އައިލެންޑް އޭވިއޭޝަނުން ހުޅުމާލޭން ގަތް ބިން ޗާޓުގައި ފާހަގަކޮށްފައި.
30 އޮކްޓޯބަރ 2025 - 11:43
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭސް) އިން ހުޅުމާލޭގެ ބިމެއް 49.4 މިލިއަން ރުފިޔާއަށް ގަނެފި އެވެ.
އައިއޭސް އިން ގަތީ ހުޅުމާލެ 1 އިން 12،481 އަކަފޫޓުގެ ބިމެކެވެ. އެއީ އެޗްޑީސީގެ ނަމުގައި އޮތް ގޯއްޗެއް ކަމަށްވާ ބިމު ނަންބަރު 11725 އެވެ.
އެއީ ހުޅުމާލެ 1 ގެ ރަށު މާރުކޭޓާ ދިމާލުން އެއްގަމުގައި، ބޮޑުމަގާ އިންވެގެން، ކަންމައްޗަކަށް ވާ ގޮތަށް އޮންނަ ބިމެވެ.
ކޯޓުން ވަނީ އައިއޭސް އިން މި ބިމަށް ފައިސާ ދައްކާ ހަލާސްކޮށްފައި ވާތީ އަދި އެ ބިމުގެ މިލްކުވެރިކަމާ މެދު އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނެތުމުން ބިމުގެ މިލްކުވެރިކަން އައިއޭއެސް އަށް ލިބިފައިވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
31 October 2025
އެތައް ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ތަރައްޤީކޮށްފައިވާ ފުލެޓް ތައް ދީފައިހުރި ކ.މާލޭ މީހުން އެއްބަސް ވުމާއިަ އެއްގޮތަށް ފައިސާ ނުދައްކާއިރު އެމީސްމީހުނަށް ނޯޓިސް ފޮނުވާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު އާންމުކޮށް އަދި އެވަރުންވެސް ފައިސާ ނުދައްކާ މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވަައިގެން ފައިސާ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގަައި ކުންފުނީގެ ބިން ވިއްކައިގެން ދަރަނި އަދާކުރުމަކީ ތިޖޫރީ ކަޅާކުރުން ފަދަ ކަމެއް ނޫންތޯ؟
ތިހެން ހަދަން ހެޔޮވާނެ.
31 October 2025
ފަލާހޫ، 2050 ވަނަ އަހަރު ހާދަބަޔަކު އެތަނަށް ބަދަލުވާން ތިއްބާ ތި ވިއްކާލީ. އެތާ 100 ބުރީގެ ޓަވަރެއް އަޅަން ޕްލޭންކޮށްފަ އޮއްވާ.
ޢަރުތަ
30 October 2025
"ކޯޓުން ވަނީ އައިއޭސް އިން މި ބިމަށް ފައިސާ ދައްކާ ހަލާސްކޮށްފައި ވާތީ އަދި އެ ބިމުގެ މިލްކުވެރިކަމާ މެދު އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނެތުމުން ބިމުގެ މިލްކުވެރިކަން އައިއޭއެސް އަށް ލިބިފައިވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފަ އެވެ". އެޗްޑީސީގެ އިހުތިސާސުގަ ހިމެނޭ ހުރިހާ ބިމެއްވެސް ވިއްކާފަ ހުރީ ކޯޓަށް ގޮސް ގެން، ބިމުގެ މިލްކުވެރިކަމާމެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނެތްކަމަށް ނިންމީމަތޯ.
ދިވެހިނގެރާއޖެ
30 October 2025
ދެން ތި ފާއިސާ ތަކަށް ވާނުވާ ނޭންގޭނެ.
ލަކީ
30 October 2025
ޙެހެ އެއްވެސް އިލާނެއް ކުރިތޯ ކުރިން ޝަކުވާހުށަހަޅަން
އެކަލޯ1
30 October 2025
100 × 125 ފޫޓްގެ ބިމަކަށް 49 މިލިޔަން ބޮޑެއްނޫން
ދެރަ
30 October 2025
ކެމްޕެއިނަށް ހޯދާ ރުފިޔާ، ތަންތާ ވެރިން ބަދަލު ކުރަނީ މިކަންކަމަށް މަގު ފަހޮ ކުރަން
ކަޓު މަޓު
30 October 2025
ކޮންބަޔަކަށް ބާ ކަޓު ލިބުނީ
ޢަރުތަ
30 October 2025
އަބަދުވެސް ބޮޑު ގެއްލުމުގަ ހިންގާ ކުންފުންޏެއް ކަމަށް އަހަރީ ޖަލްސާގަ ބުނަނީ.
އޮނަރަބްލް އަފީފު ދީދީ
30 October 2025
ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އުފުލާ އެންމެގިނަ ދަތުރުކުރާ ސްރީލަންކަން، އެމިރޭޓްސް، ޤަޓަރ އެއަރލައިންސް އަށް ވުރެން ބާމަތިފުޅާ އެންމެ ބޯޓް ގަނޑަކާއި (އެވެސް ނުއަގުގައި މާލޭ މީހުނަށް ޓިކެޓް ވިއްކައި ދަތުރު ކުރަނީ އިންޑިޔާގެ މަންޒިލް ތަކަށް) ރަނުގެއަގުގައި ޑޮމެސްޓިކް ދަތުރުކުރާ (ޑިލޭވުމާއި ކެންސަލް ކުރުމުގެ ހައްދު ފަހަނަޅާފައި އޮންނަ ބައެއް) މިމީހުންގެ ޙަރަދާއި، އޮފީސްތަކާއި ބިންތައް އެތައްގުނައެއް އިތުރު. ސާބަހޭ އެންޑީ އާއި މެނޭޖްމަންޓް.
ބޮއްކުރާބެ
30 October 2025
އެކަމަކު ދަރަނީގަޔޯ ކުންފުނި ފެށުނީއްސުރެ ހިންގަނީ