މޯލްޑިވިއަންގެ މަތިންދާބޯޓެއް: އިންޑިއާގެ ދެ ސިޓީއަކަށް ކުރާ ދަތުރުތައް އިތުރުކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
23 ނޮވެމްބަރ 2025 - 14:30
މޯލްޑިވިއަނުން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ހަފްތާއަކު ފަސް ފްލައިޓް ބާއްވަން ނިންމައިފި އެވެ.
ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން ބުނީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާގެ ދެ މަންޒިލް ކަމަށްވާ ކޮޗިން އާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް އިތުރު ކުރުމުގެ ގޮތުން އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ދެ ސިޓީއަށް ހަފްތާއަކު ފަސް ފްލައިޓް ބާއްވާނެ ކަމަށެވެ.
އެހެންވެ، އާދިއްތަ ދުވަހާއި އަންގާރަ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ދަތުރުތައް ބާއްވާނެ އެވެ.
އެ އެއާލައިނުން މިވަގުތު ކޮޗިން އާއި ޓްރިވެންޑަރަމަށް ހަފުތާއަކު ކުރަނީ ހަތަރު ދަތުރެވެ.
ކޮޗިން އާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމިއިރު، ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރު ކުރުމަށް އަގުހެޔޮ ފެއާއެއް ވެސް މޯލްޑިވިއަން އިން ވަނީ އިއުލާންކޮށްފަ އެވެ. އެ ފެއާގެ ދަށުން 99 ޑޮލަރަށް ޓިކެޓް ލިބޭ ފެއާގެ ދަތުރުތައް އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަސދފގ
24 November 2025
ކޮބާ އައްޑޫ ކޮޗީ ފްލައިޓު
ބަލިމީހާ
23 November 2025
މާލެއަށް އައިސް ޑޮކްޓަރަށް ދެއްކުމަށް ވުރެ މިގޮތަށް އިންޑިޔާއަށް ދަތުރުކުރާ ނަމަ އިންޑިއާ އަށް ގޮސް ބޭސްކުރުން މާ ހަރަދު ކުޑަ ވާނެ
މުއާވިޔަތް މުހައްމަދު
23 November 2025
ބަރާބަރު ނިންމުމެއް. އިންޑީގޯއަށްވުރެ ދިވެހިން މޯލްޑިވިއަން ޗޫސް ކުރާނެ. ރަނގަޅު ނަފާއެއް ހަމަ ގައިމުވެސް މޯލްޑިވިއަންއަށް ނެގޭނެ މި ދެ ޑެސްޓިނޭޝަނުން
އާދަމް ޝިހާދް
23 November 2025
މޯލްޑިވިއަން މިސަރުކާރު އައިފަހުން ވަރަށް ބޮޑަށް ކުރިޔަށް ޖައްސައިފި ކަމަށް ފެނޭ. ދެން އޮތީ ކުންފުނި ފައިދާވެ މީގެ ނަފާ ރައްޔިތުންނަށް ލިބުން. މިބުނީ ޓިކެޓް އަގުހެޔޮވުން
ލިހާޒް މުހުސިން
23 November 2025
އަގު ހެޔޮ ވާނެ. ދިވެހިންގެ ފްލައިޓް ދިވެހިންނަށް މާ ބޮޑަށް ސާވިސް ރަނގަޅު ވާނެ
ބޭސްވެރިޔާ
23 November 2025
މީ ރަނގަޅު ފެށުމެއް
ޖަޕާލީ
23 November 2025
ކުރިންވެސް ތިގޮތައް ފެއަރއެއް ލަންކާއަށް ބޭއްވި.އެއީ ކަސްޓަމަރުންނަށް އަގުހެޔޮ ޓިކެޓް ހޯދަދޭން ކުރިކަމެއްނޫން..މޯލްޑިވިއަންގެ އަމިއްލަ ބޭނުމަކު ކުރަންޖެހުނު ދަތުރެއް ހުސްކޮން ނުދާން ޓިކެޓް ވިއްކާލީ.
ޓުރޫ ސުޓޯރީ
23 November 2025
ވައިޑް ބޮޑީ ތަފާތު ވާނެ
ފަހުދު.
23 November 2025
ޔޫރަޕައް އަދި އޮސްޓްރޭލިޔާއަށް ކުރަންބުނި ދަތުރު މިނިމުނީ އިންޑިޔާއަށް
ޖަލީ
23 November 2025
ތި ފަޔަރ އިން ކިތައް ރައްޔިތުންނަށް ޖާގަ ލިބޭބާ؟ ފަޔަރ އިޢުލާނު ކުރާއިރު ހުންނަނީ ޖާގަ ހުސްވެފަ؟