ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: ރަސްމާލެއަކީ ގިނަ ބަޔަކަށް ގޯތި ދޭން ސަރުކާރުން ހިއްކަމުންދާ ތަނެއް-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ނޮވެމްބަރ 2025 - 13:52
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މާލެ ސަރަހައްދުން ސަރުކާރުން ދޫކުރަން ތައްޔާރުވަމުން އަންނަ ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް މެދުނުކެނޑި އުޅުމުން ކަމަށް އުސޫލުގައި ހިމަނައިފި އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރުމަށް ފަހު ރޭ ވަނީ ފްލެޓާއި ގޯތި ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފަ އެވެ.
ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން އެކަމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތިން ކަމެކެވެ. އެއީ އުމުރުން 18 އަހަރުވުމާއި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުމެވެ.
އެ އުސޫލުގައި ބުނީ މާލޭގައި ދިރިއުޅޭ ބަައެއް ކަމުގައި ބަލާނީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅޭ މީހުން ކަމަށެވެ. އަދި މާލެއަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މުއްދަތެއް އައި ނަމަވެސް މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރު ވެފައިވާ ނަމަ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
- މާލޭގައި މެދުނުކެނޑި އުޅުނު މުއްދަތު ގުނުމުގައި ވަކި ހާލަތްތަކެއްގައި އެ މީހަކު މާލޭގައި ދިރިއުޅެމުން ނުދިއުމަކީ މެދުކެނޑުމެއް ކަމަށް ނުބަލާނެ ކަމަށް ބަޔާންކޮށް ވަކި ހާލަތްތަކެއް ވެސް އުސޫލުގައި ހިމަނާފައިވެ އެވެ.
- ވަޒީފާ ދޭ ފަރާތުގެ ނިންމުމަކަށް ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަން ޖެހުން.
- ތައުލީމު ހާސިލު ކުރުމަށް ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަން ޖެހުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އާއިލާ، މާލޭގައި ނުވަތަ ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން.
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުންގެ ދަރިން މާލޭގައި ނުވަތަ މާލޭގެ ސަރަހައްދުގައި ކިޔެވުން ކުރިއަށް ގެންދިއުން.
- މާލެ އިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އަނބިމީހާ/ ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން.
ގޯތި ދޫކުރުމުގެ އުސޫލުގައި ވެސް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ކުރިމަތިލެވޭނީ އެ ޝަރުތުތައް ހަމަވާ ނަމަ އެވެ. އެއާ އެކު، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނުވުމާއި އެ އަށް ވުރެ ކުޑަ ގޯއްޗެއް ލިބިފައިވާ ނަމަ އެ ބައި ދޫކޮށްލުން ފަދަ ކަންކަން ޝަރުތުކޮށްފައި ވެ އެވެ.
ގޯތި ދޫކުރުމުގެ އުސޫލުގައި ވެސް ވަނީ ފްލެޓު ދިނުމުގެ އުސޫލެކޭ އެއްގޮތަށް މާލޭގައި މެދުނުކެނޑި އުޅުން ކަމަށް ނުބަލާނެ ކަންކަން ހިމަނައިފަ އެވެ.
މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް އަދި 15،000 ގޯތި ދޫކުރާ މި މަޝްރޫއުއަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 އަކުން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޜައްއިތުން
19 November 2025
މާލޭ ގަ 15 އަހަރު ކުރިން އުޅުނުކަމުގެ ވަގު ލިތުން ތައް ހަދައިގެން ވެސް ތިޔަކަން ކުރާނެ ، މީގެ ކުރިން ވެސް އެބަހުރި ކޮއްފަ
