ވަގަށް ނެގި 109 ސައިކަލް މިދިޔަ މަހު ހޯދިއިރު އޭގެ އަގު ހަ މިލިއަނަށްވުރެ ބޮޑު ކަމަށް ފުލުހުން ބުނި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 އޮކްޓޯބަރ 2025 - 13:08
ފުލުހުން މިދިޔަ މަހު ރިކަވާ ކޮށްފައިވާ މުދަލުގެ ތެރޭގައި 109 ސައިކަލް ހިމެނޭ ކަމަށާއި އޭގެ އަގު 6.8 މިލިއަން ރުފިޔާ އަށް އަރާ ކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކުރި "މާލޭ ފްރަންޓްލައިން ޕޮލިސިން" ގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު 1 އިން 30 ގެ ނިޔަލަށް ފުލުހުން ރިކަވާ ކުރި މުދަލުގެ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ރިކަވާ ކުރީ ސައިކަލެކެވެ.
އެ މުއްދަތުގައި 13 ފޯނު ރިކަވާ ކުރި އެވެ. އޭގެ އަގަކީ 154،562ރ. އެވެ.
- އަށް މައްސަލައެއްގައި އިލެކްޓްރޯނިކްސް ސާމާނު ރިކަވާ ކުރި. އޭގެ އަގަކީ 32،300ރ.
- ފައިސާގެ 20 މައްސަލައެއްގައި 588،822ރ. ރިކަވާކުރި.
- އެެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 39 މައްސަލައެއް. އެއީ 43،115ރ.
މާލޭ ފްރަންޓްލައިން ޕޮލިސިން އިން އެޓެންޑުވި ސީންތަކުގެ މައޫލުމާތުގައިވާ ގޮތުން އެކްސިޑެންޓުގެ 10 މައްސަލައަކާއި ވައްކަމުގެ 71 މައްސަލައެއްގެ އިތުރުން ފޭރުމުގެ 12 މައްސަލައަކާއި މާރާމާރީގެ 16 މައްސަލައެއް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
19 October 2025
ސައިކަލް ވަގަށް ނެގި މީހެއްގެ ވާހަކަ އެއް ނެތެވެ. ސައިކަލް އަމިއްލަ ހުރެ ފަ އެއް ނުގެއްލޭނެ އެވެ. ނޫނީ ވަގަށް ނެގި މީހާ ސައިކަލް ރިކަވާ ކޮށްފަ ދޫކޮށްލީ ހެއްޔެވެ؟
ފެކްޓްް
19 October 2025
އެ 109 ސައިކަލު ގެއްލިގެން ރިޕޯރޓު ކުރީމާ ހޯދާއިރު އެ ހުންނަނީ ޓޯވްޔާރޑުގަ. ދެން އެތަނަށް އެ ބަލާއައީމާ ލާރިކޮޅެއް ދޭންޖެހޭ. އެ ހިސާބުން އެ ނޯޓުކުރާނީ ގެއްލުނު ސައިކަލު ރިކަވާވީކަމަށް. އެހެންވީމާ ފުލުހުން ޓޯވް ކޮށްފިތާ ޕާކުކޮށްފަހުރި 109 ސައިކަލު 1 މަސްތެރޭ. ވެދުން....
ރަދީފްއޮފިޝަލް /
19 October 2025
އަހަރެންގެ އަމިއްލަ ސައިކަލެއް ގެއްލިގެން ޕޮލިހަށް ރަސްމީކޮށް މައްސަލަ ހުށަައެޅިތާ 10 އަހަރު.ތިމަންމެން ވެސް ސައިކަލް ފެނޭތޯ މަސައްކަތް ކުރާނަމޭ ބުނެ މަގޭއަތަަށް ދިން ސްލިޕް އަދިވެސް އެބައޮތް.ސައިކަލް ގެއްލުނުތާ 4 ދުވަސް ފަހުން އަހަރެންގެ މަސައްކަތުން ސައިކަލް ހޯދިން މާލެއިން.އަދިވެސް ފުލުހުންގެ ހަބަރެއްނުވޭ.ތާހިރެއް ނޫންތަ.ވ.ވެދުން
ބޮޑުބެގެ ބެއްޔާ
19 October 2025
ކިހާ ދެރަކަމެއް މީ ދެން. މަހަކު 2 ފަހަރު ސައިކަލުގެ ތަފާސްހިސާބު އާންމުނުކޮށް، ތިކަން ކުރާ ބަޔަކަށް އެޅުނު ފިޔަވަޅެއް ބުނެދީބަލަ.
އަނީމް
19 October 2025
ތިޔަ ސައިކަލުތައް ވަގަށްނެގި މީހުން ކޮބައިތޯ؟ އެމީހުން ދޫވެފަ ތިބެނީ ކީއްވެތޯ؟
1828
19 October 2025
މިދިޔަމަހު ކިތައް ސައިކަލް ގެއްލިގެން ހުށަހެޅި ތޯ؟ އެކަން ސާފްކޮށްލަދެވިދާނެ ތޯ؟ މޯލްޑިވްސް ޕޮލިސް ސަރވިސް އަކީ ހަމައެކަނި މާލެ ޕޮލިސް ތޯ؟ ކޮބާ ތޯ މިދިޔަ މަހު ރާއްޖެތެރޭގެ ތަފާސްހިސާބު؟ ވަޔަށް އަރައިގެން ދިޔައީ ތޯ؟
ކަޓު
19 October 2025
މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ގިނަ ސައިކަލް ގެއްލުނީމަ ހޯދަނީ ވެރި ފަރާތު އަމިއްލަ އަށް ، ދެން ފުލުހުން ހޯދި ކަމަށް ހަދައިގެން މޮޅެތި ރިޕޯޓް ލިޔާނެ ކަމެއް ނެތް.
ސަލިމް
19 October 2025
ހަމަ ތެދެއް. އެމީހުން ނުކުރޭ އެއް ކަމެށްވެސް.