ޑޮލަރުގެ ފޭރުމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން.
28 އޮކްޓޯބަރ 2025 - 13:27
ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އިއްޔެ ރޭ ފަތިހު 130،000 ޑޮލަރު ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދިނުމާ އެކު، އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކުރި ހަތަރު މީހުންގެ ބަންދު ވެސް އިތުރުކޮށްފައިވާ ކަމަށެވެ.
މި ހަތަރު މީހުންނަކީ؛
● މާޒިން މޫސާ، 25، ރޭޝަމް، ލ. މާވަށް
● އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް، މާލެ
● އިބްރާހީމް އަނޫފް، 24، އަޅިވިލާގެ، ކ. ގުރައިދޫ
● ހުސައިން ޝަހުދު، 30، އަޅިވިލާގެ، ކ. ގުރައިދޫ
މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބީއެމްއެލްގެ ދެ މުވައްޒަފަކަށް އިއްޔެ ރޭ ފަތިހު ބިރު ދެއްކީ ވީއައިއޭގެ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ. ރާއްޖޭގެ ގައުމީ ބޭންކުގެ ދެ މުވައްޒަފުން ސޫޓްކޭހުގައި އެ ޑޮލަރުތައް ހިފައިގެން ދިޔައީ އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދާށެވެ. އެއީ އިއްޔެ ހެނދުނު ރާއްޖެ އިން ބޭރަށް ފުރި ބައެއް ދިވެހިންނަށް ދޫކުރަން ހުރި ޑޮލަރެވެ.
ހުރާއިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗުގައި އެ ހަތަރު މީހުން ދިޔައީ އެ ރަށަށް ކަމަށެވެ. ލޯންޗު ހުރައަށް ގާތްކުރި ކަމަށް ވަނީ އިއްޔެގެ ހެނދުނު 8:45 ހާއިރު އެވެ. އެހެންވެ، އެއާޕޯޓުން އިއްޔެ ރޭ ފަތިހު ފުރައިގެން އޭގެ ކުރިން އެ މީހުން ދިޔަ ތަނެއް އަދި ސާފެއް ނޫނެވެ.
ހުރައިން ވާހަކަ ދެއްކި މީހަކު ބުނީ، ސޫޓްކޭސް ހިފައިގެން އުޅުނު ތަން ރަށުތެރެއިން ބަޔަކަށް ފެނުނުކަން ނޭނގުނަސް އެ މީހުން ތިބި ގެސްޓް ހައުސްގެ ސީސީޓީވީ ކެމެރާ އަށް، އެ މީހުން ޑޮލަރު ގެންގުޅޭތަން އުޅޭ ފެންނަ ކަމަށެވެ. އެކަމަކު އޭނާ ބުނީ އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ.
މައުލޫމާތު އެނގޭ ފަރާތުން ބުނި ގޮތުގައި އެ މީހުންގެ އަތުން ބަނގުރާފުޅިތަކެއް ވެސް ފެނުނެވެ. ނަމަވެސް، ވަގަށް ނެގި ޑޮލަރު ފެނުނު ކަމެއް އަދި ނޭނގެ އެވެ.
ގުރައިދޫގެ ދެ މީހުންގެ ބޭބެއަކު ހުރާގައި ދިރިއުޅޭތީ އެ މީހުން ދޭތެރެދޭތެރެއިން ހުރައަށް ދާ ކަމަށް ހުރައިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޑޮލަރު ފޭރިގަތް ވަގުން ވީއައިއޭގެ ޓާމިނަލަށް ފޭބީ ކާރަކުން ކަމަށް ވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައި ވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
29 October 2025
ވަރަށް ހަމަޖެހިލާފަ ތިބީ ޕޮލިހުންނާއެއްކޮށް ދިޔައިރުވެސް އަތްއުކައުކާފަ ވާހަކަދައްކާ.
މުޖޫ
29 October 2025
ތި ފައިސާ އެއް ދެން ނުފެންނާނެ. މީހުން ދޫކޮއްލާ އަޑު ދެން އިވޭނީ. ދެން މިކުދިންނައް ޑެޕިއުޓީ މިނިސްޓަރުކަން ދޭންވީ
ބަޑިތަކުރު
29 October 2025
އޭޓީއެމްތަކަށް ފައިސާއަޅަންދާއިރު ފުލުހުންގެ އެހީތެރިކަންހޯދާފައި އެހެން ތަންތަނަށް ފައިސާ ގެންދާއިރު ފުލުހުންގެ އެހީތެރިކަން ނުހޯދިއިރު އެހާ ގަޑިއަށް ބަރާބަރަށް ލޯންޗާ ކަންކަން ހަމަޖައްސައިގެން އެކަންކުރި ބަޔަކުވެސް ނޭނގި އެހާ ފަސޭހައިން ތިކަން ކުރެވުނީމާ އެކަމުގައި އުޅުނު ބޭންކު މުވައްޒަފުންގެ އަތެއް ތިޔަކަމުގައިނެތިދާނެކަމަށް ގަބޫލުކުރަން ދަތިވެއެވެ. އެބަޔެއްގެ އަތެއް ތިކަމުގައި އޮތްތޯ ބެލުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.
