމާއި އޮޅުވާލުމާއި އަހުދާއި ޚިލާފުވުމާއި އަމަލާއިބަހާއި ދިމާނުވުންފަދަ ކަންކަން ހިމެނީ. މިއީ އެއްވެސް ހާލެއްގައި މުސްލިމެއްގެ ކިބައިގައި ހުރެގެންވާނެ ސިފަތަކެއް ނޫން.