04 އޮކްޓޯބަރ 2025 - 22:00
ރޭގެ މުޒާހަރާގައި، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ސޮނިކް ވެޕަން ބޭނުންކުރި ފުލުހުންގެ އޮފިސަރުގެ މައްސަލަ ބޭރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައި، އެކަމާ ގުޅިގެން އެންޓި-ޓޯޗާ މުއާހަދާގެ ދަށުން ކުރެވެން ހުރި ދައުވާތައް ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ ސޮނިކް ވެޕަން ބޭނުން ކުރުމުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ ގޮތުން އެކި މައްސަލަތަައް ދިމާވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރަން އެ އަލާތް ރާއްޖޭގައި ބޭނުންކުރީ ފުރަތަމަ ފަހަރަށެވެ.
ކާރުބާރު ބޮޑު، އާންމުންގެ ގެތަކާއި ފިހާރަތައް ވެސް ގިނަ މަޖީދީމަގުގައި އެލްއާރުއޭޑީ ބޭނުންކުރުމާ ގުޅިގެން ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވިދާޅުވީ، އެކަމާ ގުޅިގެން ކުރެވެން ހުރި ދައުވާތަކަކީ ކޮބައިކަން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ވަކީލުން މިހާރު އެ ދަނީ ބަލަމުން 'ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ޓްރިޓީ'ގެ ދަށުން، އެ ބޭނުންކުރުމާ ގުޅިގެން ކުރެވިދާނެ ދައުވާތަކަކީ ކޮބައިކަން،" ފައްޔާޒު ވިދާޅުވި އެވެ.
އޭގެއިތުރުން "ވަރަށް ހެވިފައި ހުރެ" އެ އަލާތް އާންމުންނަށް އަމާޒުކޮށް ބޭނުންކުރި ފުލުސް އޮފިސަރުގެ މައްސަލަ އެފަދަ މައްސަލަތައް ހުށަހެޅޭ ދުނިޔޭގެ ހުރިހާ ތަނަކަށް ވެސް ހުށަހަޅާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ފުލުހުން، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވިޔަސް ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ނަމަ، އެ ބަޔަކާ މެދު ފިޔަވަޅު އަޅަން އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީން ރައްޔިތުންނަށް ލިބޭ ހައްގުތައް ނިގުޅައިގަންނަން ބައިވެރިވާ މީހުން، އޭގެން އެހެން ރައްޔިތުންނަށް އެ ލިބޭ އަނިޔާ އަކީ ތިޔަބޭފުޅުންގެ ވަޒީފާ ރައްކާތެރިކުރުމަށްޓަކައި އަނެކާއަށް ލިބޭ އަނިޔާއެއް ބަލައެއް ނުގަނެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި އޮންނާނެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާން ނުޖެހޭނެ ކަމަށް. އެ ބޭފުޅުންގެ ވަޒީފާގެ ބިރުގައި އެކަން ކުރުމަކީ އެއީ އެ ބޭފުޅުންނަށް އެކްސްކިއުޒަކަށް ދެއްކޭނެ އެއްޗެއް ނޫން."
އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ އާލަތް ބޭނުންކުރަނީ މުޒާހަރާ ކުރާ މީހުންނަށް އިންޒާރު ދިނުމަށެވެ. އަދި ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް އެއިން ފޮނުވަ އެވެ.
ފުލުހުން ރޭގެ މުޒާހަރާގައި އެ އާލާތް ބޭނުންކުރީ 11 ޖަހަން ކައިރިވެފައިވާ ހުއްޓަ އެވެ. އެއާ އެކު، އެ ސަރަހައްދުގައި ވަރަށް ބާރު އަޑެއް އިރުގަނޑެއް ވަންދެން އިވެން ހުއްޓެވެ. އެ އަޑު އިވުމާ އެކު، މުޒާހަރާގެ ބައިވެރިންނާއި އާންމުންނަށް އުނދަގޫވެގެން ގިނަ ބަޔަކު އެ ވާހަކަ ދެއްކި އެވެ.
މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.
އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.
އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނީ އެކަން އެގޮތަށް ކުރަންޖެހުނީ ކުރިން މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފުވެފައިވާތީ ކަމަށެވެ. މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނަސޭހަތްދީ އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަމަކު މުޒާހަރާގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލީ ކަމަށް ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުގުރު
06 October 2025
އެހެންވާނީ ފާޑުފާޑުގެ ނަން ކިޔާ އާލާތް ބޭނުން ކުރީމަ. ދިވެހިންނަށް ކަމުދާނީ މުގުރު ބުރި. އޭގެ ޖެހިނަމަ އޯކޭވީސް.
ރާވެރިބެ
05 October 2025
ބައިނަލް އަގުވާމީ އިދާރާތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ވާނަމަ ދައުވާ ކުރަންވީ. އެއީ ގެއްލުން ލިބުނު ފަރާތުގެ ހައްގެއް. ދެން ގޮތް ނިންމާނީ ޝަރިއަތުން. ދައުވާ ސާބިތު ވެއްޖިއްޔާ ބަދަލުދޭންޖެހޭނެ. އަދި މީހުންނާ އެހާ ކައިރީ ތިބެ ތިކަހަލަ ނުރައްކާތެރި ހަތިޔާރު ބެނުން ކުރުން ހުއްޓަން މަޖުބޫރުވާނެ. މިއަންނަ ދައުރުގަ ޕީއެންސީ ކުދިން މަގުމަތީ މުޒާހަރާ ކުރާއިރު ރައްކާތެރިކަން އޮންނާނެ. އެންމެން ހެޕީ!
