ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓް.--
05 އޮކްޓޯބަރ 2025 - 12:21
ގދ. ތިނަދޫގައި ކުއްލިއަކަށް މަގުމައްޗަށް ނުކުތް ކުޑަކުއްޖެއްގެ ގައިގައި، ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް އިއްޔެ ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތިނަދޫ އާބާދީ ހިނގުމުން މިއުޒިއަމް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އުމުރުން ހަ އަހަރު ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މީހާ މިހާރު ވަނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އިއްޔެ އިރުއޮއްސުއިރު ވަގުތު ހިނގި އެ އެކްސިޑެންޓުގައި ކުއްޖާއަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުން ބުނީ ކުއްޖާ ގެނައިއިރު ވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.
"ހުރީ ތަންކޮޅުކޮޅުން މަށައިގެންގޮސް. ފަޅައިގެން ގޮސް އިން ތަންކޮޅެއް ފެހި. މިއަދު ދޫކޮށްލާނެ، މިހާރު ހާލު ސްޓޭބަލް،" ހޮސްޕިޓަލުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަނީ ކުޑަ ފިރިހެން ކުއްޖަކު ބުޅަލެއް ހިފައިގެން މަގު ހުރަސްކުރަން އުޅޭ މަންޒަރެވެ. އެ ކުއްޖާ މަގުގެ އަނެއް ފަޅިއަށް އެރުމުގެ ކުރިން ސައިކަލު ގޮސް ކުއްޖާގެ ގައިގައި ޖެހި ކުއްޖާ އާއި ސައިކަލުގައި އިން މީހާ ވެސް ދުރަށް ވިއްސައިގެންދެ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާ އެކަނި މަގު ހުރަސްކުރަން އުޅެނީ ބަޔަކު އެ ކުއްޖާ ކައިރީގައި ތިއްބަ އެވެ. އެކަމަކު އެއީ އެ ކުއްޖާއާ އެކު ތިބި ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. އެކްސިޑެންޓުވެ ކުއްޖާ ވެއްޓުމާ އެކު އެ މީހުން ދުވެފައި ގޮސް ކުއްޖާ ނަގަ އެވެ.
ތިނަދޫ މޭޔަރު ސައުދު އަލީ "މިހާރު" އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގި މަގަކީ މީހުން ހުރަސްކުރާތީ އެކަން ހައްލުކުރުމަށް އެއް ފަޅީގައި ގަސް އިންދާފައިވާ މަގެއް ކަމަށެވެ.
"މަގުގެ އެއް ފަޅީފައި ހުންނާނެ ގަސް ޖަހާފައި އެ ތަނުން ހުރަސް ކުރާތީ. އެ ކުއްޖާ އެ އުޅުނީ އެ ތަނުން ހުރަސް ކުރަން ވެގެން، އުޅެނިކޮށް މި އެކްސިޑެންޓް ހިނގާފަ އެ އިނީ،" އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ އެކްސިޑެންޓް ހިނގި ތަނާ ވިއްސަކަށް ފޫޓު ކައިރީގައި މަގު ހުރަސް ކުރުމަށް ޒިބްރާ ކްރޮސްއެއް އޮންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލައިނޫބާ
07 October 2025
ހަމަ ކަމެއްވާ ކޮންމެފަހަރަކު އަންނާނެ ލައިސަންސްގެ ވާހަކަ! ކީއްކުރާ އެއްޗެއްތަ އެއީ! އެ އޮތަސް ނެތަސް ގާނޫނާ ގަވައިދަށް ޢަމަލުކުރަންވީ! ތި ލައިސަންސް ނެތަސް ދުއްވަންވީ ގޮތާ، ގަވާއިދު ނޭނގޭ މީހަކު ނުހުންނާނެ މިހާރަކު! މި ބުނަނީ ލައިސަންސް ނެތި ދުއްވުން އޯކޭ ވާހަކައެއް ނޫން!!!
އަންދަލޫސިޔާ
07 October 2025
ލައިސަންސް ނެތި ސައިކަލް ދުއްވި މީހާ ބަންދުކުރޭ!
މުހައްމަދު.
06 October 2025
ކުޑަކުއްޖާ ގޮވައިގެން އުޅުނުމީހުން އެކުއްޖާއަށް އިހުމާލުވި ކަމުގެ ދައުވާ އުފުލަންޖެހޭ.
