ބަންޑުން ޖަހައިލި ކޮޅުވެއްޓި 'އަލްމާކް ފިޔަ، އިން ސަލާމަތްވި ބައެއް މީހުން އެއުޅަނދުގެ ބަނޑުފިލާ މަތީގައި. ފޮޓޯ:އެމްްއެންޑީއެފް
19 އޮކްޓޯބަރ 2025 - 09:48
މާލޭން ފުރައިގެން ދަތުރުކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓި، 'އަލްމާކް ފިޔަ' އިން ގެއްލުނު ތިން ވަނަ މީހާ ވެސް މަރުވެފައި އޮއްވައި ފެއްނިއްޖެ އެވެ.
އެމްއެެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ހަށިގަނޑު ފެނުނީ އާއިލާފުށްޓާއި ވިލާ ނޯޓިކާއާ ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ސްރީ ލަންކާ މީހެކެވެ. އޮޔާ ދަނިކޮށް ރޭ ފެނުނީ ލަންކާމީހާގެ ހަށިގަނޑެވެ. އަނެއް ދެ މީހުންގެ ހަށިގަނޑު ވަނީ މިދިޔަ ބުދަދުވަހުގެ ރޭ ފެނިފަ އެވެ.
އެ ހާދިސާގައި މަރުވި ދިވެހި މީހާ އަކީ ގއ.ދާންދޫ ސަރުސޫނުގެ، އަހުމަދު ޝިފާން، 38، އެވެ.
ފުލުހުން ކުރިން ބުނީ އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް ވެހިކަލެއްގެ ތެެރޭގައި ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ހަތް މީހުން ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮއިހަލާކޫ
19 October 2025
ބުރާސްފަތި ދުވަހު ބަންޑުން ޖަހާލި އުޅަނދަގުނެ ގެއްލުނު 02 މީހުން ބުދަދުވަހުގެ ރޭ ފެނުނީ ކިހިނެތް؟
އހޖގ
19 October 2025
ހަބރުން އޮޅުންނުފިލި،،، އެއްވެސް މީހަކު ސަލާމަތް ވިތަ؟ . ދަތުރުކުރީ ކިތަންމީހުން ؟ 3 މީހުންތޯ އޭގެތެެރޭން ކެޕްޓަނަކީ ދިވެހިމީހާތޯ؟
ނޭގޭ މީހާ
19 October 2025
އެކްސްކޯރިއޭޓާ އަކީ ކޯޗެއްބާ!!
ކަމަނަގޯތި އާދަނު
19 October 2025
އެބުނާހެން. މި މީހުންނަށް ވަރިހަމަ އެއްޗެކޭ ލިޔެވެނިކޮށް