ބަޖެޓް 2026 ފޮތް. އަންނަ އަހަރު ބަޖެޓު ފައިނޭންސިންއަށް 21 ބިލިއަން ރުފިޔާ ހޯދަން ޖެހޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު
09 ނޮވެމްބަރ 2025 - 16:19
އަންނަ އަހަރު ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އިރު ދަރަނީގެ ދެމެހެއްޓެނިވިކަން ކުޑަވެ، ކްރެޑިޓް ރޭޓިން ދަށްވެފައިވުމުން، ކޮންސެޝަލް ޓާމްސްގައި ނުވަތަ އެކަށީގެންވާ ދަށް އިންޓްރެސްޓް ރޭޓުތަކުގައި ބޭރުގެ ފަރާތްތަކުން އަދި ބޭރުގެ މާލީ ބާޒާރުން ފައިސާ ހޯދަން ދަތިވާނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލިޔުމުން ފޮނުވި ލަފާގައިވާ ގޮތުން، ބޭރުގެ ދަރަނި ދެއްކުމަށް ވަރަށް ބޮޑު ހޭދައެއް އެ އަހަރު ކުރަން ޖެހޭ އިރު، ދަރަނި ރިފައިނޭންސް ކުރުމަށް ބަޖެޓް ސަޕޯޓަށް ބޭރުގެ މާލީ ބާޒާރުން އަދި އެހެން ފަރާތްތަކުން ބޮޑެތި އަދަދުތަކެއް ދަރަނީގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ސަބަބުތަކާ ހެދި، ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޮޑުވާނެ ކަމަށް އެ ލަފާގައި ފާހަގަކޮށްފައިވެ އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު ސަލީމު -- ފޮޓޯ: ނިޝާން އަލީ / މިހާރު
"ދަރަނީގެ އިންޓްރަސްޓް ހަރަދު ކުޑަކުރުމުގެ ގޮތުން، ބަޖެޓް ޑެފިސިޓްވާ މިންވަރު ކުޑަކޮށް، ދަރަނި ނަގަންޖެހޭ މިންވަރު ދަށްކުރަންޖެހޭ ކަމާއި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒުކޮށްގެން، ދަރަނީގެ ހިރާސްތައް ކުޑަކުރުމުގެ މަސައްކަތް ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކުރަމެވެ،" އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާގައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.
ބަޖެޓް ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ޖުމުލަ 16,8 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، ބަޖެޓް ސަޕޯޓް ލޯން އަދި ބޮންޑް/ސުކޫކް ވިއްކައިގެން ހޯދުމަށް ހުށަހަޅާ 14 ބިލިއަން ރުފިޔާގެ ބޮޑުބައެއް އޭޕްރީލް މަހުގައި ދައްކަން ޖެހެ އެވެ.
އަންނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާކުރަނީ 159 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 128 ޕަސެންޓެވެ. މިއަހަރު ނިމޭ އިރު އެ އަދަދު ހުންނާނެ ކަމަށް ލަފާކުރަނީ 158 ބިލިއަން ރުފިޔާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒައީންަ
10 November 2025
އިންޓްރެސްޓް އެއީ ހަރާން އެއްޗެކޯ އެބަ ކިޔާ ހުކުރު ހުތުބާގަ އެކަމަމު %100 އިސްލާމީ ޤައުމުން މި ނަގަނީ އިންޓްރެސްޓް އާއި އެކު ލޯނު؟ ކިހިނެއް މި ހަމަޖެހެނީ؟
ޖޖޖޖ
09 November 2025
ކޮންމެ ކޮމިޝަނަކަށް 5 މެންބަރުން ލަނީ ކީއްކުރަންތަ؟ 1 މެންބަރަކީ ހުއްޓަސް ވާނެ. 5 މެންބަރު ތިއްބަސް އެންމެ މެންބަރެއް ހިންގަަނީ. ދެން ތިބޭނީ ކޯރަސް. އެއް އަޑަކުން ތާއީދު ތާއީދު ބުނީމަ އެ ނިމުނީ.
ޖޖޖޖ
09 November 2025
އިމާރާތާ ޑުޕްލިކޭޓް މަގާމުތައް އިންތިހާ ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ކުދިކުދި ކޮމިޝަންތައް އެއްކޮށްލާ މަސައްކަތް އެއް ފުރާޅެއްގެ ދަށުން ކުރެވޭގޮތް ހަދައިފިނަމަ މުސާރައާއި އިންޝޫރަންސްއާ ކުލީގެ ޚަރަދު އެތައް ގުނައެއް ކުޑަވެގެން ދާނެ.
މެދުއިރުމަތި އެފްރިކާ އެއްކޮށް ކައި ހުސްކުރަނީ
09 November 2025
އެފްރިކާގެ ކުދި ބަޔެއް ގައުމުތަށް އަމިއްލަ ފައިމައްޗަށް އެތެދުވާ ގޮތް ބަލާބަލަ. ހުޅަނގުގެ ޕަޕެޓަކަށްވެގެން މިކަންކަން ނުވާނެ. އެމީހުން އެހެންމީހުނަކަށް ހެވެއް ނޭދޭނެ.