ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) މިދިޔަ މެއި މަހު ސައޫދީ އަރަބިއްޔާގައި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އެކު. -- ފޮޓޯ: އޭއެފްޕީ
09 ނޮވެމްބަރ 2025 - 06:37
އެމެރިކާއިން މީގެ ކުރިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް، ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ، އެމެރިކާގެ ބްލެކްލިސްޓުން އުނިކުރިތާ އެއް ދުވަސް ފަހުން ހޮނިހިރު ދުވަހު އެމެރިކާއަށް ވަޑައިގެންފި އެވެ.
މިދިޔަ އަހަރު ބައްޝާރުލް އަސަދު ސީރިއާގެ ވެރިކަމުން ދުރުކުރި ހަނގުރާމަވެރިންގެ ލީޑަރަކަށް ހުންނެވި ޝަރާ އެމެރިކާއަށް ވަޑައިގެން، ހޯމަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕާ ވެސް ބައްދަލުކުރައްވާނެ އެވެ. މިއީ 1946 ވަނަ އަހަރު ސީރިއާއަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުގެ ރައީސަކު ވައިޓް ހައުސްއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ސީރިއާގެ ރައީސްކަމުގައި ވަގުތީ ގޮތުން ހުންނެވި ޝަރާ އެންމެ ފުރަތަމަ ޓްރަމްޕާ ބައްދަލު ކުރެއްވީ މިދިޔަ މެއި މަހު ސައުދީ އަރަބިއްޔާގެ ރިޔާޟަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.
ސީރިއާގައި ހުންނަވާ އެމެރިކާ ސަފީރު ޓޮމް ބަރަކް މި މަހު ކުރީކޮޅު ވިދާޅުވެފައިވާ ގޮތުގައި އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަގުވާމީ ކޯލިޝަންގައި ބައިވެރިވުމަށް މި ދަތުރުގައި ޝަރާ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ސީރިއާގެ ޑިޕްލޮމެޓިކް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ސީރިއާ އާއި އިޒްރޭލާ ދެމެދު ހިނގާ ކަންކަން މޮނިޓާ ކުރުމަށް އެމެރިކާ ދިމިޝްގުގެ ކައިރީގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަކީ ވެސް ބޭނުންވާ ކަމެކެވެ.
ޝަރާގެ ދަތުރުގެ ކުރިން އޭނާގެ ނަން އެމެރިކާގެ ބްލެކްލިސްޓުން ނެގުމަކީ ކުރިން ވެސް ޔަގީންވެފައިވާ ކަމެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޓޮމީ ޕިގޮޓް ވިދާޅުވި ގޮތުގައި، ގެއްލިފައިވާ އެމެރިކާ މީހުން ހޯދުމަށާއި ބާކީ ހުރި ކެމިކަލް ހަތިޔާރު ނައްތާލުމަށް އެމެރިކާއިން އެދޭ އެދުންތަކަށް ޝަރާގެ ސަރުކާރުން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
"މި ނިންމުންތައް [އެމެރިކާއިން] ބައްޝާރުލް އަސަދުގެ ވެރިކަމުގައި 50 އަހަރަށްވުރެ ދިގު މުއްދަތަކަށް އަނިޔާވެރިކަން ތަހަންމަލްކުރުމަށް ފަހު ސީރިއާގެ ލީޑާޝިޕުން ހޯދަމުން އަންނަ ކުރިއެރުންތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން،" ޕިގޮޓް ވިދާޅުވި އެވެ.
އެ ލިސްޓުން ޝަރާގެ ނަން އުނިކުރުމުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބުރަތް
09 November 2025
މި މީހާގެ ނިޔަތް ދެނެވޮޑިގެންވާނީ މާތްﷲ. މިހުރީ އިބަރަތުން ފުރިގެންވާ ކަންކަން. އެމީހުންގެ ގޮތުގައި ހިފައިފުމަށް ދާންދެން ކާފިރުން މުސްލިމުންގެ މައްޗަށް ހެޔޮ ނޭދޭނެކަމަށް ވަނީ ހަތްއުޑުމަތިން އަންގަވައިފަ. ބޭރުފުށުން ކިތައްމެ ޗާލުކަން ދެއްކިޔަސް އެތެރެ އޮންނާނީ އަނދައަނދާ.
އަލް ޖިއުލާނީ
09 November 2025
އެއީ އިޒްރާއީލާ އެމެރިކާއިން ކުޅުނު ގޭމެއް. ދުނިޔޭގެ އެކިކަންކޮޅުތަކުގަ ތިބި މުސްލިމުންގެ ބޯކާލައިގެން އެތަނަށްގެންގޮސް ބައްޝާރުގެ ވެރިކަން ވައްޓާލީ. މިހާރު ސީރިޔާގެ އެއްވެސް ބާރެއް ނެތީމަ ބިމުން ބައެއްވެސް އިޒްރޭލުން ހިފާ އެތާގަ އެމީހުން ބޭނުންގޮތަކަށް އުޅެނީ. މީގެ ސަބަބުން ރަޝިޔާއާ އީރާނުގެ ބާރު މެދުއިރުމަތިން ކަނޑުވާލާ ފަލަސްތީނުގެ އެހިންގާ ޖެނޮސައިޑް ހިންގަންވެސް އެމީހުންނަށް މާފަސޭހަ ވެއްޖެ. އެހެންވީމަ ތިމީހަކަށް އަދި އިނާމުވެސް ދޭނެ.
ސަސި
09 November 2025
ތިޔަ ބުނާ މީހަކު މި ހުރިހާ ދުވަހު އަޅަައިގެން އުޅުނު ހެދުން ބާލާ ކޮޓު ޕަޓްލޫނަށްވެސް ބަދަލު ކޮއްލީނޫ
ލަބޫބޫ
09 November 2025
ރައީސް ޓްރަންޕް ސުލްހަޔަށް ކުރާ މަސައްކަތަށް މަރުހަބާކިޔަން. ސައުދީ ވަލީއަހުދު ގެންނަވަމުންދާ ބަދަލުތަކަށްވެސް މަރުހަބާ. ދުނިޔޭގެ ސުލްހަދެމެހެއްޓުމަކީ އެންމެންގެ ޒިއްމާއެއްކަމުގައި ހަދަމާ.
ހސވސޗ
09 November 2025
ޓެެރަރިސްޓަކީ އެމީހުން ދުވަސްދުއްވާލަން ބޭނުންވާ މީހެއް ނުވަތަ ބައެއް. އެމީހުން ކިތަންމެ އިންސާނިއްޔަތާ ޚިލާފުކަމެއްކުރިޔަސް އެ ނުވާނެ ޓެރަރިސަޓަކށްވެސް އަދި ގޯސްކަމަކަށްވެސް. މީ ޑެމޮކުެަސީގެ އަސްލު