މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި ކްރޫއަކު-- ފޮޓޯ: މޯލްޑިވިއަނަ
11 އޮކްޓޯބަރ 2025 - 12:14
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ހާއްސަ ފެއާއެއް ފަށައިފި އެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، ހާއްސަ ފެއާ ފެށީ ސަރަހައްދުގެ އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޓްރިވެންޓްރަމާއި ކޮޗިން އަށް އެއާބަސް އޭ320 ގައި ހާއްސަ ދަތުރުތަކެއް ކުރަން ރާވާފައިވަ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަން އިން އެ މަންޒިލްތަކަށް އާންމު ގޮތެއްގައި ވެސް ދަތުރުތައް ކުރަނީ އޭ320 ގަ އެވެ. އެއީ 152 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. މިފެއާގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހަނިމާދޫން ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކަށް ވެސް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވެ އެވެ.
އާ ފެއާގެ އަގުތައް:
ކޮޗިން: 176 ޑޮލަރު (2،714ރ.)
ޓްރިވެންޑްރަމް: 232 ޑޮލަރު (3،577ރ.)
ޓްރިވެންޑްރަމް-ހަނިމާދޫ: 337 ޑޮލަރު (5،197ރ.)
މޯލްޑިވިއަންގެ އޭ320 ގައި ދަތުރުކުރާ ކަސްޓަމަރުންނަށް 20 ކިލޯގެ ލަގޭޖު ގެންދެވޭނެ އެވެ.
އިންޑިއާގެ އިތުރުން މޯލްޑިވިއަން އިން އަންނަނީ ޗައިނާގެ މަންޒިލްތަކަށް ވެސް ދަތުރުކުރަމުންނެވެ. މޯލްޑިވިއަން އިން އެންމެ ގިނަ ދަތުރުތައް ކުރަނީ ޑޮމެސްޓިކް މަންޒިލްތަކަށެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 26 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ330 ބޯޓާއި އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ފަސް ބޯޓާއި ސީ ޕްލޭންގެ 11 ބޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
20251
13 October 2025
އަހުން އެހީމާބުނީ އަގުހެޔޮވާކަމަށް ނެތްކަމަށް ބުނީމާ އަގުބޮޑުކޮށް ޓިކްޓްނެނީ. ހުރިހާކަމެއްވެސް އޮޅުވާލުމުގަ.... ބޮއިހަލަކި
ޢެޑްމުންޑޯ
11 October 2025
މާލެ ، ހުވަދު އަތޮޅު ދެކޮޅުޓިކެޓް 3140 ރ ، ކޮޗިން މާލެ 2714 ރ ، ގޯހެއްނޫން
ތިނަދޫ6767
12 October 2025
ތިނަދޫއަށް ދާނަމަ -/3380 އަދި ލޯންޗު ގެ އަގަށް -/600 މުޅި ޖުމްލަ -/3980 ދާނެ މީހަކަށް. ވިސްނާލާ، ޑޮމެސްޓިކް ޓިކެޓުގެ ދެބައިކުޅަ އެއްބަޔަކީ އެއަރޕޯޓު ޓެކްސް، ވެރިކަމަކީ ރައްޔިތުންނަށް ލުއިފަސޭހަކުރަން ތިބޭ ބަޔެއްނަމަ އެތެރޭގެ އުދުހުންތަކުން އެއާޕޯޓް ޗާޖުގެ ގޮތުގައި ނަގާ އަދަދު މަދުކޮށް އެއަރޕޯޓު ހިންގޭނެ. ޓުއަރިސްޓުންގެ އަތުން ނަގާ ޗާޖުން ދިވެހިންނަށް ލުއި ލިބެންޖެހޭނެ. އާރުޓީއެލް ގޮތަށް ޓިކެޓް އަގުހެޔޮ ވާންޖެހޭނެ.
