ފަނޑިޔާރު ނިޔާޒު: އޭނާ ވަނީ ފަނޑިޔާރު ކަމުން ރިޓަޔާކުރައްވަން ނިންމަވާފައި - ފޮޓޯ: މިހާރު
20 ނޮވެމްބަރ 2025 - 11:52
ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ނިޔާޒު ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާގެ އެ ހުށަހެޅުމަށް ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު ނިންމާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް، ފަނޑިޔާރު އެގޮތަށް ނިންމެވީ ފަނޑިޔާރުކަމުގައި ގިނަ ދުވަހު ހިދުމަތް ކުރެވިފައިވުމާއި ސިއްހީ ހާލަތަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށް އެނގިފައިވެ އެވެ.
ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އެބަދެ އެވެ. އެ މައްސަލަތަކަކީ ގިނަ ދުވަސްވީ، އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.
ފަނޑިޔާރު ނިޔާޒު، ފަނޑިޔާރު ކަމުން ރިޓަޔާކުރައްވަން ނިންމާފައިމިވަނީ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އޭގެފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ.
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ފަނޑިޔާރު ނިޔާޒު ހައި ކޯޓަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެހެންކަމުން އޭނާއަކީ މިވަގުތު އެ ކޯޓުގައި ހުންނެވި، ހިދުމަތުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރެވެ.
ފަނޑިޔާރު ނިޔާޒު ވަނީ ހައި ކޯޓުގައި ގިނަ ޝަރީއަތްތަކެއް ހިންގަވައި، ބޮޑެތި ހުކުމްތައް ނެރުއްވައިފަ އެވެ. ފަނޑިޔާރު ފާހަގަކުރެވިފައިވަނީ ވަކީލުންނާ ހޫނު ސުވާލުތައް ކުރައްވާ ފަނޑިޔާރެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
20 November 2025
ރަގަޅެއް ނުބައެއް ނޭގެއެވެ. މިހިގާކަންކަމަަށް ސަބަބުވެރި ހަމައަކުން ބަލައިފިނަމަ ސާފުވާ އެއްކަމެއް އެބައޮތެވެ. ރައީސް މެންބަރު ސަމީރު ބޭރުވިއެވެ. ރައީސް އައުމީހަކު ގެނައެވެ. އެފަހުން ސުޕްރީމްކޯޓުގެ ދެފަނޑިޔާރު ބޭރުވީ އާދަމްގެފާނޭ ފަޅޮލޭ ކިޔާގޮތަށެވެ.އެފަނޑިޔާރުން ބޭރުކުރަން އިންކާރު ދެކޮޅު ހެދިއެވެ. ކޮމިޝަނުގެ ރައީސްއާ ނައިބު ބަދަލުވެ ހައިކޯޓުންވެސް ތިޔަބޭރުވީއެވެ. ސާފުވީ ކަމަކީ ރައީސްގެ ނުފޫޒު ހުވައި ކުރި ދުވަހުންފެށިގެން ޖުޑިޝަރީގަ ނެތްކަމެވެ.
ވަންޗޫ
20 November 2025
ތިގޮތަށް ހުރިހާ ފަނޑިޔާރުން ތިހާ ހަގުއުމުރުގަ ރިޓަޔާކުރީމަ މިގައުމުގެ މާލިއްޔަތުން ތިޔަމީހުންގެ ތިޓަޔަރުމެންޓް ޕެކޭޖާ ޕެންޝަނަށް ބޮޑުއެއްޗެއް ދީފަ ރައްޔިތަކަށް ކަމެއްކޮށްދޭނެ އެއްޗެއް ނޯއްނާނެ. ޢަވަހަށް މިކަމަށް އެބަޖެހޭ ހައްލެއް ހޯދަން. އަދުލުގެ ނިޒާމަށްވެސް އެޅޭ ވަރަށްބޮޑު ހުރަހެއްމީ!
