ވީއައިއޭގެ އާ ޓާމިނަލްގައި ބަހައްޓާފައިވާ ބީއެމްއެލްގެ ޑޮލަރު ކައުންޓަރު: ރޭ ފަތިހު ފޭރިގަތީ އެއާޕޯޓުގެ ބާ ޓާމިނަލުން އާ ޓާމިނަލްގެ މި ކައުންޓަރަށް ގެންދިޔަ ޑޮލަރުތަކެއް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
27 އޮކްޓޯބަރ 2025 - 09:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ރޭ ފަތިހު ފޭރިގަތީ ވަޅިން ބިރު ދެއްކުމަށް ފަހު ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކަކުން ބުނެފި އެވެ.
ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި ހުރި ފައިސާ ސޫޓް ކޭސް މޫނުނިވާ ކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭގެ 4:45 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު ހުރި ފަރާތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔައީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓް ކޭހެކެވެ. އަދި އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިން ކަމަށް އެ މީހާ ކިޔައި ދިނެވެ.
"ވަޅިން ބިރު ދައްކާފައި ސޫޓް ކޭސް ޖަހައިގަނެގެން ދުއްވައިގަތީ،" މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
ފުލުހުން މީޑިއާގައި ބުނީ، އެ ފައިސާ އުފުލުމުގެ ތެރޭގައި ފުލުހުންގެ ސެކިއުރިޓީ ބީއެމްލުން ބޭނުން ކޮށްފައި ނުވާ ކަމަށެވެ.
ސޫޓް ކޭސްގައި ހުރީ މިއަދު ހެނދުނު ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންނަށް އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރުން ދޫކުރަން ކަނޑައެޅި ފައިސާ އެވެ.
ސޫޓް ކޭސްގައި ހުރި ފައިސާގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތީ ފުލުހުންގެ ސެކިއުރިޓީ ވެސް ތިއްބާ ކަމަށް މި ޚަބަރުގައި ކުރިން ޖެހީ އެ ވަގުތު ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ފުލުހުން މީޑިއާގައި ފަހުން ބުނީ، އެ ފައިސާ އުފުލުމުގެ ތެރޭގައި ފުލުހުންގެ ސެކިއުރިޓީ ބޭނުން ކޮށްފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަކްމެޑް
29 October 2025
ދެން ބޭންކުން ތަނުގެ ޑިޒައިނާ އެއްވެސް ގުޅުމެއްނެތް ފޮށިގަނޑެއް އެތާ ބަހައްޓާފަ. ސާބަސް
އޮނަރަބްލް އަފީފު ދީދީ
27 October 2025
މުއައްސަސާގެ ހުރިހާޒިންމާ އެކެއްގެ ބޮލުގައި އަޅައިގެން ރާއްޖޭގެ 187 ރަށުގެކަންކަން އެކަކަށް ނުބެލެހެއްޓޭނެތީ، ތަހްޒީބު ޤައުމުތަކުގައިވެސް ފުލުހުންގެކަންކަން އިންތިޒާމް ކުރެވިފައިވާ ފަދަ "ޒަމާނީ ގޮތަކަށް މިކަންކަން ކުރުމަށްޓަކާ" މަތީގައިދެންނެވި ބަދަލުތައް ގެނެސް 3 ރީޖަންގެ ޕޮލިސް ކޮމިޝަނަރުންނާއި، އެމީހުންގެ ޑިޕިއުޓީ ކޮމިޝަނަރުންގެ ކަންކަން ބަލާފަރާތަކީ މާލޭގައި ހުންނަވާ Director General of Police އޮފް ޕޮލިސް ބިއުރޯ އިން ކަމަށް ހަމަޖައްސަވާ.
ބާމުންޑޭ
27 October 2025
ތީ، ތިފައިސާ ހިފައިގެން ދިޔަ ބޭންކްގެ މުވައްޒަފުން ރާވައިގެން ކުރިކަމެއް.
އެދުރު ބެ
27 October 2025
ތި އެއާޕޯޓްގެ ސެކިއުރިޓީ ވަރަގަދަކުރަން އެބަޖެހޭޭ ދޯ.
އައިމިނާ
27 October 2025
އަޑުއިވުނު ފައިސާގެންދާ މީހުން ސެކިއުރިޓީނުލާ ދާން ޢުޒުރުވެރިވުމުންވެސް އެ މެނޭޖަރު އަޅާނުލިކަމަށް. އެހެންވީމާ ބައިވެރިވުން އެބައޮތޭ ބުނެވިދާނެ.
އާރީ
27 October 2025
ކޮބާ ސެކުރިޓީ ކެމެރާ ނިންވައިލައިފަތަ.ހަހަހަ ލޯންޗަކަށް އަރާގެންނޯ. ކޮބާ އެމްއޭސިލު ބަނދަރު ބަލަހައްޓާ ސެކިއުރިޓީން. ތި ހުންނަނީ ރޭވިގެން ކުރާ ވައްކަން ވަރަށް ވަރަށް ސާފް
އޮނަރަބްލް އަފީފު ދީދީ
27 October 2025
ކަނޑުގެ ބަނދަރާއި ވައިގެ ބަނދަރު ފަދަ އެންމެމަތީ ފެންވަރުގެ ސިކިއުރިޓީ ޤާއިމްކުރެވިފައި ހުންނާންޖެހޭ ތަންތަނުގަައި ހަމައެކަނި ފޯރިމަރާ ފުލުހުން ތިބުމުގެއިތުރަށް 24 ގަނޑިއިރު ކެމަރާތަކުން ސިކިއުރިޓީ ބެލެހެއްޓުމާއި މިތަންތަނުގެ ކަންކަން ފުލުހުންގެ އިންޓަލިޖެންސް އިން ބަލަހައްޓާ މޮނިޓަރ ކުރަމުން ދާންޖެހޭނެ. އެހެންކަމުން މިފަދަކަންކަމުގައި އިހްމާލުވާ ފުލުހުންގެވެރިންނަށް ވަގުތުން ފިޔަވަޅުއެޅޭނީ ރީޖަންތަކަށް ފުލުހުންވެސް ޑިސެންޓްރަލައިޒް ކޮށްގެން.
މަނަސް
27 October 2025
މީހުރިހާ ރައްޔަތުން ސަރުކާރު ވެރިންގާތު ވަރައް ސީރިޔަސްކޮން އަހަންވެއްޖެ ސުވާލެއް ! ޕޯޓުގަ ސެކިޔުރިޓީ އެއް ނެތް، އެއަރް ޕޯރޓް ގަސެކިޔުރިޓީއެއް ނެތް! އެއްވެސްތަނެއް ސިކުއަރ އެއްނޫން! މިތަނުގެ ވެރިން މިކަމައް ޒިންމާނަގާނެތޯ ؟ ނޫނީ ހަމައެކަނި ރިއެކްށަނަރީ ފިއަވަޅެއްއަޅާލާފަ މިކަން އަނެއްކާ ކަމެއްދިމާވަންދެން އޮއްބާލާނީތޯ ؟
ފަހި
27 October 2025
ޑްރާމާއެއްބާ ތި އުފުލިމީހުން ޒިންމާވަން ޖެހޭނެ ސެކިއުރިޓީނެތި އުފުލީތީ
ސެކިއުރިޓީން
27 October 2025
ދެފިރިހެނުން ތިއްބާ އެހާފަސޭހައިން ދެވިގެން ނުވާނެ