ޚަބަރު / ކަސްޓަމްސް

ސިނގިރެޓް ވައްކަން: ޒިވާރު ސަސްޕެންޑްކޮށްފި

ސިނގިރެޓްތައް ގެއްލުނު މައްސަލާގައި ހައްޔަރުކުރި ޒިވާރު އިސްމާއީލް.

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް މިއަދު ސަސްޕެންޑުކޮށްފި އެވެ.

ކަސްޓަމްސް އިން މިރޭ ބުނީ ސިނގިރެޓްތައް ގެއްލުނު މައްސަލާގައި ތަހުގީގަށް ފާހަގަވާ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ކަސްޓަމްސް އިން ޒިވާރު ސަސްޕެންޑްކުރި އިރު 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ބޭރުކުރުމުގެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތުގައި އޭނާ ވަނީ ރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފަ އެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ދެން ހައްޔަރުކުރީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި މިފްކޯގެ އިސް މަމާގެއްގައި ހުރި މުއާޒް އަލީ އެވެ.

ސިނގިރޭޓުތައް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުންތަކެއް އަދި ހައްޔަރު ނުކުރި ނަމަވެސް އެ ކުންފުނިން މިއަދު ބުނިގޮތުގައި މިހާތަނަށް ހަ މީހަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ފުލުހުން ރޭ ބުނީ، މި ތަހުގީގުގެ ބޭނުމަށް 12 މީހަކު ވަނީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަމަށެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާނުލައި އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު ނުނިމޭތީ އެވެ.

އެ ތަކެތި ބަނދަރުގައި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

14 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެންތޮށި އިބްރާހިމް ހަލީލް

17 October 2025

ފައިސާ ގެ ދަހިވެތި ކަމުގައި ކަމެއް ކުރަން އުޅެނިކޮށް ފަޅާއަރާފަ މިއޮތީ. ޢަޑެއް ގޮވާނީ ކޮންމެސް ރެނދެއްލީމަ.

The name is already taken The name is available. Register?

ކޮރަލް

16 October 2025

މުޒާހަރާ ކުރަން ވީ މިކަހަލަ މައްސަލަ ތަކުގަ އެވެ. އަދަބެއް ނުދެ އެވެ.

The name is already taken The name is available. Register?

މަޑުލު

16 October 2025

އެހެންމީހެއްގެ ގޮތެއް ނޭގެ. ޒިވާރު މިކަމެއް ނުކުރާނެ ގެރެންޓީ

The name is already taken The name is available. Register?

ކަނބުލލޮ

16 October 2025

ބަލަ މަޑުލަށް ތިޔަކަން ކަށަވަރުވަންޏާ މިތާ ތިވާހަކަ ނުދައްކާ ނިކަން ކަމާބެހޭ ފަރާތުގަ ގެރެންޓީ ކޮށްދީބަލަ. ނުކެރޭނެ. ތިޔަ ދައްކަނީ ހީވާ ވާހަކަ. ޒިވޭރެއް ދިގައްޔެއް އަރިއްޕެއް ކިޔާނެ ކަމެއްނެތް. ވައްކަން ކުރިކަމަށް ތުހުމަތުވާ އެންމެން ހައްޔަރުކޮށް އިންސާފު ޤާއިމުކުރޭ. ޓެކްސް ފައިސާއިން އަލިފާން ކެވިގެން ނުވާނެ.

The name is already taken The name is available. Register?

ހަމައެނގޭ

16 October 2025

އެނގޭ. ވަކިމ

The name is already taken The name is available. Register?

އެމްޕީއެްލް

16 October 2025

ކޮބާ އެމްޕީއެލްގެ މުވައްޒަފުންގެ ވަނަވަރެއް ފޮޓޮއެއް ނެތްތަ؟ ހަމައެކަނި ވަކި ބައެއްގެ ފޮޓޯ ޖަހަންވަނީ. ސީދާ ކޮންޓެންރުން ސިގިރެޓް ބޭރުކުރި މީހުން ސިއްރުކޮއްފަ ކަމާ ނުގުޅޭ މީހުންގެ ވަނަވަރު އާންމު ކުރަނީ؟ ކަސްޓަމްސް އިން ބަލަންޖެހޭ ކަންތްއް ނިންމާފަ ހަވާލުކުރީ އެމްޕީއެލްއައް . އެހެންވީމަ މީނާ މީގެ ޒިންމާ ނަގަން ޖެހެނީ ކީއްވެ؟

The name is already taken The name is available. Register?

