އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ނިއު ޔޯކްގެ މޭޔަރުކަމަށް ޒަހްރާން މަމްދާނީ ހޮވުމުން ގައުމުގެ ސިޔާދަތު ގެއްލިއްޖެ ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
06 ނޮވެމްބަރ 2025 - 06:42
ނިއު ޔޯކުގެ މޭޔަރު ކަމަށް، ވާތުފިޔައިގެ ފިކުރުގެ ޒަހްރާން މަމްދާނީ އިންތިހާބުވެވަޑައިގަތުމާ އެކު އެމެރިކާގެ ސިޔާދަތު ގެއްލިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު ވަނީ "އަޅުގަނޑުމެން އެކަމާ އުޅޭކަން" ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެހެން ވިދާޅުވީ ކޮން މާނައެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް އެއީ އެމެރިކާއަށް ހިޖަރަކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ޓްރަމްޕު ގެންގުޅުއްވާއިރު ގައުމުގެ އެންމެ ވަރުގަދަ ސިޓީގެ ވެރިކަން ހިޖުރަވެރިއަކަށް ލިބުމާ ގުޅުވައި ވިދާޅުވި އެއްޗެއް ކަމަށް ބެލެވެ އެވެ.
ޓްރަމްޕު ވިދާޅުވީ މަމްދާނީގެ މޭޔަރުކަމުގައި، އެމެރިކާގެ އެންމެ ބޮޑު ސިޓީ ކޮމިއުނިސްޓު ސިޓީއަކަށް ބަދަލުވާނެ ކަމަށެވެ.
އެމެރިކާއަށް ހިޖުރަކުރި، ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީގެ ކާމިޔާބީއަށް ފަހު ޓްރަމްޕު ދެއްވި ތަގުރީރެއްގައި ވިދާޅުވީ ނިއު ޔޯކްގެ ކޮމިއުނިޒަމަށް ފިލަންދާ މީހުންނަށް ހިމާޔަތް ލިބޭ ސިޓީއަކަށް ދެން ވާނީ ފްލޮރިޑާ ކަމަށެވެ.
"އެމެރިކާ ރައްޔިތުން ގޮތެއް ނިންމުމުގައި ވަކި މިއަށްވުރެ ސާފުކޮށް ހަގީގަތް ފެންނާކަށް ނެތް. މިއީ ކޮމިއުނިޒަމާއި ހަމަ ބުއްދީގެ ތެރެއިން ގޮތެއް އިހްތިޔާރުކުރުން،" ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކުރައްވައި ޓްރަމްޕު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިތާ އެއް އަހަރު ފުރުމާ ދިމާކޮށް ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.
"އެންމެން ގުޅިގެން، އަހަރުމެން އިގްތިސާދު ސަލާމަތްކޮށް، މިނިވަންކަން ހޯދީ މިދިޔަ ހިތްގައިމު 365 ދުވަސް ކުރިން މި ރޭ،" ޓްރަމްޕްގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ނިއު ޔޯކްގައި ދިރިއުޅުމުގެ ހަަރަދުތައް ކުޑަކޮށް، ބައެއް އާންމު ހިދުމަތްތައް ހިލޭ ދިން ފަދަ ވައުދުތަކާ އެކު ވަޑައިގެންނެވި މަމްދާނީއަށް ރައްދުކުރައްވައި ޓްރަމްޕު ވިދާޅުވީ ނިއު ޔޯކްގެ ހޮވުމަކީ އިގްތިސާދީ ކާރިސާއެއް ކަމަށެވެ.
މަމްދާނީ އިންތިހާބު ކާމިޔާބުކުރެއްވީ ޓްރަމްޕާއި އޭނާގެ އެކުވެރި މަހުޖަނުންގެ ވަރުގަދަ ނުފޫޒުތަކާ ދެކޮޅަށް ވާދަކުރައްވަ އެވެ. ކާމިޔާބީއަށް ފަހު މަމްދާނީ ދެއްވި ތަގުރީރުގައި ޓްރަމްޕަށް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފަ އެވެ. ޓްރަމްޕު ވެސް ނިސްބަތްވާ ސްޓޭޓް ކަމަށްވާ ނިއު ޔޯކުން ޓްރަމްޕުގެ ފިކުރާ ދެކޮޅަށް ތެދުވެ މި ދައްކައިދިނީ ޓްރަމްޕު ބަލިކުރާނެ ގޮތް ކަމަށް މަމްދާނީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޯކަރު
08 November 2025
ކަލޭމެންގެ ހިޔަޅުކަން ކަލޭމެންގެ ރައްޔިތުންވެސް ގަބޫލްކުރަން ފެށީ، ކަލޭމެން ހިތުން ދުނިޔެއަކީ ކަލޭމެން ބޭނުން ގޮތަކަށް ކުޅެވޭނެ ފިލްމެއް.
ގަވަޗސ
06 November 2025
ޑިމެކުރަސީގެ ނަމޫނާ ބަލައިގެން ކުރިޔަށްދޭ. ބޮޑެތިން ބޭނުންވާ ކަމެއް ކުރަންވީމައި ކުރާނެ. ގާނޫނަށް ފައިން އަރައިފަވެސް ގޮވާނެ ޑެމޮކުރަސީ ނަގަހައްޓްނީޔޭ.
ފޫހި
06 November 2025
އެމެރިކާގެ ސިޔާދަތު އޮތީ އިޒްރާއީލްގެ ބަޑުގައި
މަހަށްދޭދޭބަލަ
06 November 2025
އެމެރިކާ ގެ ރައީސް ޓްރަމްޕް ހޭރި ހޭރި ހުންނަން ޖެހޭނީ މުސްލިމުންގެ ބާރު ދުނިޔޭގައި ދެން ގަދަވަމުންދާނީ ކުރިއަށް އޮތް 40 އަހަރު އެއަށް ފަހު އަނެއްކާ މުސްލިމުންގެ ބާރު ދުނިޔޭން ދާނެއޭ ޓްރަމްޕަށް އަދި ވެސް ހުރީ ބޮޑެތި ނާކާމިޔާބީ އާއި ކުރިމަތިލުން ތައް ޓްރަމްޕް ހަތިޔާރަކަށް ޓެރިފް ސިޔާސަތު ހަދައިގެން އުޅުމުގެ ނަތީޖާ އަކީ އެމެރިކާގެ އިންފްލޭޝަން އަތް ނުފޯރާ ފަށަށް ދިއުމޭ ޓްރަމްޕް މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ...
މުލޭ
06 November 2025
ޓުރަމްޕަކީ ބޯހަމަޖެހޭ މީހެއްނޫން. އިއްޔެ ދެއްކި ވާހަކަ މިއަދު ހަނދާން ނުހުންނާނެ. ޓުރަމްޕަކީ ހަރުކަށި ފިކުރުގެ މީހެއް.