ޖިންސީ ގޯނާއާ ދެކޮޅަށް ބަޔަކު އަޑުއުފުލަނީ: ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައި --- ފޮޓޯ/މިހާރު
19 ނޮވެމްބަރ 2025 - 13:00
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 16 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް، އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން ދާއިރު، ގަދަކަމުން އަންހެނަކު ހިފަހައްޓައި، ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައިވެ އެވެ. އޭނާއަށް ވެސް ޖިންސީ އަނިޔާކުރި ކަމަށް ދެކެވުނަސް އެކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި މާލޭގެ މަގެއްގެ މަތިން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު، އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ހާމަވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަޖޫ
19 November 2025
މިމައްސަލަތަކަށް ވާ ގޮތް ނޭނގެނީ ރާއްޖޭގެ މީޑިއާ ދޯހަޅިވީމަ. ފޮލޯއަޕްއެެއް ނުހަދާނެ. ފަހުން ކިހިނެތްތޯވީ ބަލާވެސްނުލާނެ. ސިޔާސީ މީހެއް ވެއްޖެއްޔާ ހުންނާނެ ނިކަން ފޯރި!
ހަސަންދި
19 November 2025
2 ވަނަ އިންޑިއާ އަކަށް ބަދަލު ވަމުން މި ދަނީ.!!!
ލަތީފާ
21 November 2025
ރާއްޖެ އޮތީ މި ކަންކަމުގަ އިންޑިއާއަށް ވުރެ މާ ކުރީގަ މިހާރުވެސް.
އަބްޑޫޅް +
19 November 2025
ޙޫމް. ކަލޭމެންނަށްވެސް ހީވާގޮތަށް، އެހެން މީހުނަށްވެސް ހީވާ ގޮތުން މިކަމުގައި، ފުލުހުން ބައިވެރި ވެފައިވޭ.