ހަސަންދި
05 October 2025
އެމްޑީޕީ ކުދިންކޮޅަށް ކިހިނެއް ވެގެންތަ މި އުޅެނީ؟ ފެނަކަ އިން ކާލި 2000 މިލިއަން ރުފިޔާ ކޮޅު ހުސްވީތޯ؟
އަލްޖިބްރރާ
05 October 2025
އާއްމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ހަރަކާތްތަށް ހިންގާ ޕާރޓީ އުވާލަން ގޮވާލަން. އެޕާރޓީ ހަރަކާތްތެރިވަނީ ސިޔާސީ ގޮތަކުންނޫން. ފެންނަނީ ގޭންގެއް ގޮތަށް މުޖުތަމައުގެ ހަމަނުޖެހުން ނަގާލަން މަސައްކަތްކުރާތަން
އަލްޖިބްރރާ
05 October 2025
އެމްޑީޕީ ލޯޔަރަށް ދަންނަވަން. ހުރިހާ ތާކަށް ހުށަހަޅާފަ ބަހައްޓާ. އޭރުން ހުރިހާ އެންމެންނަށްވެސް އެނގޭނެ އެމްޑީޕީ ލޯޔަރުންގެ ފެންވަރު. ބަނޑޭރި ގަނޑު ކިޔަވައިގެން އަނގަ ހުޅުވީމަ ވާނެއެތިވާނެ ތިޔަ ލޯޔަރުންނަށް
އަސަލްމަ ވަހީދު
05 October 2025
ބައްލަވާ އޭނަ ކީއްތޯ މިސާލަކަށް ކުރާނީ؟ އޯޑަރަށް ތަބާވާކަށް ނޫންތޯ ޖެހޭނީ؟ މި ޔެލޯ ޕާޓީއަކީ އަޅެ މޮޔަ ބަޔެއްތަ؟
ވަކީލް
05 October 2025
ގާނޫނާ ހިލާފު އޯޑަރަކަށް ކިޔަމަންވާކަމަށް ނުޖެހޭނެ. ނިކަން ބަލާބަ ރައީސްޔާމީންގެ އަނގަބަހުން ވިދާޅުވެ ކަންކަން ކުރިކަމަށް ބުނި މީހުން. ރައީސް ޔާމީން ވިދާޅުވަނީ ތިމަންމަނިކުފާނު ގާނޫނާ ހިލާފަށް ކަމެއް ކުރަން ނާންގާ ކަމަށް އަދި އެންގި ކަމުގައިވިއަސް އެއަށް އަމަލު ކޮށްގެން ނުވާނެކަމަށް.
ޗަޕް
05 October 2025
އޭ ވަކީލާ. އެއީ ގާނޫނާ ޚިލާފު އޯޑަރެއްކަން ކަލޭ ކާރީގައި ބުނީ ކާކު؟ އެމްޑީޕީގެ ވަކީލަށް އެކަނިތަ ފުލުހުންގެ ގާނޫނު އެނގެނީ.
އަހްމަދު ސަނީޙް
05 October 2025
އެމްޑީޕީއިން މޮޔަފުޅުވީތޯ.؟ މިމީހުންނަށްވުރެ ރައްޔިތުންނަށް އަނިޔާކުރި ބަޔަކު ނާދޭ.
ޝިމާހްް
05 October 2025
އެއްވެސް ކަމެއްނުވާނެ. ފުލުހުންގެ ދިފާއުގަ އާއްމު ރައްޔިތުން ނުކުންނާނެ.
ފަޒުލީން
05 October 2025
އެމްޑީޕީ މީހުން މިއުޅެނީ މޮޔަވެގެންތަ. ފުލުހުން އެމީހުންގެ ޒިންމާ އަދާކުރީމާވެސް މިވަނީ ގޯސް.
އަސް
05 October 2025
ޒިންމާ އަދާވެފަ ހުންނާނީ ޖެހިގެން ހުރި ގެތަކުގެ ކިޑަކުދިންތަށް ބީރު ވީމަ.
އަބްޑޫޅް +
05 October 2025
ވޯޑުކޯޓުގަ ތަޖުރިބާ ލިބިފަ ހުރި މައްސޫރު ލޯޔަރަކު ކަލޭމެންގެ ތެރޭ އެބަހުރި ދޯ؟ ބޭރު ރަށެއްގެ ލޯޔަރު އޮފީހަކުން ވަޒީފާއެއް ހޯދަން އިންޓވިއު އަކަށް ގޮސް އިންޓަވިޔު ނިމެން ގާތްވުމުން، އޭނަ ކައިރީ ލޯޔަރު އޮފީހުގެ ބޮޑުމީހާ އެހީ، "ކަލޭ ބުނަން ބޭނުން އިތުރު އެއްޗައް އެބައޮތް ހޭ؟". ޖަވާބުގަ އޭނަ ބުނީ، އޭނަ ވޯޑުކޯޓުގަ ވަކާލާތުކޮށްފަ ހުރި މީހަކަށް ވާތީ، ކަލޭމެން ޖެހުލުން ވޭހޭ. އެހިސާބުން ބޮޑު ލޯޔަރު ބުނީ ބޭނުން ވެއްޖެ ނަމަ އަންނަން އަންގާލާނެމޭ.