ހުޅުމާލޭގެ އެޕާޓްމަންޓަކުން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހާ: ފުލުހުން އެތަނަށް ވަނީ މީހަކަށް އަނިޔާ ކުރާކަމުގެ ރިޕޯޓެއް ލިބިގެން ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/ޕޮލިސް
11 ނޮވެމްބަރ 2025 - 17:57
ހުޅުމާލޭގެ އެޕާޓްމަންޓެއްގައި މީހަކަށް އަނިޔާކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެތަނަށް ވަދެ، ފާސް ކުރިއިރު 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ 2 ގައި ހުންނަ އެމްޕީއެލްގެ ޓަވަރެއްގެ ފްލެޓަކުން މަސްތުވާތަކެތި ފެނުނީ ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭ ކަމަށް ބުނެ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެތަނަށް ވަދެ، ފާސް ކުރިއިރު ކަމަށެވެ.
ފުލުހުން ބުނީ އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ވަގުތު އެ އެޕާޓްމަންޓުގައި ހުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ދަފްތަރު ނަންބަރު ދރ 1786، މުހައްމަދު ޖަޒުލާން އަޝްރަފެވެ.
އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެޕާޓްމަންޓަށް ފުލުހުންގެ ޓީމު ވަން އިރު، ޖަޒުލާން ފިޔަވައި އިތުރު މީހަކު އެ ތަނުގައި ނެތެވެ. އެކަމަކު، އެޕާޓްމަންޓުގެ ތެރޭގައި ހުރި ތަކެއްޗަށް ގެއްލުންދީ، ހަމަނުޖެހުން ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކޮއި
13 November 2025
މަސްތުވާތަކެތީގެ މައްސަލަ މިޤައުމުގައި ޙައްލުނުވެގެން މިއުޅެނީ ކީއްވެގެން؟ ކުޑަކުޑަ އާބާދީއެއް ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ހަމަނެތީތޯ؟؟ ވަކި ސަރުކާރެއްނޫން. ކޮންމެ ސަރުކާރުންވެސް މިފެންނަނީ މި މަންޒަރު. އޮބިއަޅައިގެން ޖަލްސާތަަށް މީހުން އެއްކުރެވޭ. ސަރުކާރުން ބޭނުންވާ ހުރިހާކަމެއް ގަދަބާރުންވެސް ކުރޭ. އެކަމަކު ޤައުމުގައި ހުރި ބޮޑެތިމައްސަލަތަކަށް ޙައްލެއްނާދޭ. އެކަމުގައި ބޮޑުން ހިމެނޭ އެއްވެސް ކަމެއް ޙައްލެއްނުވާނެ.
ސުލައިމާނު
12 November 2025
ކޮމެންޓް ކުރާ ބޭފުޅުން ފުލުހުންނަށް އެމްއެންޑީއެފަށް ރައްދުކޮށް ބަސްވިދާޅުވާތީ ދެރަވޭ. ފުލުހުންވއސް ސިފައިންވެސް ތިކަމުގައި ވެދާނެ. އެކަމަކު މިރާއްޖެއަކީ ކަނޑުގެ ސަރަހައްދު ވަށައިގެން ކުދި ރައްތައް ހުންނަ ތަނަކަށް ވާތީއާއި ބާރު ސްޕީޑުގައި ދަތުރުކުރާ ލޯންޗްތައް ހުންނާތީ މިދެމުއްސަސާއަށް ނުފެނި ތިޔަތަކެތި އެތެރެކުރާނެ. ދެރަކަމަކީ އެތެރެ ކުރާމީހުން އަތުޖެހުނީމާވެސް ސާބިތު ނުވެޔޭ ބުނާ ފަނޑިޔާރުން ތިބެ ދޫކޮށްލެވޭކަން. ރެޑްކޮށް ހިފުމުންވެސް ވަނީ މިގެން
ވަތަންއެދޭ
12 November 2025
މިގައުމުގައި މަސްތުވާތަކެތި، ގޭންގް ކުށް، މާރާމާރީ މިހިރަ ބޮޑެތި ކަންކަމުގެ ހައްލު ގެނެވޭނީ ކެރޭ ފެންވަރާއި ބުންވަރު ހުރި ވެރިޔަކު މި ގައުމަށް ގެނެވިގެން. އެކަން ކުރަން ވީ ރައްޔިތުން. ހައްލަކީ އުމަރު.....
މަހާރަދުން
12 November 2025
ގައިމު ތި ވަރުގެ ބޮޑު އަދަދެއް ރަޢްޖެ އެތެރެ ވި ގޮތެއްވެސް އަންނާނެ...މަ ބޭރުން ގެނައި ވިޓަމިން ފުޅިއެއްވެސް ޑަކުޓަރުގެ ސިތީއާ ބޭހުގެ ޑީޓއިލާ އެއޗެހި ދިނީމަވެސް އެމީހުންގެ ކޮމެޓީން ބަލާފަ ދޫކުރީ ފަނަރަ ދުވަސް ފަހުން އެތައް ފަހަރަކު ގުޅައިގެން...އެހން ވީމަ އަހެން އަބަދުވެސް ބުނަނީ ރާއްޖޭގަ ޑުރަގު އެތެރެ ކުރަނީ ޕލިހަާ އިމިގުރޭސަނުގެ ފުރިހަމަ ކޮން ޓުރޯލުގެ ދަށުން ނޭ!!!މީ ހަމަ ފެންނަން އޮތް ހަގީ ގަތެއް...ެބަޔަކު ހަލާކު ކުރައްވާށީ!!!