ވިޔަފާރިވެރިޔާ2

16 October 2025

ބުރަމަސައްކަތުން އާމްދަނީ ހޯދަމުން އައި މީހަކު ވައްކަމާ ދިމާލަށް ގޮސްދާނެ ކަމައް ގަބޫލުނުކުރެވޭ. ސާބިތު ހެއްކެއް ނެތި ހައްޔަރުކުރުމާ ސަސްޕެންޑް ކުރުން ބަލައިނުގަނެވޭނެ. ކަސްޓަމްސްގެ އިސްވެރިންނައް މަތީ ފަޑިން ވަރަށް ޕްރެސަރު އަންނާނެ. އެމީހުން ބުނާ ގޮތް ނެހެދީމަ މިކަހަލަ ލަޑެއް އެ ދިނީ. އެގޭތީ މިބުނީ.

The name is already taken The name is available. Register?

އ.ރ.ތ

16 October 2025

ކަސްޓަމްސް ގަ ވަގުން ނޫޅެއެކޭ ނުބުނާނަން. އެކަމު ޒިވާރު މީ ވަގެެއް ނޫން. ކަސްޓަމްސްގަ އިހުލާސްތރިކޮއް މަސައްކަތް ކުރާ މީހުންނައް ނާއިންސާފުން ކަންތައް ނުކުރޭ. އިންސާފު ގާއިމު ކުރޭ

The name is already taken The name is available. Register?

މަޅި

16 October 2025

ކޮންމެވެސް މީހަކު ބުނިގޮތެއް ނުހެދީމަ ދީފަ އޮތް ލަޑެއް މީ. މީނާ ގޮތް އެނގޭ މީހުންނަށް އެގޭނެ މިކަން މީނާ ނުކުރަާނެކަން.

The name is already taken The name is available. Register?

ހޮޅުއަލީގޭހުސެން

17 October 2025

ކިހާވަރަކަށްބާ އެނގެނީ

The name is already taken The name is available. Register?

ކަޑަބޮއް ސައީދު

16 October 2025

ކޮން ސަސްޕެންޑެއް ކުރާކަށްތަ؟ ކަނޑާލާ ޖަރީމާގެ ބޮޑެތިން ތަށް. ކަމެނުކޮށް ރެނދެއް ނާޅާނެ. ކޮންމެސް ކަމެއް ކުރެވިގެން ހައްޔަރު ކުރާނީ. މި އީ ބޮޑު ޖަރީމާއެއްނޫން ކޮންކަމެއް.

The name is already taken The name is available. Register?

އބދލ ވހދ 2025

16 October 2025

ކޮބާހޭ ފހމ ހިމެނޭ މައްސަލަ.. އެފަކީރު ރިޓަޔާކުރަން ލީމަ އެކަންވެސް ނުކޮށްދީ މައްސަލަ ޕާރކު ކޮށްފަ އޮތީ.. އެކަމު އަދި އެ މައްސަލަވެސް ހޭލާނެ.. ފހމ ކަލޯ ތައްޔާރަށް ހުރޭ.. ވަގަކަށް 1000 ދުވަސް.. އަހަރެމެނަށް 01 ދުވަސް.. ކުޅި ކުޅެލާނަން..

The name is already taken The name is available. Register?

ދޔނ 2025

16 October 2025

ފހމ އަދިވެސް އުޅެނީ ވަރަށް ފޮނުއަރުވާފައި ކަމަށް ވަނީ. މި ވެރިކަމުގައި އެއްކަމެއްވެސް ނުކުރެވޭނެޔޯ. ތައިލެންޑް އެމްބަސީއިންވެސް އޮތީ ހަމަޖެހިފަޔޯ

The name is already taken The name is available. Register?

އަށްކޮ

16 October 2025

ބަނގުރޫޓް ކުރަމުންދާ ވިޔަފާރިތައް ސައްޙަ ކޮއްކުރަމުން އައި ވިޔަފާރިތައް ވައްކަމާ ޓެކުމުގެ ތެރެއަށް ދާންމެދުވެރިވެ ވިޔަފާރީގެ ގެއްލުންތައް ހޯދުމަށް ވައްކަން އިޙްތިޔާރު ކުރަނީ މީކޮންފަދަ ކަމެއްބާ؟ ޢިއްޔެ ރަގަޅު މިއަދު ވ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454