ކުއްޖާއަށް އަނިޔާކުރި މައްސަލަ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުނި..-- މިހާރު ފައިލް ފޮޓޯ
23 ނޮވެމްބަރ 2025 - 15:08
މެދުރާއްޖެތެރޭގެ ރަށެއްގައި ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ބޯންދީ ބިރު ދެއްކި މައްސަލަ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި އަތޮޅުތެރޭގެ ރަށެއްގައި ތިބޭ ކުދިންތަކެއް އެ ރަށުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލަ އިއްޔެ ހަވީރު 6:35 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެެ.
ސޯޝަލް މީީޑިއާގައި އެ ކުއްޖާގެ ބައްޕަ ބުނީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ބެލުމުގެ ދަށުން ބަލަހައްޓާ 17 އަހަރުގެ ދެ ކުއްޖަކު ވަނީ އޭނާގެ 10 އަހަރުގެ ފިރިހެން ދަރިފުޅު، މަޣުރިބު ނަމާދަށް ދިޔަ މަގުމަތީގައި ފަޅު ގެއަކަށް ގެންގޮސް ބިރު ދައްކާފައި ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެ މީހުން ވަނީ ކުއްޖާއަށް ގަދަކަމުން ސިނގިރޭޓު ބޯންދީ ކުއްޖާގެ ގައިގައި ސިނގިރޭޓު ބަޓު ޖައްސާފައިވެ އެވެ. އެކަން މައިންބަފައިންގެ ގާތުގައި ބުނެފި ނަމަ، އެމީހުން މަރާލާނެ ކަމުގެ އިންޒާރު ވެސް އެ ކުއްޖާއަށް ދީފައިވާ ކަމަށް ބުންޏެވެ.
އެ ހާދިސާއަށް ފަހު އެ ކުއްޖާ ހުރީ ބިރުން ކަމަށާއި ވާހަކަ ވެސް ނުދެއްކޭ ކަމަށް ބުނެ ބައްޕަ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ ބަލައި އަވަހަށް ފިޔަަވަޅު އެޅުމަށް އިދާރާތަކަށް ގޮވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
24 November 2025
10 އަހަރުގެ ކުއްޖެއެ އެ ގަޑީގައި ރަށްރަށުގައިވެސް އުޅުމަކީ މިހާރު ރައްކާތެރިކަމެއް ނޫންކަން މި އެނގެނީ.
މަންމަ
23 November 2025
ޢެންމެ ފުރަތަމައިނުން މައިންބަފައިން ނުވާނެ އެކަނި ކުދިން ފޮނުވަންވެސ. ޒިންމާ އަދާކުރަންވާނެ. 17 އަހަރުގެ ކުދިންނަށް ތެރަޕީ ލިބެންޖެހޭ.
ފެންސު
24 November 2025
ކަލެއަށް ތެރަޕީ ދޭންވީ. އެކުއްޖާ އެކަނި ފޮނުވިތަންކޮޅު ތި ފެނުނީ. އެންމެފުރަތަމަ ދައުލަތުން "ބަލަހައްޓާ" ކުދިން ބަލަހައްޓާގޮތް ގޮސް ބަލާބަލަ. އެތާތެރޭ ކުދިން ކުދިންނަށް އަނިޔާކުރުން އެއީ އާއްމުކަމެއް. އެތާތެރޭހިނގާ ވާހަކައެއް އާއްމުކޮށްފިއްޔާ އެމީހެއް ކުށްވެރިވާނީ.
ބެލެނިވެރިޔާ ކޮބާ؟
23 November 2025
10 އަހަރު ކުއްޖާ ނަމާދަށް ދިޔައިރު ބެލެނިވެރިޔާ ކޮބައިބާ؟ އެކަނި މިސްކިތަށް ފޮނުވާ ވަރަށްވުރެ ތަންކޮޅެއް ހަގު އުމުރެއް ނޫންބާ؟
ވާނުވާހ
24 November 2025
ރަށްރަށުގަ އެއަށް ވުރެ ހަގު ކުދިން ވެސް އެކަނި މިސްކިތަށް ދޭ
ޑރ ވާންޗޯ
23 November 2025
ޖެންޑާއިން މެޑެލްޖަހަން ބުނާނެ މިވެނިރަށެއްގަ ބޭތިއްބިކުދިންގެ ތެރެއިން 10 ކުދިން ރަނގަޅުވެގެން މިހާރުއުޅެނީ މިވެނިވަޒީފާތަކެއްގައޭ. ނުބުނާނެ ރަށައް ގެންދިޔަ ކުދިންގެ ސަބަބުން ރަށުން ހަލާކުވި 40 ކުދިންގެ ވާހަކައެއް.