ކަޅުދިގު
11 November 2025
ތިގޮލާ ތި ސަލާމަތްވީ.. އަނިޔާގެ މައްސަލައިން ވެސް އަދި ޑްރަގް ގެ މައްސަލައިންވެސް ބަޗާނެ.
ކުލިބެ
11 November 2025
ފުލެޓު ވެރިމީހާގެ ނަންވެސް ބުނިނަމަ ދޯ!
ޖޯކް
11 November 2025
މިހާރު މި ވިއްކާ ހަކުރުތައް ބޮއެގެން މީހުންގެ ސިކުނޑި ޖަހަނީ ބަޑި. ނުބައިއެއްޗެހިގޮވަމުން، މީހުންގައިގަ ތަޅަމުން، އެކިދިމާލަށް އިނގިލި ދިއްކުރަމުން، އަޑުގަދަ ކުރަމުން މަގުމަތީގަ އުޅޭއިރު ސަރުކާރަށް މިކަން ކޮންޓްރޯލްނުވެ ބޮއްސުންލާފަ. ވަކި މިސަރުކާރެއްނޫން ކޮންމެބަޔަކު ހުއްޓަސް ވާނެ ގޮތްމީ. ހަކުރު އެތެރެ ކުރާމީހުން ތިބެނީ ސަރުކާރާ މުއައްސަސީތަކާ ގުޅިފަ، ކިހިނެއްހުއްޓުވާނީ.
މިކްސް
12 November 2025
ހަކުރާއި މެތު އެއްކޮށްގެން ބުއީމަވާނެގޮތް
ޙދހދ
11 November 2025
ހުރިހާވެސް މައްސަލައަކީ ސިޔާސީ މީހުން މީކީ ފުލުހުންގެ މަސަަލައެއްނޫ ން. ސިޔާސީ މީހުން މިމިހުން ބާރުވެެރިކޮށް މަސްތުވާތަކެތި ވިޔާފާރިކުރުމަށް އަދި އެތަކެތި އެތެރެކުރުމަށް ހިތްވަރުދޭ
މުލޭ
12 November 2025
މިއީ ހަމަ 100 ގެ ރަނގަޅު ވާހަކައެއް. ސިޔާސީ މީހަކު ދުވާނެ މިހާރު މީނާ ސަލާމަތްކުރަން. މީނާއަށް ނޭނގި ވަކީލުވެސް ހުންނާނީ ހަމަޖެހިފައި. ވަކީލު ކަންބިޑުވުން ފާޅުކުރާނެ މީނާ ހައްޔަރުކުރީތީ ވެސް. މިއޮތީވާ ގައުމެއް.
ވާންބެ
11 November 2025
މި ބާވަތުގެ ކަންކަން ކުރީމަ މި ދަފްތަރޭ މެންގެ ދަފްތަރު ކެންސަލް ވާގޮތައް ގާނޫނު އިސްލާހުކޮއްލަބަލަ!
ހޖރގ
11 November 2025
ދަފްތަރު ކެންސަލް ކޮށްފަ ޖައްސަން އޮތް ތަނަކީ މާލެ. މިއީ މާލެއަށް ނިސްބަތްވާ ކުއްޖެއް. އުޅެ ބޮޑުވީ ފުޓުބޯޅަ އެއްހެން. މަންމަ އެއްލާލީމަ ބައްޕަ، ބައްޕަ އެއްލާލީމަ މަންމަ، ދެމީހުން އެއްލާލީމަ ދެން ކޮންމެވެސް ތާކު ހުރި މީހެއް. އެންމެން ތަޅަން ގެންގުޅު ބޯޅައެއް މީ. ދެން ކޮމެންޓު ކުރާ މީހުން މޮޅު ކޮމެންޓު ކުރޭ. މި އުމުރަށް ދާން މި ފަކީރު ދިރިހުރިކަން ވެސް މިއީ އަޖައިބެއް.
ކުރި
11 November 2025
ބޮޑެތި މުސާރަ ނަންގަވާގެން ތިއްބެވި ބޭބޭފުޅުން ފެއިލް ވެފައިވާކަން މިއިން އިގެނީ. ކޮބާތޯ ކަސްޓަމްގެ މެޑެލްބަރި ޖައްސަވާގެން ތިއްބެވި ބޭފުޅުން. އެއްވެސް ހުރަހެއް ނެތި ތިއެއްޗެހި އެތެރެވަމުން އެދަނީ ޒިންމާވާނެ ފަރާތެއް ނެތް.