ެެއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އާއި ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ އޯވަލް އޮފީހުގައި ބައްދަލުކުރައްވަނީ: މި ބައްދަލުކުރެއްވުމަށް ފަހު ސީރިއާއިން ވަނީ އައިސިސްއާ ދެކޮޅު ކޯލިޝަނުގައި ބައިވެރިވާން ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
11 ނޮވެމްބަރ 2025 - 13:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާ ވައިޓް ހައުސްގައި ބޭއްވެވި ތާރީހީ މަޝްވަރާތަކަށް ފަހު އައިއެސްއާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯލިޝަންގައި ސީރިއާ ބައިވެރިވާން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
ސީރިއާގައި އޮތް، ބައްޝާރުލް އަސަދުގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައި ހަނގުރާމަވެރިންގެ ލީޑަރު ޝަރާ އަކީ 1946 ވަނަ އަހަރު ސީރިއާއަށް މިނިވަންކަން ލިބުނު ފަހުން ވައިޓް ހައުސް އަށް ވަޑައިގަތް ސީރިއާގެ ފުރަތަމަ ލީޑަރެވެ.
ނަމަވެސް އުމުރުން 43 އަހަރުގެ ޝަރާ އޯވަލް އޮފީހަށް ވަޑައިގަތީ އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުން އުނިކުރިތާ ދެތިން ދުވަސް ފަހުންނެވެ.
ޝަރާގެ ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އަކީ އަލްގައިދާއާ ގުޅުން ހުރި ޖަމާއަތެކެވެ.
"މި ދަތުރުފުޅުގައި ސީރިއާ އިން ވަނީ އައިސިސް ނައްތާލުމަށް މަސައްކަތްކުރާ ގްލޯބަލް ކޯލިޝަންގައި ބައިވެރިވާން ނިންމާފައިވާކަން ހާމަކުރައްވާފައި،" އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އައިސިސް ބަލިކުރުމަށާއި އެ ޖަމާއަތާ އެކި ގައުމުތަކުން ގުޅޭ ހަނގުރާމަވެރިން ހުއްޓުވުމާ ގުޅޭ ގޮތުން މަސައްކަތްކުރާ ކޯލިޝަންގައި ސީރިއާ ބައިވެރިވުމާ އެކު، މެންބަރުންގެ އަދަދު 90 އަށް އެރީ އެވެ.
އޮފިޝަލް ވިދާޅުވީ އެމެރިކާއާ އެކު ސިޔާސީ ގުޅުންތައް ގާއިމުކޮށް ޓެރަރިޒަމާ ދެކޮޅު މަސައްކަތް ފުޅާކުރުމަށާއި ސަލާމަތީ އަދި އިގްތިސާދީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ވެސް ސީރިއާ އަށް ދޭނެ ކަމަށެވެ.
ބައްދަލުވުމުގައި ޓްރަމްޕު ވަނީ ޒަމާންވީ ދާހިލީ ހަނގުރާމައަށް ފަހު ސީރިއާ އަކީ ވަރަށް ކާމިޔާބު ގައުމަކަށް ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެލޯ
11 November 2025
އައިސިސް އަކީ އެމެރިކާއިން އުފަން ކުރުވި ޖަމާއަތެއް.
އަފްރާސިޔާބު
11 November 2025
ދުނިޔޭގައި ކަންހިނގާ ގޮތް ދެކިބަލަ. ތި ޝާރާ ބޮލަށް އެމެރިކާއިން 10 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައިވޭ. މި އަދު އެމެރިކާ އިން ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު އަރުވައި ސަލާން ގަލާން ކޮށް ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ނަގާ އެއްލާލާފައިވަނީ. އައިއެސް.އައިއެސް އަކީ ޓެރަރިސްޓުން ކަމަށްބުނި އެމެރިކާ އަށް މި އަދު އައިއެސް.އައިއެސް އަކީ ވަރަށް ރަނގަޅުބައެއް.
ލާމަސީލު
11 November 2025
އައިސިސްގެ ފައުންޑަރ މެމްބަރާއެކުވެ އައިސިސް އާއި ދެކޮޅު އިއްތިހާދޭ ބުނީމަ އަންނަނީ އަމަށަކު ހިންޏެއްވާނޫން. މިއީ ފަހުޒަމާނުގެ އަލާމާތެއް. ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ.
ސަސި
11 November 2025
އަސްލު އައިއެސް އަކީ ކޮބާ؟ އައިއެސް އެނގިގެންދޯ ދެކޮޅު ކަމެއް ކުރެވޭނީވެސް
ހަގީގަތްް
11 November 2025
ކިތަންމެ ނުބައި މުޖުރިމަކަސް ޔޫރަޕާއި، އިޒްރޭލާއި، އެމެރިކާއަށް ބޯލަނބާފިނަމަ އެއީ ބަތަލެެއް. ކިތަންމެ ހެޔޮ ރަނގަޅު ބަޔަކަސް މި މީސްމީހުން ނުރުހިއްޖެނަމަ އެއީ ޓަރަރިސްޓުން. މިއީ ދުނިޔެއް ދައްކަމުންދާ ހިތި ހަގީގަތް. އައިސިސް އަކީވެސް މިބައިމީހުން ނިވާފަތްގަނޑުގަ ތިބެގެން ރެކްރޫޓްކޮށްފަ ތިބި ޖާހިލުންތަކަކާ ވައްތަރީ. މި ޝަރާއަކީ އޭގެތެރެއިން ތޮށިގަނޑު ދޫކޮށްލައި، އަސްލު ހާމަކުރި މީހަކާ ފާޑު.