އަބޫ
06 October 2025
ނުބެލެހެއްޓޭކަމަށް ބޮޑަށް ބުރަވެވެނީ ރޭގެ ވަގުތެއްގައި ބައިބޯ ސަރަޙައްދެއް ކަމަށްވާ އައި ޖީ އެމް އެޗް ކައިރިން 3 މީހުން އަރައިގެން .... ކުޑަކުއްޖަކާއެކު ދަނިކޮށްދުށިން ... މަގުބަލަހައްޓާ ފުލުހުން ކޮބައިބާވައޭ ހިތައްއެރި
ސަލީމު އިދުރީސް
06 October 2025
ތިކަހަލަ ކުދި ރައްތަކުގަ ތާރުއަޅާ ހައިވޭކިއައިގެންް ހިތުހުރި ވަރަކައް ދުއްވާތި ވާގޮތް! ޕުރަވެޓު ކާރާސައިކަލު ރާއްޖެ އެތެރެ ނުކުރެވޭގޮތައް ހަދާ ޖަޒީރާ މިކުދިކުތި ރައްތަކައް ބޭނުން އެއްޗެއްނޫންތިއީ! ބައިސްކަލަކުން ނުދޭވަރު ރަށެއް ރާއްޖެއަކުނެއް
ޒަރީރު
06 October 2025
ލައިސަންސް ނެތި ދުއްވުމަކީ ނުރައްކާތެރި ދުއްވުމެއް. އެކަމަކު މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ލައިސަންސް ނެތިގެނެއްނޫން. މީހުންތައް ތިބީ މަގުފުރާލާފަ، ސައިކަލް ހުރީ މަގުމެދުގަ. ކުޑަ ކުއްޖަކު އުޅޭނެގޮތަކަށް އުޅެން މަގުމައްޗަށް ދޫކޮށްލާފަ.
ސަލީމު އިދުރީސް
06 October 2025
ތިވަރު ތިކަހަލަ ވިސްނުމެގެ މީހުނައް ލައިސަންސަން ނެގޭތި މައްސަލައަކީ މަގުފުރާލާފަ ކުދިންމީހުން ތާކު ހިހުރި ވަރަކައް ދުއްވޭނީ ކޮންއުސޫލަކުންތޯ؟ ފާރުމަތިން ބޯޅައެއް މަގައް އާސްފިނަމަ އެބޯބަލައި ކުޑަކުއްޖަކު ނިކުންނެމައް ވިސްނާ އިންނުލީ އުދުގެ ދުވެލި މަޑުކުރަން ޖެހޭނެ މިފަދަ އެތައް ހާލަތެއް ހުރޭ ޓުރެފިކު ހާލަތު ބަދަވާނެ ގޮތްކުރިއަން އެންޖެހޭނެ
raajje
05 October 2025
ލައިސަންސުއޮތަސް ލައިސަންސުނެތަސް ކުދިން ދުވެފަމަގުމައްޗަށްނިކުންނަންޏާ އެކުސިޑެންޓުވާނެދޯ
އަށްކޮ
05 October 2025
ލައިސަންސަކީ މަގުގެ ރައްކާތެރި ކަމުގެ ބޭސް ގުޅައެއްކަމަށް ދައްކަން މިގޮތައް ހެޑްލައިން ޖެހިޔަކަސް ހައްލެއް ނުވާނެ. ދިމާފެންނަން އެހުރީ މަގުގެ ރައްކާތެރިކަން ނަގާލާިއގެން ޕާކިކޮއްފަ ހުރި ސައިކަލެއް. އެކިއްޖާއަށް ސައިކަލް ނުފެނުނީ ޕާކިކޮއްފަ ހުރި ސައިކަލްގެ ސަބަބުން. ޢަންހެނުން ތަކެއް ކުޑަކުދިން ތަކެއް މަގުގެ އެއްފަރާތުގަތޯ އެތިބީ ނޫނީ މަގަށް ވާގިތައްތޯ. ކަމެއް ހަލުކުރެވޭނީ އެކަމެއް އުފެދުނު ގޮތް ދެނެގަނެގެން.
ނަާއި
05 October 2025
ހިތަށް ކުޑަވެސް ފިނިކަމެއް ލިބުނީ އެ ތުއްތު ކުއްޖާފުޅަށް ސީރިއަސް އަނިޔާއެއް ނުލިބެއޭ އޮތުމުންނެވެ.
މހއމ
05 October 2025
ބުޅާ އޯކޭ ތަ؟