އުއްތަމަ ފަނޑިޔާރު ޣަނީ ވާހަކަފުޅު ދައްކަވަނީ: އިންސާފު ގާއިމް ކުރުމުގައި ވަކީލުންގެ ޒިންމާ ވެސް ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ސުޕްރީމް ކޯޓް
26 އޮކްޓޯބަރ 2025 - 20:59
ގާނޫނީ ވަކީލުންނަކީ ފަނޑިޔާރުންނެކޭ އެއްފަދައިން އިންސާފު ގާއިމް ކުރުމުގައި ބޮޑު ޒިންމާއެއް އޮތް ބައެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވަކީލުކަމުގެ ލައިސަންސް އަލަށް ލިބުނު މީހުން ވަކީލުކަމުގެ ހުވާ ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފު ގާއިމްކޮށް، ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައި ދިނުމުގެ ބޮޑު ޒިންމާ ފަނޑިޔާރުންނެކޭ އެއްފަދައިން ވަކީލުންނަށް ވެސް އޮންނާނެ ކަމަށެވެ. އަދި ފަނޑިޔާރުންނާއި ވަކީލުން ވެސް މަސައްކަތް ކުރަން ޖެހެނީ އެއް މިސްރާބަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފަނޑިޔާރުންނެކޭ އެއްފަދައިން ގާނޫނީ ވަކީލުންނަކީ ވެސް އަދުލު އިންސާފު ގާއިމް ކުރުމުގައި ހަރަކާތްތެރިވާ އިންސާފުގެ ދަތުރުގެ ބައިވެރިން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް އެޅިފައިވޭ. އެއީ ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައި ދިނުމުގެ ބުރަ މަސައްކަތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުމަށް ފަހު ދެން ކުރަން ޖެހެނީ އުނދަގޫ އަދި ބުރަ މަސައްކަތްތަކެކެވެ. އަދި އެކަމުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ސިއްރު ހިފެހެއްޓުމާއި ހަވާލުވާ މަސައްކަތްތައް ތެދުވެރިކަމާ އެކު ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ގާނޫނީ ހުރިހާ ކަމަކަށް ވަކީލުންގެ ހޭލުންތެރިކަން އަބަދުވެސް ހުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ކާމިޔާބު ވަކީލުން ތިބިކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ދާއިރާގައި ކާމިޔާބު ވާނީ ވަގުތަށް ފަރުވާތެރިވެ، އަދި ތެދުވެރިކަމާ އެކު މަސައްކަތް ކުރުމުގެ އިތުރުން އެ މަސައްކަތުގައި ރީތި އުސޫލުތަކެއް ހިފަހައްޓައިގެން ކަމަށެވެ. އެ ދާއިރާގައި ކާމިޔާބީއާ ހަމައަށް ވާސިލްވާން އެފަދަ ގުރުބާނީތަކެއް ވާން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޫނިރާއްޖެ 2.0
27 October 2025
މިގައުމުގަ އިންސާފު ހުރި މިންވަރަކީ ބޮޑުމަސްއައިސް ކުޑަމަސް ކާލާ އިންސާފު.... އެއީ ޖަންގަލީގެވެސް އިންސާފު... މިގައުމުގެ ގިނަރައްޔިރުން މިކަން ގަބޫލުކުރޭ!!!!! ތިޔަބޭފުޅުން އަޑުއައްސަވަމުން ތިޔަގެންދަވަނީ ދޫނިރާއްޖެ 2.0 މެގަހާޓްޒް. ޝުކުރިއްޔާ////
×ރފ4
27 October 2025
ލޮލް. ގިނަ މީހުން ތިބެނީ ފައިސާ ލިބޭކޮޅަކަށް
އަފްރާސިޔާބު
27 October 2025
މޮޅޭ މި މީހުން އިންސާފު ގާއިމްކުރާ ވާހަކަ ދައްކަންވެސް. ތިބޭފުޅާއަށް އެނގޭތޯ ވަކީލުންނަށް ކުރެވޭނެ ކަމެއްނެތްކަން ޝަރީއަތް ހިންގުމަށް. ޝަރީއަތެއް ބާއްވައިގެން ނޫންތޯ ތިބުނާ އެހީތެރިކަމެއްވެސް ދެވޭނީ. އަހަރު ދެއަހަރުވާއިރުވެސް މަޖިލީހެއް ނުބޭއްވޭ.
އަދާލަތު
27 October 2025
ވަކީލުންގެ ކޮންޛިންމާއެއްތޯ؟ ފުރަތަމަ ކޯރޓުތަކުގެ ރަޖިސްޓްރާ ޛިންމާދާރުކުރުވަބައްލާ. ކޯރޓަށްހުށަހަޅާމައްސަލައެއް މަސް ދެމަސްވާއިރު ރަޖިސްޓްރީކޮށް ބަލައިނުގަނެވޭ. މަދަނީކޯރޓަކީ މިކަމުގައި ޙައްދުފަހަނާއަޅާފައިވާތަނެއް. ރަޖިސްޓްރާ ކޮންޓެކްޓަރުންނަށްވިކިފައި. މަގުމަތިވެފައި ކޮންޓެކްޓަރ ވަޔަރެސްގައި ކިތައްމީހުންތޯއެތިބީ.
އައްޑޫހިތަދޫމޫލެކެޑެ
26 October 2025
ރ. މަޖިލިސްގެ ހިތަދޫ އުތުރުދާއިރާގެ ގޮނޑި މިހާރު އެހެރީ "ވާނުވާ" ގަ ނޫންތޯ؟ އަދި ކިހާ ދުވަހަކުންތޯ ޙުކުމް ލިޔެވޭ ވަރުވާނީ؟
އަނެއްހެން އޯކޭ
26 October 2025
ރައީސް ގެ ޕޯސް ގަ ދޯ ހީހި
1212111
27 October 2025
އެއީ ރައީސްގެ ޕޯސްއެއް ނޫން! ރައީސް ވެސް އެޕޯސް ނުވަތަ އެސިމްބަލް އަތުން ހަދާނެ!!! އެގޮތް އިނގިލިތަކުން ހަދަނީ ޒާތެއްގެ އެނަރޖީއެއް ނުވަތަ ވައިބްރޭޝަން އެއް ލިބިގަތުމަށް ކަމަށް ބުނޭ! އެއީ ސެޓަނިކް ކަމެއް ކަމަށް ބައެއް ހުޅަނގުގެ "އިލްމްވެރިން" ބުނޭ!!! ރިސަރޗް ކޮށްލަނިކޮށް އެޒާތުގެ ކަންކަން ކުރާ ސަބަބާ އޭގެ ނަތީޖާ ސާފުވާނެ!!!
ޑީިޑީި
26 October 2025
އުއްތަމަވެސް މޮޅު އަނގަނުތަޅާ ތިތަޅާ އަނގަތައް އަމަލުން ރައްޔިތުންނަަށް ދައްކާބަލަ.