ޒަހްރާން މަމްދާނީ: އޭނާ ނިއު ޔޯކްގެ މޭޔަރުކަމަށް ހޮވައިފި ނަމަ އެ ސިޓީއަށް ފެޑެރަލް ފަންޑު މަދުކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
04 ނޮވެމްބަރ 2025 - 07:09
އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވޭ ޒަހްރާން މަމްދާނީ އިންތިހާބުކޮށްފި ނަމަ ފެޑެރަލް ސަރުކާރުން ނިއު ޔޯކަށް ދޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ދަތިކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވައިފި އެވެ.
"މަމްދާނީ ކާމިޔާބުކޮށްފި ނަމަ ފެޑެރަލް ފަންޑުން، ދޭންޖެހޭ ފައިސާއިން ކޮންމެހެން ދޭންޖެހޭ، ކުޑަ ފައިސާކޮޅެއް ނޫނީ ނިއު ޔޯކަށް ދިނުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް،" އިންތިހާބުގެ ވޯޓުލުން ފަށަން ތައްޔާރުވެފައި ވަނިކޮށް ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ އާއި ގާޑިއަން އެންޖެލްސްގެ ބާނީ އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ އަށް ވުރެ، 34 އަހަރުގެ މަމްދާނީ އުޅުއްވަނީ މޭޔަރުކަމުގެ ރޭހުގައި މާ ކުރީގަ އެވެ.
"ރިއަލްކްލިއާ ޕޮލިޓިކްސް" ގެ ޕޯލްތަކުން ދައްކާ ގޮތުގައި މަމްދާނީ 45.8 ޕަސެންޓުން ލީޑުކުރައްވާއިރު، ކުއޯމޯ އަށް ވުރެ އިތުރަށް އޮތް 14.7 ޕޮއިންޓު ލީޑު ގެންދަނީ ދަމަހައްޓަމުންނެވެ.
ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީއަށް އާދަޔާ ހިލާފް ކުއްލި މަޝްހޫރުކަމަކާއި މަގުބޫލުކަމެއް ވަނީ ލިބިފަ އެވެ.
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.
މޭޔަރުކަމުގެ ރޭހަށް މަމްދާނީ ނުކުންނެވި ހިސާބުން ފެށިގެން ޓްރަމްޕާއި އޭނާގެ ޓީމުން ގެންދަނީ މަމްދާނީއަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކޮށް ބަހުގެ ހަމަލާތައް ދެމުންނެވެ.
އިންތިހާބުގެ ވޯޓުލުން ފަށާނީ އެމެރިކާއަށް މި މަހުގެ 4 ވަނަ ދުވަހު ހެނދުނު 6:00 ގަ އެވެ. އެއީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:00 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިއަލިސްޓް
05 November 2025
ތީ އިންޑިޔާ މީހެއް! ބައްޕަ ވެސް މަންމ ވެސް އިންޑިޔާ ދަރިކޮޅު! ޔޫގެންޑަ ގަ އުޅުނަސް ބައްޕަ އަކީ ގުޖުރާތު މުސްލިމެއް
ނަމެއް
04 November 2025
ދުނިޔޭގެ ކޮންމެތަނެއްގަހުރި މުސްލިމަކަށް ކުރިއެރުމެއް ލިބޭނަމަވެސް އެމެރިކާއާ އިޒްރޭލުން އެކަމަކާ ނުރުހި ފިޔަވަޅުއަޅާ. އެކަމަކު ގަލްފުގެ އަރަބިންނަށް ލިބޭހާ ފައިސާއެއްހެން ހަރަދުކުރަނީ އެމީހުންނަށް.
އަރީކާ
04 November 2025
މިތާވެސް ފައްކާ ކުރަނީ މި މިކަންތައް. ކާކުތަ ބިރުން އުޅެނީ ބޯރަތްބެ ދެކެ.
ހަމަ ހެވެނީ
04 November 2025
ޑިމޮކުރޮސީ، ހިއުމަން ރައިޓުސް އަކީ ކޮބާކަން މިހާރު ދިވެހި ރައްޔިތުންނަށް ފަހުމްވާނެ ކަމަށް ހީކުރަން!!
ހުމާ
04 November 2025
ޑިމޮކުރަސީ ދޮންވެ ފައްކާ ވެގެން ބިންމައްޗަށް ވެއްޓެނީ އެންނު. ހަހަހަ. ކުރިން އަހަރެމެންނަށް މި ކުޅިވަރު ކިޔާ ދޭން އުޅުން މި ދޮން މީހުން.
1828
04 November 2025
މިއީ ޑިމޮކުރަސީ އެންމެ ފައްކާވެފައި ޤައުމުގެ ހާލަތު. ރައްޔިތުންގެ ވޯޓުން ވަކި މީހަކު ހޮވިއްޖެއްޔަ، އެ ސިޓީއަކަށް މައިސަރުކާރުން ދޭންޖެހޭ ފައިސާނުދޭނަކަމަަށް އެބުނަނީ އެ ޤައުމުގެ ރައީސް. ކޮންފަދަ ފުރާފުރިހަމަވެފައިވާ ޑިމޮކުރަސީއެއް ތޯ މިއީ؟
ވޮޗްމޭން
04 November 2025
ޑިމޮކްރެސީ ދަސްމިކުރަނީ ރާއްޖެއިން އައްޑޫ ސިޓީ ކައުންސިލް އަބަދުވެސް އެމްޑީޕީ މެޖޯރިޓީ އަދި އެމްޑީޕީ މޭޔަރެއް ހުރުމުން އެމްޑިޕީ ސަރުކާރެއްގައި ނޫނީ ކަމެއް ނުވޭ. އަދި ހަމަ އެގޮތަށް މޭޔަރު މުއިއްޒު ކަމުގައި މާލޭ ސިޓީ ކައުންސިލްއަށް ވެސް ލިބެންޖެހޭ އެއްބާރުލުން އެމްޑީޕީ ސަރުކާރަކުން ނުދޭ.
ޖަލީލީ
04 November 2025
މިހިރީ ޑިމޮކުރަސީގެ ދޮން މަންމައިގެ ހާލަތު. ރައްޔިތުންގެ އަގުލަބިއްޔަތުން ވަކި މީހަކު ހޮވައިފި ނަމަ އެބުނަނީ ރައްޔިތުންނަށް ދަތި ކުރާނެ ވާހަކަ.
ބަވސސވ
04 November 2025
ޑެމޮކުރަސީގެ ލާމަސީލު މިފެންނަނީ. އެމީހުްނކޮށްފިއްޔާ އެއީ ހައްގު. ވެނެޒުއޭލާއަށް ހަމަލާ އެދެނީވެސް އެހެން. އަމިއްލައަށް ހުއްދަކޮށްގެން. ޑއމޮކުރަސީގެ ކާފަ
ޢަލީ ބަލީ
04 November 2025
ޑިމޮކްރަސީގެ އައްޕަ ދައްކާ ރިވެތި މިސާލު