ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ޑރ. ފީލިކްސް ނިއުމަން ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
09 އޮކްޓޯބަރ 2025 - 22:09
ޖަރުމަނުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު، ޑރ. ފީލިކްސް ނިއުމަން ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
އެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސްގެ އޮފީހުގަ އެވެ.
އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން އެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވައިފަ އެވެ.
ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ޑރ. ފީލިކްސް ނިއުމަން ހަތްކޮޅުގައި ރައީސް އޮފީހަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ރަސްމިއްޔާތުގައި ޖަރުމަނުވިލާތުގެ އާ ސަފީރަށް ރައީސް މުއިއްޒު މަރުހަބާ ދެންނެވި އެވެ.
ރާއްޖެ އާއި ޖަރުމަނާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަރާންކޯރުވުމުގެ ލާމަސީލު މިސާލެއް.
10 October 2025
އިސްރާއިލް، މިމީހުން ފަހަތުން ދުވަން ނުކެރި، ފަލަސްތީން މީހުން ފަހަތުން މިދުވަނީ. އެވެސް އެމީހުނަށް ހެޔޮކަމެއް ކޮށްދިނީމަ.