ރިޔާޒު. އެމްއޭސީއެލްގެ ބޯޑުން އޭނާ ވަނީ ވަކިކޮށްފައި.
22 އޮކްޓޯބަރ 2025 - 15:01
އެމްއޭސީއެލްގެ ބޯޑުގެ މެމްބަރަކު ވަކިކޮށް، އެ ބޯޑު މެމްބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) މިދިޔަ ހޮނިހިރު ދުވަހު ވަކިކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ބޯޑުގައި މި ވަގުތު ތިއްބެވީ ހަ މެމްބަރުންނެވެ.
އޭގެ އިތުރުން، އެ ކުންފުނީގެ ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވެސް 7 އިން 9 އަށް އިތުރުކޮށްފަ އެވެ. އަދި އެ ބޯޑަށް ވަރަށް އަވަހަށް އިތުރު މެމްބަރަކު އައްޔަން ކުރާނެ ކަމަށް އެނގިފައި ވެ އެވެ އެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.
އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރަން އެމްއޭސީއެލުން މި މަހު ވަނީ ސަބްސިޑަރީ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ ހަ ވަނަ ދުވަހު އުފެއްދި އެ ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް /
22 October 2025
ލެޓްސް ގޯ.
ހާޝިމުގެ ދަރި
22 October 2025
އިބޫ ފެނަކައަށް ހެދިގޮތް މުއިއްޒު އެމްއޭސީއެލްއަށް މިހަދަނީ!
ކޮރަލް
22 October 2025
ދަރަނި 148 ބިލިއަން ގަ އެވެ. އެކަމު މަގާމް އިތުރުވަނީ އެވެ. ދެން ކޮށްމެ ގެއަކުން މީހަކަށް ސިޔާސީ މަގާމް އެއް ދިނީމަ ހަމަ ޔަގީނުން ވެސް އިތުރު ދައުރަކަށް ހޮވޭނެ އެވެ. އެކަމު ދަރަނި އިންތިހާ އަށް ބޮޑު ވާނެ އެވެ.
ކާނިި
22 October 2025
ރިޒާ ގޯ. ގޯ ރިޒާ.
ޖަމީލުބެ
22 October 2025
ރިޒާ އެއް ނޫން ރިޔާޒު. ވަރެއް ވެފަ ދޯ
ވަރެއްވާނެ
23 October 2025
ވަރެއްވާނެތާ ގައުމު ލޫޓިގެން ދާއިރު އެއްބަޔަކު އަތުފަތު ނުޖެހޭ ދަރަޖައަށް މިދަނީ!!!