ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: މި ތަނަށް ރޭ ވަންނަން ދިޔަ ބޭންކު މުވައްޒަފެއްގެ ފައިސާ ސުއިޓް ކޭސްއެއް ވަނީ ފޭރިގެންފައި.
27 އޮކްޓޯބަރ 2025 - 08:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ރޭ ފޭރިގެންފި އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައިވާ ގޮތުން ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތް އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ ފަތިހު 4:45 ހާއިރު އެވެ. އެކަމަކު، އެއީ ކޮން ބޭންކެއް ކަމެއް އަދި ފައިސާގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔަ ފައިސާތަކެކެވެ.
ފައިސާތައް ހިފައިގެން އާ ޓާމިނަލަށް ވަންނަން ދިޔައީ ބޭންކެއްގެ ދެ މުވައްޒަފެއް ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލ.އަތޮޅު
27 October 2025
އަސްލު ތިތަނުގެ ސެކިޔުރިޓީ ރަނގަޅެއްނޫން.... ސެކިޔުރިޓީން އުޅެނީ ޓާރމިނަލްގެ ބޭރުމަތިން ރަނގަޅުކޮށްލައިގެން، ބޭނުމަކީ އެތަނަށް އަންނަކާރުތަކާ އަދި މީހުންގޮވައިގެންދާ ކާރުތަކުން ސަލާމަށް ނުވެގެން... އިންޑިޔާ ފަދަ ސެކިޔުރިޓީ ހައިކޮށް އުޅޭ ގައުމުތަކުގެ ވެސް މާ ސަޅި.....
ޙ. ޙުސައިން
27 October 2025
މިހާހަރަކަށް އައިސް ވައްކަން ހާދަ ގިނަވެއްޖެޔޭ. އަމުދުން އެއަރޕޯޓް ކަހަލަ ސެކިއުރިޓީ ހައި ތަނެއްގާ އެ ފަދަ ކަމެއް ކުރާން ކެރޭނީ ވަރަށް ޔަގީންކަން އޮވެގެން. ފެންނަނީ ޒިންމާނެގުމުން އެއްކިބާވެ ގެއްލުމުގެ މައްޗަށް ގެއްލުން އިތުރުވާތަން. ވަރުގަރުން މުއަށްޒަފުން ލިޔަސް ވާކަމެއްނެތް.
ކޮރަލް
27 October 2025
ގްރީން ޒޯން އޭ ކިޔަސް ސެކިއުރިޓީ ޒޯން އެއް ނެތެވެ. ކެމެރާތައް ބަލަހައްޓަން ހުރި މީހާ ކޮބާ ތޯ އެވެ؟ ބޮޑެތި ކުއްވެރީން އެއަރޕޯޓް ގަ އުޅޭ އިރު ކެމެރާ ތަކުން އެމީހުން އުޅޭ ގޮތް ބަލަން ވާނެ އެވެ.
ނށދު
27 October 2025
ދާން އުޅޭތަނެއް ނޫނޭ ކިޔަންވީ ކަން ހިނގި ތަން ބުނެދީބަލަ؟ ފޭރުން ހިނގި ލޮކޭޝަން ސާފެއް ނޫން
އަކަ
27 October 2025
އަހަރަމެން ހީކުރަނީ ފައިސާ އުފުލާ ތި ފޮށިތަކުގައި ޖީޕީއެސް ޓެގް ހުންނާނެކަމަށް. އަދި ޖަހައިގަނެގެން ދާނަމަ ކަރަންޓް ޝޮކް އަންނަ ގޮތަށްވެސް ހުންނަ ކަމަށް. އެކަމަކު މިހާރު ހީވަނީ ހަމަ ބޭރުން ފެންނަގޮތް މޮޅު ކޮށްލާފަ އިންނަ އާދައިގެ ފޮށްޓެއްކަން
ގޮހޮރު
27 October 2025
ދޫކޮއލާ!!!! Ok
އ
27 October 2025
މޫނުގެ މައްސަލައެއްނެތް... ކޮންމެވެސް ވަރަކައް އެކަން ކުރާގޮތް ބެލުމައްފަހު ޖެއްސި އެއްޗެއްކަމައް ބެލެވެނީ.... ސުވާލަކީ ފުލުހުންނައް އެބަޔަކު ހޯދިދާނެތޯ???....ޖަވާބަކީ ފުލުހުން ތިބީ ވަރައް ފަހަތުގައި ކަމައް ބެލެވެނީ...... އަދި އެއައްވުރެ މާ ފަހަތުގައި އިންސާފު އޮތީވެސް......
ކައްޒާބުދޮންތުއްތު
27 October 2025
ކައިވަތެއް ހަމަނުވޭ. އުޅޭ ބޯތަކަށްވުރެ އެތައްގުނައެއް މީހުން އާދޭ. އެކަމަކު ކޮލަންބިޔާއަށްވުރެ ހާލަތު ދަށް.
މަބުނާނީ
27 October 2025
ފައިސާ ސޫޓުކޭސް ހިފައިގެންދާއިރު ޕޮލިހުންނާއެކުގަ ގާޑުކޮށްގެން ނޫންތަދަނީ. ފަތިސްދަޅައިގަ ރޭވުމަކާ ވައްތަރީ. ބޭންކަށް ފައިސާގެންދާއިރު ވަށައިގެން ޕޮލިސްތިބޭތީފެނޭ.
އެނދިމަރިޔަނބު
27 October 2025
ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު ވަގުން ކޮންމެހެން މޫނު ފޮރުވާކަށް ނުޖެހޭ. މޫނުފެނުނަސް ސާބިތު ވުމަކީ ނާދިރުކަމެއް. އެކަމަކު ފަނޑިޔާރުން މޫނުފޮރުވައިގެން ހުކުމްކުރަން ޖެހޭހިސާބަށް ގޮއްސި. އާއިލާއާ މުދަލާ ފުރާނަ ރައްކާކުރެވެމް އޮތީ އެގޮތަށް.