ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ބޯޓު ސިފައިންގެ ޑްރޯން އިން ލޮކޭޓްކޮށްފައި.
07 ނޮވެމްބަރ 2025 - 13:58
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ޑްރޯންގެ އެހީގައި ހޯދައި، ހުއްޓުވައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އެ ބޯޓު ފެނިފައިވާ ކަމަށެވެ.
ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް، އެ ބޯޓާ ގުޅޭ އިތުރު ތަފުސީލެއް ސިފައިން އަދި ނުދެ އެވެ.
އައްޑޫ ގަމުގައި އެއާ ކޯގެ ފުރަތަމަ ވައިގެ މަރުކަޒު ހުޅުވައި ރަސްމީކޮށް ހިދުމަތް ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ދިވެހި ސަރުކާރުން ތުރުކީން ގަނެފައިވާ ސަވައިލެންސް ޑްރޯންތަކުގެ އެހީގައި މި އަހަރުން ފެށިގެން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ.
ސަރުކާރުން ބުނި ގޮތުގައި، ވައިގެ މަރުކަޒު ގާއިމްކުރީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި، ދެމެހެއްޓުމަށްޓަކާ ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށެވެ.
ގަމުގައި އެއާ ކޯގެ ފުރަތަމަ ވައިގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެފަދަ ދެވަނަ މަރުކަޒެއް ށ. ފުނަދޫގައި ހުޅުވާނެ ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ގައުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ގަބޫލުކުރެވޭ ހިނދެއްގައި ކަމަށެވެ. އެހެންވެ، ރާއްޖޭގެ ވައިގެ މަރުކަޒުގެ ގާބިލުކަން އިތުރުކޮށްފި ނަމަ، ގައުމުގެ އިގްތިސާދު ވެސް ދާނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުލޯ
08 November 2025
ދެން ބޮޑު ކިއު އޮއް ޕްރޮމޯޝަން ލިސްޓްވެސް މިގޮތަށް އަވަހަށް ދީ ނިންމާލަންވިނު ދޯ!
786 ބަންބިނޯ
08 November 2025
ކޮމެންޓްތައް ކިޔާލުމުން ކޮމެންޓްކޮށްފައިވާ މީހުންގެ ފެންވަރު އެނގިގެންދޭ، ކޯސްޓްގާޑް ލޯންޗާއި އެކު ޑްރޯއިން ފޮޓޯނެގުމުން އެއީ ޑްރޯން ބޭނުންކޮށްގެން ހޯދާފައިވާ ބޯޓަކަށް ނުވާންވީ ސަބަބެއް ނޫނެވެ. ޑްރޯއިން ބޯޓްގެ ލޮކޭޝަން ފޮނުވާނީ ކޯސްޓްގާޑަށެވެ. އެއަށްފަހު ކޯސްޓްގާޑް ލޯންޗް ދަންދެންވެސް ބޯޓްގެ ހަރަކާތްތައް ޑްރޯއިން ބަލާނެއެވެ. އެހެންވީމަ ލޯންޗް އެތަނުގައި އޮއްވަ ފޮޓޯ ނެގިދާނެ ނޫންހެއްޔެވެ.
ފަހުދު.
08 November 2025
ރާއްޖެއިން ލޯޑުކުރި ޑުރަގުބޯޓުގެ ވާހަކަ ހަންދާން ނެތިއްޖެ
ލަކީ
07 November 2025
ހެހެ ބިގުމޭން ބުނިގޮތަށް މަވެސް މިބުނީ ހަމަ ހެޑިންގަ ޖަހާލީ ފޮޓޯ އެއް ހެހެ
ކުރުނބާ
07 November 2025
އަސްތާ ތިއޮތީދެން ވޯޓުލާނެވަރުގެ ކަމެއްދޯކުރެވިފަ
ފެންސު
07 November 2025
ފަހު ޕެރެގުރާފް ވަރަށް ހިތްގައިމު
އެހެންވީމަ
08 November 2025
ތަރައްގީ އެއީ ކައިރި މުސްތަގްބަލެއްގަ ލިބޭނެ އެއްޗެއް ނޫން ކަމަށް ދެއްތޮ އެބުނެވުނީ، އިންޑިއާ ހެލިކޮޕްޓަރު ފޮނުވާލާފަ އެޔަށްވުރެ ކޮލެޓީ 10 ވަރަކަށް އެތި ގެނަސް ތި އެއަރ ބައި އުފެއްދިނަމަ. ހިތުން ބޭނުންނުވިޔަސް ދުއްވަން ޖެހޭ. މީވާ ވަރަކީ. ގައުމިއްޔަތު.