ނަފިޒު
19 November 2025
އަޅުގަޑު ވިހެއީ ހުޅުލެއްއައް އުޅެބޮޑުވީމާލޭގަ އުމުރުން 55 އަހަރުވީ މާލޭން ގެދޮރެއްވެސްނެއް ފުލެޓެއްވެސްނެއް އެންމެފަހުން ޖެހުނީ ބޮޑު ލޯނެއް ނަގައިގެން ތަނެއް ގަންނަން ތަނެއްގަތީމަ އެއްވެސްބޯހިޔާވެހިކަމުގެ މަސްރޫއަކުން ސަރުތު ހަމަނުވޭ މާލޭގަ މައިންބަފައިންގެ ގެދޮރު ހުއްޓަސް ސަރުތު ހަމވޭ ރައްރަށުން އައިސް މާލޭގަ 15 އަހަރުވީމާ ގޯތި ފުލެޓް އެބަލިބޭ ރަސުގަ ޗުއްޓީވީމަދާނެ ގެދޮހުރޭ މީކޮން އުސޫލެއްބާ
ސޮބީހާ
17 November 2025
ހަމައެކަނި ކޮމެންޓްކުރުމަކުން މިކަން ވާކަށްނެތް, ކޮން އެމްޑީޕީއެއް ޕީއެންސިއެއް ހުރިހާޕާޓީއެއްގަ އޮތީ މާލޭ މީހުންގެ ނުފޫޒް, މާލެ ނޫންގޮތެއް މި ސްލޯގަން ޕްރޮމޯޓޫކުރަން މާލަސްވެއްޖި,
ސައިނީސް
17 November 2025
އެންމެ ދަރީން ގިނަ މީހުންނަށް ހިޔާ ފްލެޓް ދީފާ ސަރުކާރުތަކުން އަހަރުމެން ފުޑާލައިފި
އެނދިމަރިޔަނބު
17 November 2025
ނާ ހަމަ ތެދެއް؟ 35 އަހަރު ވެއްޖެ މިތާ ގަނަތެޅޭތާ. އަދި ހަމަ ދެނީ ކުރިންވެސް ދިންމީހުންނަށް. ދެންވެސް އެހެން ބަޔަކަށް ދޭނެޔެކޭ މަގޭ ހިތެއް ނުބުނޭ. ޥޯޓުލާންވެސް ދެނެއް ނުދާނަން. ޖެހެނީ އެއްތާކު ކޮނެމް މީހަކު ވެރިކަމުގަ ހުއްޓަސް. މިހާރު ދެން އަހަރެން މުސްކުޅި އުމުރު ގުރައިދޫގަ ބަހައްޓައިދީ
1828
17 November 2025
"މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުމެވެ." މާނައަކީ 15 އަހަރު މުޤައްދަސް މާލޭ ބޭފުޅަކަށް، ރާއްޖެތެރޭ މީހާ ޖިޒީދައްކާފައިވާނަމައޭ މާލެ ސަރަހައްދުން ބޯހިޔާ ވަހިކަމެއްލިބުމަށް ޝަރުތު ފުރިހަމަ ވަނީ. އެހެންވެގެންނުވާނެ. މަލޭގެ ފަޅުގައި އޮތްތަނެއް ހިއްކާފައިނަމަ މާލޭ މީހުންނަށް އިސްކަން ދޭންޖެހޭނީ. ކއަތޮޅުން ފަޅެއް ހިއްކާފައި މާލޭ މީހުންނަށް އިސްކަންދޭން ޖެހޭ އެއްވެސް ސަބަބެއްނެތް. އެތަނަކަށް ކއަތޮޅު ހުރިހާ މީހުން ހަމަހަމަ ވާންވާނެ
ނުކިއްސަރު
17 November 2025
މިމީހުން ހަދާގަވައިދު މިމީހުންނަށްވެސް ފަހުމުވާނެހެނެއް ހިޔެއްނުވޭ
ޢަބްޑޫލް
17 November 2025
މާލޭގައި އުޅޭތާ 15 އަހަރުވުން އަސާސީ ޝަރުތަކަށް ވެގެން ނުވާނެ. މާލެ ސަރަހައްދުގައި އޭނާ އަނބިން ނުވަތަ ދަރިން ދިރިއުޅޭތޯ ބަލާފައި ވީ މުއްދަތަށް އަހަރަކަށް 1 މާކްސް ގެ ރޭޓުން އެންމެ ގިނަވެގެން 30 ދިނީމަ ތިމައްސަލަ ހައްލުވީ. މާލޭގައި އުޅޭތޯ ބެލޭނެ ޕެންޝަން ރެކޯޑާއި، ދަރިންގެ ސްކޫލު ރެކޯޑު ނޫނީ ތިކިޔާ އެފިޑެވިޓް ވެސް ލިބޭނެ. ރަށު ކައުންސިލަށް އެނގޭނީ އެރަށުގަ ނޫޅޭކަން. މާލޭގަތޯ އައްޑޫގަތޯ ނޭގޭނެ. އެހެންވީމަ ރަށު ކައުންސިލުތަކުގެ ލިޔުމަށް ނުބެލީމަވީ
ގޫކޭލި
17 November 2025
އެހެންވީމަ މައުމޫނުގެ ވެރިކަމުގެ 30 އަހަރު އެެމަނިކުފާނު ކީއްތަކުރީ؟ އެމަނިކުފާނު މިހުރިހާ ފުލޭނެއް ހެދިނަމަ މިހަދު ސިންގަޕޫރުވެސް އުޅޭނީ އަހަރުމެންނަށްވުރެ ފަހަތުގައި.
ނަގިއްޔާ
17 November 2025
ކުދިންނޭ އަހަރުމެން ކިތަންމެވަރަކަށް ހެދުންއަޅައިގެން ތިއްބަސް މިޑިޖިޓަލް ޒަމާނުގައި މިއުޅެވެނީ އޮރިޔާމުން. ފޯނުގެ ކެމެރާ ރިމޯޓްކޮށް އޮންކުރެވޭ ވާހަކަ އެއީ އަބަދުވެސް އަޑުއިވޭވާހަކައެއް. ކިތައްބައެއް އޭގެ ޝިކާރައަކަށްވީ ކާކަށް އެގޭނީ. ގިނަމީހުން ނުލާހިކު ފާޑުފާޑްސައިޓްތަކަށްވަދޭ. ނޭގޭ ސްޕައިވެއާއެއް މިހާރުވެސް ފޯނުގައި ވެރިކަންނުކުރާކަމެއް. ކިތަންމެ ވިސްނައިގެން ތިއްބަސް މުންޑުބޭލޭނެ އިރެއްނޭގޭނެ.