އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: ރައީސްގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓަކު މުޒާހަރާއެއްގައި ދެއްކި ވާހަކަތަކަށް އެމްޑީޕީ އާއި ފައްޔާޒް ޒިންމާވާން ޖެހޭނެ ކަމަށް ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
16 ނޮވެމްބަރ 2025 - 14:03
އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ހުކުމްކޮށްފި އެވެ.
އެމްޑީޕީން މިދިޔަ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން މަންދީ އާއި ވާހަކަ ދެއްކި މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒްގެ މައްޗަށް ފެމެލީ ކޯޓުގައި ދައުވާ ކުރެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.
އެ މައްސަލާގައި ފެމެލީ ކޯޓުން މިއަދު ކުރި ހުކުމްގައި ކަނޑައެޅީ މަންދީ އާއި އަހުމަދު ސަލީމް (މާޒް) ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ ރައްކާތެރިކަން އަދި ކަރާމާތް ގެއްލިފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދީފައިވާކަން ސާބިތުވާތީ އެމްޑީޕީ އާއި ފައްޔާޒް އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ފަސްޓްލޭޑީގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ވެސް މަންދީގެ އިތުރުން ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ދައުވާކުރި އެވެ. އެ މައްސަލާގައި މިދިޔަ ޖުލައި މަހު ސިވިލް ކޯޓުން ނިންމީ މަންދީގެ ވާހަކަތަކުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އޭރު ސިވިލް ކޯޓުން ނިންމާފައިވަނީ ފައްޔާޒާއި އެމްޑީޕީން ސީދާ ގޮތެއްގައި ކުރި ކަމަކަށް ނުވާތީ ފައްޔާޒާއި އެމްޑީޕީން އެކަމަށް ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅާފައި ވިޔަސް، ގެއްލުމުގެ ބަދަލު ހޯދުމަށް ފަސްޓްލޭޑީގެ ފަރާތްޕުޅުން ދައުވާ ކުރައްވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯހުދުމީހާ
20 November 2025
ފައްޔާޒު ގެންދަވަނީ ރޫޅާލާނަން ގުރޫޕާ ގުޅެން ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުން. އަދި އެކަމަކު އެތެރެ ކޮއިލަށް ވަދެވުނުހެން ހީނުވޭ. ހިތްވަރުކޮށްލާތި.
ޖަސްޓިސް
17 November 2025
ދިވެހިރާއްޖޭގެ ކޮންމެ އާއިލާއެއްގެ ކޮންމެ ކުޑަކުއްޖަކަށް މިފަދަ ގޮތެއް މެދުވެރި ވެގެން ކޯޓަށް ހުށައަޅައިފި ނަމަ މި އުސޫލުން ހުކުމް ކުރާނެ ކަމަށް އުއްމީދު ކުރަން. އަދި މި ޙުކުމް ކުރިޔަށްހުރި މިފަދަ މައްސަލަތަކުގައި ރިފަރެންސް އަކަށް ވާނެ..
ވޯލް
17 November 2025
ތިޔަހެން މީހުން ބަދަލު ދޭންޖަހޭ ދައުކަތުން އެކަމަކު ދުވަހަކުވެސް ދައުލަތުން ކުރާ ކަމަކުން މީހަކަށް ބަދަލެއް ލިބޭތޯ؟؟ ރައްޔުިތުން ކާރިން ރޮއި ހޭރިގެން ވެރިކަން ހޯދާފަ އެ ރައްޔިތު މީހާ ކަމެއް ކުރާއިރަށް ވެރިމީހާ ދައުވާކުރުމަކީ ވަރަށް ދެކޮލު ނުޖަހޭ މިޒަމާނަށް ނުފެތޭ ވިސްނުމެއް. ދައުކަތުގެ ހުރިހާ ބާރެއް އޮތް މީހާގެ އާއިލާއިން ދައުވާއެއް ކުރީމަ އިންސާފުވެރި ޝަރީޔަތެއް ހިންގޭނެ ކަމަށް ޤަބޫލުނުކުރެތީ އެކަން ހަމަ ނުޖެހެނީ.
ހައިރާ
17 November 2025
އަބުޅޯ ގާޒީ ކޯޓް ދޯ
ޖިބްރީލް އަމީން
16 November 2025
މެޑަމް ސާޖިދާ ބަދަލު ހޯދަން އެދިފައި ނެތަސް، މުސްތަގުބަލަށްޓަކައި މިކަން ފިލާވަޅަކަށް ހެދުމަށް ބަދަލު ދޭ ގޮތަށް މިކަން ނިންމަން ވީ. ސިޔާސީ ގޮތުން މީހުންނާ ޖައްސާލިއަސް އެ މީސްމީހުންގެ އާއިލީ މީހުންގެ ތެރެއިން ސިޔާސީ ކަންކަމުގައި ނޫޅޭ ބަޔަކާއި ފޮށި އެބައެއްގެ އިއްޒަތާއި ގަދަރު ވެއްޔާ މޮޑެލާކަށް ނުޖެހޭ. ސިޔާސީ ގޮތުން ސިޔާސީ ވާ މީހާ އާއި ނޫން ގޮތަކަށް ސިޔާސަ ވާކަށް ނުޖެހޭނެ. އެއަށް ވުރެ ތަހުޒީބު ވާން ވީ.
ދަރިކަލުން
16 November 2025
ކޯޓުތައް ހާދަ ސިޔާސީއޭ ދޯ؟
އިބޫ، އާޒިމް، ފައިސަލް، ޝާޚިދު އިއްތިހާދު
16 November 2025
ފެމިލީ ކޯޓުން ފައްޔާޒު ޕްރޮމޯޓުކުރުން ހުއްޓަންޖެހޭ!!!
އަލިކޮއެ/ހުޅުމާލެ
16 November 2025
އިންޑިޔާ އައުޓު ކުރި މީހުންގެ ފަރާތުން އެމްޑީޕީއަށް ބަދަލު ހޯދިދާނެބާ؟
ބޯޅަ ފޯރި
16 November 2025
ރިމޯޓު ހަލާކުކޮށްލީ އޭ ކިޔައިގެން ޓީވީ އިންޓަވިއު ދިން މީހުންނަށާއި އަދި އިންޓަވިއު ކުރި މީހާ އަށާއި ދެއްކި ޓީވީ ސްޓޭޝަނާއި އެތަނުގެ އޭރުގެ ވެރިންގެ މައްޗަށްވެސް ދައުވާ ކުރެވެންވާނެ ދޯ؟
ޝަހުމް އާދަމް
16 November 2025
މިއީ ދަރިންގެ އަބުރަށް އަރައި ގަތުމާ ދެކޮޅަށް ނިންމި މުހިއްމު ނިންމުމެއް.