ޢަރުތަ
07 November 2025
"ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ، އެ ގައުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ގަބޫލުކުރެވޭ ހިނދެއްގައި ކަމަށެވެ". ރާއްޖޭގެ ވައިގެ ބަނދަރު (ވީއައިއޭ) އަކީ ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޓެރަރިސްޓް ހަމަލާއެއް ނާންނާނެ ކަމުގެ ޔަޤީންކަން އޮތް ތަނަކަށް ވާންޖެހޭ، އެއަރޕޯރޓް ޓަމިނަލްތެރޭން މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ބިރު ދައްކާ ފައިސާ ފޭރުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން.
ރާވެރިބެ
07 November 2025
ހަމަ އެކަނި ގަވާއިދާ ޙިލާފަށް ރާއްޖެ ސަރަހައްދަށް ވަން ބޯޓެއްބާ ނުވަތަ ގާނޫނާ ޙިލާފު އަމަލެއް ހިންގަން ވަގަށް ރާއްޖޭގެ ސަރަހައްދަށް ވަން ބޯޓެއްބާ؟ ސަރުކާރުން ރައްޔިތުންނަށް ސާފު މައުލޫމާތު ދެއްވުން އެދެން.
ހިނިތުންވުން
07 November 2025
ކަނޑުގެ އެލީޓް ފޯސް އެސްބީއެސް އިން ރިއެކްޓުކުރާނެ ވަރަށް ހައްސާސު ހާލަތެއްގަ، ސިފައިން މި ހަބަރު ގެނައުމުގަ ބޭނުންކުރި ބަސްތަކާ އެސްބީއެސް އިން ރިއެކްޓު ކުރުވީމަ މީ ވަރަށް ބޮޑު ކަމެއް ކަމަށް ފެނޭ މިކަމުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަވާ
ލަކީ
07 November 2025
ހެހެ އަނެއް ކަން ކޮން ތަނަކުން ނެގި ބޯޓެއް ކޮބާ ލޮކޭޝަން
ޢަރުތަ
07 November 2025
އާނއެކޭ ތިވާހަކަ، ހިފެހެއްޓި ބޯޓުގެ އެއްވެސް މައުލޫމާތެއް ހިފެހެއްޓި ސަރަހައްދެއް ލޮކޭޝަނެއްވެސް ނެތް، ހަމަ އެކަނި ބޯޓެއްކަން އެނިމުނީ، ކޮންގައުމެއްގެ ކޮންކަހަލަ މަސައްކަތެއް ކުރާ ކިތައް މީހުން ތިބި ބޯޓެއްކަންވެސް ނޭގެ، ނޫނޭވާ ކުޅަދާނަ، ޤައުމީ ސަލާމަތަށްޓަކާ ހާމަނުކުރަނީ ތޯއްޗެ. ބޯޓުގަ ކައްކާއެއް ހުރިތަ!
ޖެޓުލީ
07 November 2025
"ދިވެހިރާއްޖެ" ޖެހުމަށްފަހު ތިތަކެތި އިފްތިތާހުކުރީ ހަނދާންވާގޮތުން ހަނިމާދޫގާ. އެއީ މިދިޔަ އަހަރު. ބޮޑުސިންގާ ހަފަލާއެއް އޮތް. އިފްތިތާހުކުރިކަމެއްނޭންގޭ އޭގެ އަނެއްދުވަހު ވަގަށްވަތް ބޯޓެއް ދަލުގާޖައްސާ އަތުލައިގަންފި. ދެން އެހެން ވަރަށް ވައިކޮށްއެވެފާ އަނެއްކާ އިއްޔެ އެހުޅުވީ ގަން އެއާކޯނެއްކަންނޭންގެ. ހުޅުވިކަމެއްނޭންގެ އަނެއްކާ އަނެކަތި އެ އަތުލައިގަތީ. ރަސްމިއްޔާތު މަދީ ބޭއްވޭލެއް. ރަސްމިއްޔާތުތައް ގިނަކޮށްގެން އަތުލެވޭވަރު އިތުކުރެވޭނީ.