މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދަން ވެހިކަލަށް އަރުވަނީ. --ފޮޓޯ: ރާއްޖެޑޮޓްއެމްވީ
30 މާޗް 2017 - 12:01
ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ ފިރިހެނަކު ލ. ފޮނަދޫގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބިދޭސީ މީހާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ރަށުގެ އަތިރިމަތީގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ސަރަހައްދު ބަންދުކޮށް، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ކައުންސިލުން ބުނިގޮތުގައި އެ މީހާ އަކީ އެ ރަށުގެ އަމިއްލަ މީހަކު ކޮންސްޓްރަކްޝަން މަސައްކަތަށް ގެނައި މީހެކެވެ. އޭނާ ފޮނަދޫގައި ދިރިއުޅޭތާ ވަރަަށް ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތުހަކުރު އަލީ
30 March 2017
ވަރައް ދެރަކަމެއް ގޮތްނޭގޭ އެތައްމަރު ހާދިސާތައް ގިގާއިރު ތައުގީގު ކުރާޙާ ގަބިލުކަންހުރި މުއައްސަސާއެއް ގައުމުގައި ނެތީމަ!