އަފްރާސިޔާބު
20 November 2025
ރައްޔިތަކަށް އެއްޗެއްދޭނެ ކަމެއްނެތް. އަޅުންނަށް ތަކެތި ލިބޭނީ ސާހިބު މީހާ ދިނިއްޔާ. ވެރިންނަށް ލިބޭބައި އަދިވެސް ބޮޑުކުރަންފެނޭ. ގެރިންނަށް ލިބޭބައި ކުޑަކޮށްލަންވީ.
ޒިން.
20 November 2025
ތަންތަނުގައިތިބޭ ރަގަޅުމީހުން ވަކިވަން ފަށާނީ ކޮންމެވެސް ނުބަޔެއްއުޅޭތީ..
ސޭހުހު
20 November 2025
ކޮންތާކު
އުނދުޅި
20 November 2025
ހުސްނުސުޢޫދު ނަގާފަ ރާއްޖޭގަ މިވަގުތު ހުރިން އެންމެ ކުޅަދާނަ ފަޑިޔާރު ވަކިވެގެން މިދަނީ ފަޑިޔާރުގެ އަތް ނުބާނަށް ރައީސް ދެއްވި ވައުދު ފުއްދައި ދެއްވުމަށް. މިފަދަ ބޭފުޅުންގެ ހުކުމްތަކަށް ކެތެއް ނުކުރެވޭނެ.
މޮޅުގޮލާ20
20 November 2025
މީނަ ޔާމީނަށް ކުރި ހުކުމްދޯ ސުޕްރީމުން ބާތިލުކުރީ
ދަތްނެތް ސިންގާ
20 November 2025
ފަނޑިޔާރު ނިޔާޒަށް ކާމިޔާބީއަށް އެދެން
ވަކީލު އަލީސާމު
20 November 2025
ވަރަށް މޮޅު. ޢިލްމީ ގޮތުން ޤާބިލް، ފަނޑިޔާރެއް، އަދި ވިސްނުންތޫނު ހަމަ ޤަބޫލުކުރައްވާ ފަނޑިޔާރެއް، މިފަދަ ޢިލްމީ ފަނޑިޔާރަކު ކުއްލިއަކަށް ރިޓާޔަރ ކުރައްވަން ނިންމެވުމުން މިކަމުން ދޭހަވަނީ ބައެއް ފަނޑިޔާރުން އެމަޤާމު ތަކުގައި އެތިބެނީ ތިބޭ ހިތަކުންނޫނޭ. ހަސްބުނަﷲ ވަނިޢުމަލް ވަކީލު
ކޮރަލް
20 November 2025
ރިޓަޔަރ ކުރީމަ މަހަކު ލިބެނީ ކިހާ ވަރެއްތޯ އެވެ ؟. ޕެކޭޖް އެއް އިނދޭތޯ އެވެ ؟
އައްފާފް
20 November 2025
ފަނޑިޔާރު ނިޔާޒަކީ ، ފަނޑިޔާރުންގެ ތެރެއިން ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާއެކު، މައްސަލަތައް ފައިސަލާކުރައްވާ މަދުފަނޑިޔާރުންގެ ތެރެއިންވެސް ތޫނުފިލި ކަމަށް ޚާއްސަ ބޭފުޅެކެވެ. އެދެނީ ފުރިހަމަސިއްޙަތެއްގައި ލެހެއްޓެވުމެވެ.
ފަނޑިޔާރުގ
20 November 2025
ނިޔާޒަކީ ޖެހިލުން ކުޑަ ފަނޑިޔާރެއް. ނިންމުންތައް ކޮލިޓީ. އަޑު އެހުންތައް ކޮލިޓީ. ގެއްލިގެން އެދަނީ، ޖުޑިޝަރީން ހަމަ ޖަވާހިރެއް.
މިއުރޭ
20 November 2025
އެންމެ ރަނގަޅު ފަނޑިޔާރު ދިޔައީ. ނިޔާޒަކީ ލާރީގަ ނުޖެހޭނެ މީހެއް
އަފްރާސިޔާބު
20 November 2025
ތިބުނީ ހަމަރަނގަޅުވާހަކައެއް. ވަރަށްވެސް ހަމަ ގަބޫލުކުރައްވާ މީހެއް. މަރުޙަބާ ނިޔާޒަށް.