ފުރޯޑު ހައުޑީބު
29 October 2025
މާ ގިނައިން ގޭމު ކުޅެވިފައި ތިޔަ ތިބީ. އަދި ވާނެ ދެ ތިން ސީރީޒް ބަލައިލަން
ސެކިޔުރިޓީ
28 October 2025
ސެކިއުރިޓީ ލޯންޗެއް އެތަނުގައި އެވަގުތު ނެތިއްޔާ، ކިތައްމެ ބޮޑު ކުއްޔެއް ދައްކާ ގޮތަށް ނަމަވެސް ވަގުތުން ވަގުތަށް އެހެން ލޯންޗެއްގައި ނަމަވެސް ދާންޖެހޭ ހާލަތެއް އެއީ.. 130000 ޑޮލަރު ގެއްލިދާނެތީ އެއްނޫން.. ރާއްޖޭގެ މައި އެއަރ ޕޯޓަށް އަރާ އަމަންކަން ނަގާލައި، ފޭރިގަނެގެން ފިލައިގެން ނުދެވޭނެކަން ދައްކައި ދިނުން.. އެއީ މިލިޔަން ޑޮލަރު ޚަރަދުކޮށްގެންވެސް ދައްކައިދޭންޖެހޭ މަންޒަރެއް.. ދޭންޖެހޭ ޔަގީންކަމެއް..
ހަލޯ
28 October 2025
މިހާރު މެންބަރުކަމައް ނޫނީ ސަރުކާރު މަތީމަގާމަކައް ކުފޫހަމަވޭ.
ސުދީރު
28 October 2025
މިހާދިސާއިން ފެންނަނީ ރާއްޖޭގެ މައިދޮރާށީގައި އަމާންކަމެއްނެތްކަން. އެއްލައްމަ ޑޮލަރުގެއްލުމަށްވުރެން ގެއްލުން ބޮޑުވާނެ މިކަހަލަ ބަޔަކު ފަތުރުވެރިންގެ ގަޔަށް ބޮލަށް އަރައިގަންނަ ހިސާބުން. އެހެންވީމައި މިބުނަނީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން އެއަރޕޯޓަ އަރައިގޭބޭގޮތަށް ތިއޮތް ނިޒާމް ބަދަލުކުރާށޭ. އެއަރޕޯޓް މުވައްޒިފުން ދަތުރުކުރުމަށް އެމްޢެސީއެލްގެ ބަސް ހަމަޖައްސަން ބޭނުމެއްނެތްގޮތުގައި އެއަރޕޯޓަށް ނޭރޭގޮތަށް ހަދަންވީ.
ޕޯޓަބަލް
28 October 2025
ވެރީ އެމެޗާރ! ބަހާލީމަ ބޮލަކަށް 32500 ޑޮލަރު. 5 ލައްކަ ރުފިޔާ! ނޮޓް ވޯތް ދަ ހައިސްޓް!
raajje
28 October 2025
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުން ސެކިއުރިޓީބަލަހައްޓަނީ ހުސްއަތާތަ؟ ވަޅީންބިރުދަށްކާ ސުޕުރޭކޮށްލީމާ ކުރެވޭނެކަމެއްނޯންނަކަމަށްވަންޏާ ސެކިއުރިޓީބަލަހައްޓަންށޭކިޔާފަ ކީއްކުރަންތިބޭބައެއް؟؟ ރާއްޖޭގައިއޮންސަގާފަތެއްމީ، ސެކިއުރިޓީބަލަހައްޓަންށޭ ކިޔާފަ ބޮލެއްބެހެއްޓީމާ ނިމުނީ ކަމެއްދިމާވީމާ ކުރެވޭނެއެއްވެސްކަމެއްނޯވޭ! މާލޭގެއެކިތަންތަން ބަލަހައްޓަން (ފިހާރަތައްފަދަ) ތިބޭ ސެކިއުރިޓީގާޑުންވެސް ގިނަވަގުތުނިދާފަ، ގިނައީވެސް އުމުރުންދުވަސްވީމީހުން
ނަމެއް
28 October 2025
މެއިން އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންނަށާ ސިކިއުރިޓީންނަށް ބިރުދައްކާފަ ލޯންޗެއްގަ މިހެން ދާއިރު އޭތި ފަހަތުން ދުއްވާނެ އުޅަނދެއްވެސް ނެތީތަ؟