މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ޒުވާނުން.
09 އޮކްޓޯބަރ 2025 - 13:18
ހުޅުމާލޭގައި ފުލުހުން މިދިޔަ އަންގާރަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހަތަރު ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި އުމުރުން 18-26 އަހަރުގެ ހަތަރު ޒުވާނުންނެވެ. އޭގެ ތެރެއިން ތިން ޒުވާނަކު ނިސްބަތް ވަނީ މަސްތުވާތަކެތީގެ މައްސަލަ ބޮޑު އެއް ރަށް ކަމަށްވާ ނ. ވެލިދުއަށެވެ.
މި މައްސަލާގައި ހައްޔަރުކުރީ:
1- އިބްރާހިމް ރިޔާޒް، 18 (ނ. ކުޑަފަރި، ލިލީގެ)
2- މުހައްމަދު ހަލަފް އިބްރާހިމް، 18 (ޖަވާހިރުމާގެ. ނ. ވެލިދޫ)
3- ހަސަން ނާއިމް، 26 (ޑޭޒީމާގެ، ނ. ވެލިދޫ)
4- އަހުމަދު މައިޝާން ނަސީމް، 20 (ރެޑިޔަމްވިލާ، ނ. ވެލިދޫ)
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކުރީ ހުޅުމާލޭ އެޕާޓްމަންޓަކުން ކަމަށެވެ. އެ ތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުމުން އެ ހަތަރު ޒުވާނުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ.
އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 28.61 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ންމެންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހަތަރު ޒުވާނުން ތެރެއިން ހަލަފް އަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކެވެ. ހަލަފް ފިޔަވައި އެންމެންގެ ބަންދަށް 15 ދުވަސް ޖެހުމަށް ފަހު، ޝަރުތުތަކަކާ އެކު އޭނާ ކޯޓުން ދޫކޮށްލީ ކިޔަވާ ކުއްޖަކަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާޖީދާން
11 October 2025
އަހަރެމެން ތެލިސެޓެއް ގެންނަ އިރަށް ކަސްޓަމްސްއިން ހިފަހައްޓާ މާ ގިނައިންނޯ ތި ގެންނަނީ ކިޔާފަ. މަސްތުވާ އެއްޗެހި ނުހިފަހައްޓާ.
ދަރިންނޭ ހެޔޮނުވާނެ ޒިންދަގީ ބަރުބާދު ނުކުރޭ!
09 October 2025
އިންސާނުންނަށްވީތީ ކުށް ކުރެވޭނެ އެވެ. އެކަމަކު މީގެފަހުން ދެން އެފަދަ ކަމެއް ނުކުރައްޗެވެ! އެފަދަ މީހުންނާއެކު ނޫޅޭށެވެ! އަދަބުން ސަލާމަތް ވެވުމުން މީގެފަހުން އެފަދަ ކަމެއް ނުކުރާނެކަމަށް މިހާރުއްސުރެ ޢަޒުމް ކަނޑައަޅާށެވެ!
ހހހހ
09 October 2025
ކިރިޔާ ކިރިޔާ 18 ވީ ކުދިން މިވަރު ވާނީ ގައިމު ބައެއްގެ އިހުމާލަކުންނުންތަ
ހހހހ
09 October 2025
މި ހާދަ ފަސޭހައިން އެތެރެކުރެވޭ އެއްޗެއް ވީމައޭދޯ ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް މިކަހަލަ ސުރުހީއެއް މި ފެންނަނީ.. މި ނޫނަސް މި ްައުމަށް އެތެރެ ނުކުރެވޭ އެއްޗިހި ހުރޭވިއްޔަ.. ކަންމަތީ ފިހާރައިން މެޓާ ލިބޭހާ ފަސޭހައިން ލިބޭ އެއްޗެއްތަ މީ؟
ފުންޑު
09 October 2025
މިހެން ބުނާއިރަށް ރަށްރަށު މީހުންތަށް ފުމެން ފަށާނެ….އެކަމު ހަގީގަތަކީ މާލެ އާއި ރާއްޖެތެރޭވެސް ގިނަ ޒުވާނުން އުޅެނީ ޑްރަގް ވިޔަފާރީގައި….އެއްވެސް މަސައްކަތެއް ނުކޮއް އެހާ މުއްސަނދިދިރިއުޅުން އުޅެނީ….އަގު ބޮޑު ކާރު ސައިކަލް…ލޯންޗް އޮޑިދޯނިފަހަރު….ހުޅުމާލެއިން އެޕާރޓްމަންޓް…..މައިން ބަފައިންނަށްވެސް އިނގޭނެ….އެކަމުވެސް ދަރިންގެ މޮޅުވާހަކަ ދައްކަމުން މުޅި ރަށު ތެރޭ ހިންގާނެ….
