ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން މިއަދު ފަށައިފި އެވެ.
ފުލުހުން ދެންމެ ބުނީ މެދު ރާއްޖެ ތެރޭގެ އަތޮޅެއްގެ ރަށެއްގައި 18 އަހަރުން ދަށުން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެ އިދާރާއަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ކުޑަކުއްޖެއް ޝާމިލުވާ މައްސަލައަކަށް ވާތީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއީ ގާނޫނީ ގޮތުން ވެސް މަނާކަމެކެވެ.