ބޯގަޅި
13 October 2025
މާލެ ކޮޗިން އެއްކޮޅުގެ އަގުތީ. 2714ރ.
ހަނިމާދޫ ރައްޔިތެއް
11 October 2025
ހަނިމާދޫ- ޓްރިވެންޑްރަމް އަށްވުރެ މާލެ- ޓްރިވެންޑްރަމް ކައިރީތަ؟؟ އަޖައިބު ހީވޭ
ހޒވސވ
11 October 2025
އެކަން ފެއިލްކޮށްލަން ފަސޭހަވާނު
ޢެޑްމުންޑޯ
11 October 2025
އެވާގޮތަކީ މާލެއިން ހަނިމާދޫ އަށް ގޮސް ދަތުރު ފަށަންޖެހޭތީ ، އަދި ދަތުރު ނިންމާފައި މާލެ އަންނަންޖެހޭތީ ، ހަނިމާދޫ ރައްޔިތުން ހަދަންވީގޮތަކީ ތިރަށު ކައުންސިލުން ފްލައުޓެއްގަންނަންވީ ، އޭރުން ސީދާ ހަނިމާދޫ ޓްރިވެންޑްރަމް ދަތުރުކުރެވޭނެ ، ފްލައިޓް އޮންނާނީ ހަނިމާދޒު ވައިގެ ބަނދަރުގައި.
އިބްރާހީމް22
12 October 2025
މާލެ އިން ހަނިމާދޫ އަށް ފްލައިޓް ދަނީ މީހުން ގޮވައިގެންނޭ! އަދި އިންޑިއާ ދަތުރު ނިންމައިފަ ހަނިމާދޫ އިން މާލެ ދަނީވެސް މީހުން ގޮވައިގެންނޭ. ހަނިމާދޫ މަގުން އިންޑިއާ ދިއުމުގެ އެއް ބޭނުން އެއީ ޑޮމެސްޓިކް ޓިކެޓްގެ އަގު ކެނޑުން. މާލޭގަ އުޅޭ މީހުންނަށް ހުރިހާ މޮޅެއް.
ބައްތެލިމުންޑޯ
13 October 2025
ޢެޑްމުންޑޯ އެބުނަނީ ބޯޓުގެ ނަގިލި އެއްލޭނީ މާލެބަދަރަށް އެކަނިކަމަށް
ކޮރަލް
11 October 2025
ޑޮމެސްޓިކް އަށް ރާއްޖެ އިން ބޭރު އެއަރލައިން އަކަށް ހުއްދަ ދޭން ވީ އެވެ. އަގު ހެޔޮ ވެދާނެ އެވެ. މިހާރު މާ އަގުބޮޑެވެ.
މޯލްޑިވިއަންް
12 October 2025
ޑޮމެސްޓިކް ފްލައިޓުން ލިބޭ ލާރިކޮޅު ނުލިބިއްޖެއްޔާ މޯލްޑިވިޔަން ބަނގުރޫޓު ވެދާނެ.
އަހުމަދު މުހައްމަދު އަލީ
11 October 2025
ކޮބާ އެހެން އެއޤލައިނެއް ފަށަން އުޅޭ އިރަަށް ދަތުރަށް ކުރަނ ޖެހޭ ޚަރަދު ކުޑަވެ ފެއަރތަކުގެ ނަމުގަ ފާޑު ފާޑުގެ އޮފާރ ތައް އަންނާނެ. މި އޮތް ހުރިހާ ދުވަހު އަހަރެމެން މި ދަނީ 7000 އަށް . އެވެސް އެއަރލައިނަށް ގެއްލުމުގަ ދެއްވި އަގު . މި ބޭފުޅުންނަށް ނޭނގޭ ކަމަކީ ވަޔާ އެއްގަމު މަގުން ގޮސްގެންވެސް ޚަރަދު ކުޑަ ގޮތެއް ގިނަ މީހުން ބަލާނެ ކަން ދޯ ؟ ހެހޭ