ފުލުހުންގެ މައި އިދާރާ: ދަރިފުޅަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުވާ މަންމައަކު ވަނީ ހައްޔަރު ކޮށްފައި --- ފޮޓޯ/މިހާރު
11 ނޮވެމްބަރ 2025 - 15:54
މަސްތުވެގެން ހުރެ ދަރިފުޅަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވޭ މަންމައަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާލެ ސަރަހައްދުގައި އަންހެނަކު އޭނާގެ ދަރިފުޅަށް ޖިސްމާނީ އަނިޔާ ކުރުމުގެ އިތުރުން ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ ފަހުކޮޅު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، އުމުރުން 50 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުން، އޭނާ 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ ބާވަތުގެ މައްސަލަތަކުގައި އަނިޔާލިބޭ ކުދިންގެ މައުލޫމާތު ހާމަވެދާނެ ފަދަ އެއްވެސް މައުލޫމާތެއް އާންމު ކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
11 November 2025
މަސްތުވެގެންހުރީމަ ކުރެވުނުކަމެއްނޭގެޔޭ ބުނެގެން އެކުށުން ސަލާމަތްވުމަކީ މަސްތުވެގެން ބޮޑެތިފާފަތަކަށް އަރައިގަތުމަށް ދެވޭ ލައިސަންސްއަކަށް ނުހައްދަވާ. މަސްތުވުމުގެ އަދަބާ ދެންކުރި ކުށެއްގެ އަދަބުވެސް ލިބެންޖެހޭނެ.
ހަސަންކަލޯ
11 November 2025
މިހަބަރު ލިޔެގެންވެސް ނުވާނެ. އެކަހަލަ ކަމެއް ހިގިކަން އެގިގެންވެސް ނުވާނެ. އަހަރެން މިހަބެރެއް ނުކިޔަން!
ކޮރަލް
11 November 2025
ރާއްޖޭގެ ގިނަ ރަށް ރަށުގަ އާބާދީ އުޅެނީ 2000 ން ދަށުގަ އެވެ. ރަށްތައް ވ ކުޑަ އެވެ. ދެން މަސްތުވާތަކެތި ބޭނުން ކުރާ މީޙުން ގިނަ މީހުންނަށް އެނގޭނެ އެވެ. އެމީހުން ބަންދު ކޮށް އިސްލާހް ނުކުރެވެނީ އެވެ. އެމީހުން ވަނީ މުޖްތަމައު އަށް ދޫކޮށްލެވިފަ އެވެ. މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަައް އެތައް މިލިއަން ރުފިޔާ އެއް ލިބެ އެވެ. ބަލަން ވީ ވަކި ބަޔަކަށް ލިބޭ ފައިސާ އަކަށް ނޫނެވެ. ޒުވާން ޖީލު ސަލާމަތް ކުރާށެވެ.
އަލި
11 November 2025
ބައެއް މައްސަލަ ތަކުގައި އެމީހުންގެ ފޮޓޯ (މަގްޝޮޓް) ހާމަކުރޭ އަދި ޓީޗަރުންގެ މަސައްލަތަކުގައި ދިވެހި ނުވަތަ އިސްލާމް ކިޔަވާދޭ ޓީޗަރެއްނަމަ ސަބްޖެކްޓްގެ އަގުވެއްޓޭ ކަހަލަ ގޮތަކަށް ހާމަކުރޭ.
ކީކޭ ބުނަނީ
11 November 2025
މަސްތުވެފަ ހުރުމުން މިހާރު ތިޔަހުރީ މިނިވަން ވެފައެވެ.
ރިކޯޑް ނުކުރޭ
11 November 2025
އެހެންވީމަ ތިވާހަކަ ނޫހުހަ ޖަހާނެކަމެއްވެސްނެތް، ތިއީ ނުވެސް ހައްދަވާ ވާހަކައަކަށް ހެދީމަ ނިމުނީ!
މޯލްޑިވްސް ޕޮލިސް ސަރވިސް 2.0-
11 November 2025
އަންހެނަކާ ޖެހުނީމައި ފުލުހުންނަށް މިއޮއްގެން ވާ ގޮތެއް ދޯ؟
މަޑުލި
11 November 2025
ކުއްޖާގެނުލަފާ މަންމަގެ ވަނަވަރު ކިޔާދިނުމުން ކުށެއްނެތް ކުޖެއް ފަލީހަތް ވުންނޫކަމެއް ނުވާނެ އެންނު! އެހެން މީހެއްގެ ކުށްޖަކާ ބެނުންނަމަ ކުށްޖާއަކީ ކާކަން ދެނެގަން އުނދަގޫވާނެ!
ކުރި
11 November 2025
މިޔަށް ވުރެ ކުއްވެރިން ގިނަ ގައުމެއް ހިޔެއްނުވޭ މުޅި ދުނިޔޭގަވެސް އޮންނާނެ ހެނެތް. ކުއްވެރިން އެންމެ ގިނަވާ ސަބަބަކީ ތަންފީޒު ނުކުރެވުން. މިޔަދު ޖަލައްވައްދާފިނަމަ މާދަމާ އޭނާ ހުންނަނީ ކޮންމެވެސް އިންތިހާބެއް އަންނާތީ މިނިވަން ވެގެން.
ޓރމޕ
11 November 2025
ހެވެއްނު. ގާނޫނެއް ހަދާއިރަށް އެގާނޫނެއް ހަރުކަށިވެގެން ހޭހުރަސްވެގެން ދިވެހިން އުޅެނީ. ހިތަކަށް ހުޅަނގުގެ ވިސްނުންތަކަށް ހައްގާ މިނިވަންކަމާ ދީނީމަ މިނޫން ގޮތެއް ނުވާނެ.