އެމްވީ ލޯމޮހޮރު
09 October 2025
މިގައުމަށް އިންސާފު ބޭނުންވޭ ، އާދައިގެ ނިކަމެތީންގެ ފޮޓޯޖަހާ ހައްޔަރު ކުރެވޭ ފަލީހަތް ވެސް ކުރެވޭ، ބޮޑުން އަދި އެމީހުންގެ ދަރިން މަސްތުވާ އެއްޗިއްސާ ވޭޕާ އެތެރެ ކުރީމާ ފޮޓޯ ޖަހާ ހައްޔަރެއް ނުކުރެވޭ.. މީތޯ އިންސާފަކީ ، މިހާރު މިގައުމުގައި އެއްވެސް އިންސާފެއް ހަމައެއް ލަމައެއް ނެތް. ދެރަ މީހާއަށް ދެރަގޮތް ނިކަމެތި މީހާއަށް ނިކަމެތިގޮތް،
ކޮތަރޭ
09 October 2025
ކިޔަވާ ކުއްޖެއް ވީމަ ދޫކޮށްލަން ޖެހޭތަ؟ ތީ ކޮންކަހަލަ ޤާނޫނެއް؟ ކުށް ތަކަށް އަރައިގަންނަ މީހުން ދެން ބަލާނީ ކުށް ކުރުމުގެ ކުރިން ކޮންމެވެސް ތާކު ކިޔަވަން ފެށޭތޯ ފުރަތަމަ. އޭރުން ކުށެއް ކޮށްގެން ހައްޔަރުކުރިޔަސް ކިޔަވާ ކުއްޖެއްވީމަ ދޫކޮށްލާނެތާ؟
ޗަޕް
09 October 2025
އޭ ކޮތަރޭ. ޢެބުނީ މުޒާހަރާއިން ދޫކޮށްލިވާހަކަ.
ދިވެސް
09 October 2025
ރާއްޖޭގެ ޒުވާން ޖީލް މަސްތުގެ ވަބާގަ ގެބެމުންދާއިރުވެސް ސިޔާސީ ޕާޓީތަކަށް މުހިއްމު މިވަނީ ވެރިކަމާއި ތޮޅުން، ޖީލުތަށް ބިނާކުރުމުގެ ވިސްނުން ގައުމީ މަސައްކަތެއްގެ ގޮތުގައި އެއްމެން އެކަތި ގަނޑަކށް ވެގެން ނޫނީ މިގައުމަށް ކުރިއެރުމާއި ހަމަޖެހުމެއް ނުލިބޭނެ.
ޖެނިން
09 October 2025
ކޮބާ މިހެން ފޮޓޯ ޖަހާލަން ނުކެރުނު އޭޖީ އޮފީހު މީހާގެ ، އެކަމަކު އާދައިގެ ބައެއްވީމަ މިއޮތީ ފޮޓޯ އާއި ހުރިހާ ވަނަވަރެއްވެސް ޖަހާފަ ، ފުލުހުންގެ ދެފުއްކެހެރި ކަމާއެވެ.
ރަދީފު ބިން ރަފައިދާ
09 October 2025
ތުއްތުކުދިންގެ ލިސްޓުން ދެންމެ އުނިކުރި ކުދިންދޯ.