ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ހާއްސަ މަންދޫބު އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނައިޑޫ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރޭ ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
10 ނޮވެމްބަރ 2025 - 00:15
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން އިންޑިއާ ތައްޔާރަށް އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށް އެ ގައުމުގެ ސިވލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަފޫ ރާމް މޯހަން ނައިޑޫ ރޭ ވިދާޅުވެއްޖެ އެވެ،
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ބޮޑު ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުން ރާއްޖެ ވަޑައިގެންނެވި ނައިޑޫ ވިދާޅުވީ، އެ އެއާޕޯޓުގެ ސަބަބުން އުތުރު އިންޑިއާ އަށާއި ދުނިޔެ އަށް އިތުރަށް ރާއްޖެ ހުޅުވާލަ ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ދެން ވާނީ ކުރިއެރުމާއި ފާގަތިކަމުގެ ހަބަކަށެވެ.
މިހާރު އުތުރުގައި އޮތް އެންމެ ބޮޑު އެއާޕޯޓު އަލުން ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ނައިޑޫ ވިދާޅުވީ، އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ހާއްސަ މަޝްރޫއު ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން އިންޑިއާ އިން ތައްޔާރަށް އޮތް މިންވަރު ދައްކައިދޭ މަޝްރޫއުއެއް ކަމަށް ވިދާޅުވި އެވެ.
އެ އެއާޕޯޓުގައި އެންމަޑިއެއްގެ ބައްޓަމަށް ފަރުމާ ކޮށްފައިވާ ޓާމިނަލަކީ "އާކިޓެކްޓަރަލް މާވެލް" އެއް ކަމަށް ވެސް ނައިޑޫ ސިފަކުރެއްވި އެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ހާއްސަ މަންދޫބު އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނައިޑޫ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރޭ ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑަށް ޔަގީން ހަނިމާދޫ އެއާޕޯޓުން ދިވެހިރާއްޖޭގެ އުތުރު އިންޑިއާ އަށާއި މުޅި ދުނިޔެ އަށް އިތުރަށް ހުޅުވާލަދޭނެކަން. އަދި އެއީ އެކަކު އަނެކަކާ ބައްދަލުވާ، އުފާފާގަތިކަމާއި ކުރިއެރުމުގެ ހަބަކަށް ވާނެކަން ވެސް ޔަގީން،" ނައިޑޫ ވިދާޅުވި އެވެ.
އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޖާގައާ އެކު، ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ސަބަބުން، އިންވެސްޓަރުންގެ އިތުބާރު ލިބި، ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ކުރިއަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި ހަނިމާދު އާއި އުތުރުގެ އަތޮޅުތަކުގެ މަސްވެރިކަމުގެ އިންޑަސްޓްރީ އަށް ވެސް މި އެއާޕޯޓުގެ ފައިދާކުރާނެ،" ނައިޑޫ ވިދާޅުވި އެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި، އެއީ ހަނިމާދޫގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުން ފުޅާ ދާއިރާއެއްގައި ނަފާވާނެ ކަމެކެވެ.
ނައިޑޫ ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަކީ ހަމައެކަނި އުމްރާނީ ގޮތުން ލިބުނު ކުރިއެރުމެއް ގޮތުގައި ދެކެވަޑައިގެންނެވުމުގެ ބަދަލުގައި އޭނާ ގަބޫލު ކުރައްވަނީ އެއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"މި ހިނދުކޮޅަކީ އަޅުގަނޑުމެން ދެ ގައުމު ހިއްސާކުރާ ތަސައްވުރުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި އެކުވެރިކަމާއި އިތުބާރާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ތަސައްވުރެކެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ސިވިލްއޭވިއޭޝަން މިނިސްޓަރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރޭ ހުޅުުއްވައި ދެއްވަނީ. ފޮޓޯ: ނިޝާން އަލީ| މިހާރު
"މިކަން އިތުރަށް ހާއްސަ ވަނީ މިއީ އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުނު އަހަރަށް މި އަހަރު ވާތީ،" ނައިޑޫ ވިދާޅުވި އެވެ.
ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ތާރީހާއި ސަގާފަތުގެ ތެރެއިން ގުޅިފައިވާ ވަރުގަދަ ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންނާއި އިންޑިއާގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ ވަރުގަދަ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ދެ ގައުމުގެ ލީޑަރުން މި ފަހުން ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ގުޅުމަށް އިތުރު ދިރުމެއް ލިބުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ލީޑަޝިޕްގައި ދެ ގައުމުގެ ބައިލެޓަރަލް ގުޅުން ވަނީ ހަގީގީ މަލްޓި ޑައިމެންޝަނަލް ގުޅުމަކަށް ބަދަލުވެފައި ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް ނައިޑޫ ތައުރީފު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް އިތުރު ދިރުމެއް ލިބުނީ މޯދީގެ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އިންނެވެ.
މި ހިނދުކޮޅަކީ އަޅުގަނޑުމެން ދެ ގައުމު ހިއްސާކުރާ ތަސައްވުރުގެ ހެއްކެއް،"--- ނައިޑޫ
،އިންޑިއާގެ ލޯނު އެހީގައި އަލުން ތަރައްގީކުރި ހަނިމާދޫ އެއާޕޯޓަކީ މި ވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީ ކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.
އެ އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަކީލްް
10 November 2025
ކުރެހުންތަކުން ފެނުނު އިމާތާރާއި ހަދާނިމުނުއިރު ހުރި އިމާރާތް ތަފާތުތަކެއް ފާހަގަ ކުރެވެއެވެ. ކުރެހުމުގައި ހުރީ ތަންކޮޅެއް ފަލަ ހޮޅި ބޭނުންކޮށް މަތިވަޑާން ހަދާފަ ހުރި ތަނެވެ. އަދި ކުރެހުންތަކުން މަންތާ ސިފަކޮށްދޭ ދިނުންވެސް މާރީއްޗެވެ.
އައްބެ
10 November 2025
މަށަށް ވަރަށް ހަޑި ތިޔަ ޑިޒައިން. ކޮންމެ ސަރުކާރަކުން ކުރިކަމުގައިވިޔަސް ރައްޔިތުންގެ ނަމުގައި ދަރަނި ނަގައިގެން މިއަށްވުރެ ރަނގަޅު ޑިޒައިނަކަށް މިތަން ހެދެންވާނެ.
އޮނަރަބްލް އަފީފު ދީދީ
10 November 2025
ނިކަން ވިސްނަބަލަ. ކ.އަތޮޅު މާލޭ އެއަރޕޯޓް ނަގާފައި ރާއްޖޭގެ އުތުރާއި ދެކުނުގައި އޮތް ދައުލަތުގެ ބައިލަން އަޤުވާމީ 2 އެއަރޕޯޓް ކަމަށްވާ ރާއްޖޭގެ އެންމެ ފުރަތަމަ އެއަރޕޯޓް އައްޑޫ GAN International Airport އާއި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކޮށް ކ.އަތޮޅު މާލެއަށް ނުގޮސް މިތަންތަނުން ފުރައިގެން އައިސް ގޮސް ވުމަށް ބޭނުންވާ ތަރައްޤީގެ އެއްވެސް ކަމެއް މާލޭސަރުކާރުން ކޮށްނުދީ ތިއްބާ އެންމެފަހުން މިވަރު ކޮށްދިނީވެސް ދިއްލީ ސަރުކާރުން. ޝުކުރިއްޔާ މޯޑީ.
ރެދަން
10 November 2025
ޝުކުރިއްޔާ ދިއްލީ ސަރުކާރު
އޮނަރަބްލް އަފީފު ދީދީ
10 November 2025
މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރާންތިބި އެރަށު މީހުންގެ މަސްލަޙަތަށް ވިސްނައިގެން އައްޑޫ GAN International Airport ގައިވެސް "މަރުތަޅު" އަޅުވައިގެން ތިބޭތާ 60 އަހަރު ފަހުން އިންޑިޔާ ސަރުކާރު އިސްނަގައިގެން އިންޑިޔާ އިން ލޯނުދީގެން އައްޑޫ އެއަރޕޯޓް އަނެއްކާ ދުނިޔެއާއި ގުޅާލަން ކުރަންޖެހޭ ތަރައްޤީގެ މަސައްކަތް ވެސް ބާރު މިނުގައި ކުރިއަށް އެބަދޭ. އިރާދަ ކުރެއްވިއްޔާ GAN International Airport ހުޅުވާއިރު އިންޑިގޯ ގެ ޝެޑިއުލް ދަތުރު ފައްޓާނެ.
