ފުލުހުންގެ ޝީލްޑެއްގެ މީހަކު އަތްޖައްސާލައިގެން: ދަރިވަރެއްގެ ގައިގައި އަތްލައި އިންޒާރުދިން ބިދޭސީ ޓީޗަރަކު ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 އޮކްޓޯބަރ 2025 - 15:56
އުތުރުގެ ރަށެއްގައި ދަރިވަރެއްގެ ގައިގައި އަތްލައި އެ ކުއްޖާއަށް އިންޒާރުދިން ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި އިންޑިއާގެ ޓީޗަރަކު ސްކޫލް ދަރިވަރެއްގެ ގައިގައި އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކުރީ 54 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ދަރިވަރެއްގެ ގެޔަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ވެސް ރޭ ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
23 October 2025
ޙޫމް، ޗީޓަރަކު ހައްޔަރު ކުރީ ދޯވ؟
ޗަކަސްޗީޑި
22 October 2025
އަވަހަށް ވައުދުފުޅާ އެއްގޮތަށް މިކަހަލަ އެދުރުބެއިންގެ މުސާރަ ބޮޑުކުރާން އުޅޭ.ނޫނީ ތަނެއް އަވަދި ކޮށްފާނެ. އަނބިމީހާ ދަނޑުގޮވާން ކުރާން ފުރުސަތުނުދެނީ ކަންނޭނގެ މަހުގެ ކުރީކޮޅު މުސާރަ ހުސްވެފަ ހުންނާތީ.
ބެލެނިވެރިއެއް
22 October 2025
އެއްދުވަސް ވަރެއްގަ އެޑިއުކޭޝަނުން މަނާވެސް ކުރި ކަމެއްމީ، ލޯބިން ވިޔަސް ދަރިވަރުން ގައިގަ ބައްދާ ހެދުން، އެއީ ވަރަށް ރަނގަޅު ކަމެއް. ޢަންހެންޓީޗަރެއް އަންހެން ނޫނި ފިރިހެންވިޔަސް ކުޑަޔަސް ބޮޑަސް ލޯބިންވިޔަސް ގައިގަ އަތްލައިގެން ނުވާނެ، އެހެނަސް މިހާރު މިކަން އެބަޢާންމުވޭ. ޕްރައިމަރީގްރޭޑްތަކަށް، ހުޅުމާލޭގެސްކޫލަކަށް ދާ އަޅުގަނޑުގެކުދިން ބުނާގޮތުން، ލީޑިންޓީޗަރުންނާ އިސްލާމްޤުރުއާން އަރަބި، ދިވެހި ޓީޗަރުންވެސް ބައެއްކުދިންގައިގަ ވަރަށް ހަގްކުރެޔޯ
ދާލުސް
23 October 2025
ތި ބުނީ ހަމަ އެއްގްރޫޕެއްގެ ބައެއް.ގިނައިން އެފަދަކަންތައް ކުރަނީ އެމީހުން
ބުރުދާ
22 October 2025
ޓީޗަރުންވެސް ދަރިވަރުންވެސްގެ ވެސް އަޚްލާގެއް ނެތީ. ވަކިމީހަކު ތަފާތުކުރުމުގެ ބޭނުމެއްނެތް.
ޗަކޮއި
22 October 2025
ކީއްވެބާ މިޓީޗަރު ކިޔަވައިދޭ މާއްދާ ނުޖެހީ.. އެއީ އިސްލާމް އަދި ދިވެހި މާއްދާއަށް ނުވާތީ ތޯ!
ހަސަންބޭ..
23 October 2025
ޔަގީންތާ
ފުލި
23 October 2025
އެކައުންޓިނގް ކިޔަވައިދެނީ
ޗަކޮޔާ
23 October 2025
އިސްލާމް ޓީޗަރަކަށް ވާނީ