ޝުކުރުގެ އާދޭސް
10 November 2025
ރ ސޯލިހު އ ޝާހިދު އަދި އަޅުގަނޱުމެންގެ ލޮބްވެތި އމޕ ޤަފޫރު ތިޔަބޭފުޅުންނަށް ކިތަންމެ ގިނައިން ޝުކުރުދެންނެވިއަސް އަގުއަދާނުކުރެވޭނެ. ކިތަންމެ ރުޅިއަޔަސް މިނޭފުޅުންނަކީ މިކަމުގެ މުގުލުގަ ތިއްބެވި ބޭފުޅުން ޝުކުރިއްޔާ. ވަރިހަމަ ކިތަންމެ ގިނައިން ބަޓަނައްފިތިއަސް އޮންނާނީ ތާރީޙް ފޮތުން ޖާގަ ހޯދާފަ.
އޮނަރަބްލް އަފީފު ދީދީ
10 November 2025
ބައިނަލްއަޤުވާމީ ދަތުރުތަކަށް އައްޑޫ GAN International Airport ފައްކާވެ އައްޑޫ އެއަރޕޯޓަކީ ސައުތު އޭޝިޔާގެ Changi Airport ފަދަ ތަނަކަށް ހަދާ މި އެއަރޕޯޓަކީ ދުނިޔޭގެ 4 ބައްރު ގުޅުވާލަދޭނެ އެވިއޭޝަން ހަބަކަށް ވުމުގެ އުއްމީދުގައި އައްޑޫ ރައްޔިތުންތިއްބާ މިކަމަށް ހުރަސްއެޅޭފަދަ ގޮތަކަށް އަނެއްކާވެސް އަމަލުކޮށް ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މާލޭސަރުކާރުން Military Air Foce Base އިހައްދުވަހު ޤާއިމްކޮށް އައްޑޫސިޓީ ރައްޔިތުންގެ އުއްމީދު ނަގާލައިފި.
މުއިޒް ފޮއެވާ
10 November 2025
އިންޑިޔާ އޮތީ ރާއްޖޭގެ އަޅުވެތިކަމުގެ ދަށުގައި އެހެންވެތާ ރާއްޖޭގެ ތަންތަން އެމީހުން އެ ހަދަން ޖެހެނީ! ޝުކުރިއްޔާ ރައީސް މުއަޒް
އޮނަރަބްލް އަފީފު ދީދީ
10 November 2025
އަހަރަކު 50 މިލިޔަން އިންޑިޔާމީހުން ޤައުމުންބޭރަށް ޗުއްޓީ ހަދަންދޭ. ކުރޫޒަރ ލައިނާރ ޓާމިނަލް ތަރައްޤީކުރަމުންދާ، ކޮޗިން އަކީ ދިއްލީސަރުކާރުން އެޑިއުކޭޝަނަލް ޓްއަރިޒަމް އާއި Medical Tourism ގެ މަންޒިލެއްގެ ގޮތަށް ތަރައްޤީކުރަމުން އަންނަ ތަނެއް. އިންޑިޔާގެ ލޭންޑް މާކެއްގެ ގޮތުގައި ކަޑައަޅާ ފެންވަރަށް ކޮޗިންގ އެއަރޕޯޓްގެ 3 ވަނަ ޓާމިނަލް މިހާރުދަނީ ތަރައްޤީ ކުރަމުން. އެހެންކަމުން IndiGo ގެ ޝެޑިއުލް ދަތުރު ފެއްޓޭތޯ ކައުންސިލުން މަސައްކަތް ކުރަންޖެހޭ.
އެނގޭ
10 November 2025
އިންޑިޔާ ކަނޑު ރާއްޖެ ކަނޑަށް ބަދަލުކުރުން ޖެހޭ.