ޑރ ވާންޗޯ
23 November 2025
ތީ ރަށްރަށުގެމީހުން ތިޔަފަދަ ކުދިން އެރަށްރަށުގަ ބައިތިއްބަން ދެކޮޅުހަދާ ސަބަބަކީ. ޖެންޑާއަށްނިމުނީ ގެންގޮސް ރަށައް އަޅާލެވުނީމަ، ހަގީގަތުގަ ޖެންޑާގެ ބެލުމުގެ ދަށުންނޫނީ ތިޔުަކުދިންނަށް ބޭރަށް ނިކުމެވިގެންވެސްނުވާނެ. ތިޔަކުދިންގެ ހައްގުތައް ބޮޑެތިކަމުން ރަށުގެ ރައިއްޔަތުންގެ ދަރިން ގޭގަބަންދުކޮއްގެން އުޅެންޖެހިގެންނުވާނެ.
ކަންނާޑި
23 November 2025
ބަލައިގެން އެއްޗެއް ފެނޭތަ؟
ރަދީފްއޮފިޝަލް /
23 November 2025
10 އަހަރުގެ ކުދިން މިސްކިތަށް ފޮނުވަން ޖެހޭނީ ބެލެނިވެރިއެއްގެ ހިމާޔަތުގަ.ރާއްޖޭގަ ކުޑަކުދީންނޭ ކިޔާ ކެޓަގަރީގަ ތިބި ބައެއް ކުދީންގެ އަމަލުތައް ހުރީ ނުރައްކާ ހިސާބެއްގަ.ގރޑ 6 ކިޔަވާ އަހަރެންގެ ދަރިފުޅު ޔުނިފޯމްގެ ފުރަގަހުގަ އަބަދު ހުންނަނީ ގަލަމުން ކުރަހާފަ.ދަރިފުޅާއި މިކަމާއި ސުވާލުކުރީމަ ބުނީ ފަހަތު ބަރީގަ ތިބޭ ކުދީން ކުރަހަނީކަމަށް.ސްކޫލުން މިކަހަލަ ކަންކަން ހުއްޓުވޭނެ ހަކަތަ ޓީޗަރުން ގައިގަ ނެތް.ދެރަ ދޯ.
މ.ރ.
23 November 2025
ދެން ބެލެނިވެރިޔާ އިންނަންވީ ދަރުފުޅާއެކީ ކުލާހުގަ؟
ޢާޝޯހު
23 November 2025
ޖެންޑާ ކުދިންނޭ ބުނާމީހާ ވެސް ކުށްވެރިވޭ. ސްކޫލުތަކުގައި ވެސް މީހުންގެ ދަރީީންނަށް އަނިޔާ ދީ ޓީޗަރުން ގައިގާ ތަޅާ ބޭނުން ގޮތަކަށް އުޅެނީ. އެއްވެސް ކަމެއް ނުވާނ
raajje
23 November 2025
މިދެންކިހާބޮޑުކަމެއްދޯ ދައުލަތުންބަލަހަށްޓާކުދިންގެތެރެއިން ރަށްރަށްލާންވާނީ ވަކިފެންވަރަކަށް އިސްލާހުވެ އަހުލާގީމިންގަނދު ހިފެހެއްޓޭކުދިން، ކުރިމިލަންލެވެލްގައުޅޭކުދިން ރަށްރަށަށްދޫކޮށް އެރަށްރަށުގާއުޅޭކުދިންގެ ހައްގުތަކާ ސަލާމަތާރައްކާތެރިކަންގެއްލޭގޮތަށް ދައުލަތުން އަމަލުކޮށްގެންނުވާނެ މިފަދަ އަމަލުހިންގާކުދިން ވަގުތުން ރަށުންބާލާ ދައުލަތުގެ އެހެންތާކަށްލާންޖެހޭ، ދައުލަތުންބަލާ ކުދިންނަށްވުރެން ރަށުގާތިބޭ މީހުނާ ކުދިންގެ ހައްގުއިސްވާނެދޯ
ދެރަވަނީ
23 November 2025
އެއްކަމެއްވެސް ނުވާނެ. ސަރުކާރުން ބުނާނީ ބަލަމޭ. މީހުންވެސް ދެދުވަސް ފަހުން ނުހުންނާނެ ހަނދާނެއް. މިނިސްޓްރީއަކުން ނޫސް ކޮންފަރެންސް އެއް އެއްޗެއް ނުއެއްބާއްވާނެ. ހުރިހާ އެންމެން ބޮޑު މުސާރަ ނަގައިގެން ތިބެނީ ފިލާ، ޒިންމާ އިން ފިލަނީ، ރައްޔިތުންނަށް ފިލަނީ ، އަދި ކޮބާ އަމިއްލަ ޕާޓީގެ މަޖިލިސް މެމްބަރުންނަށްވެސް ފިލަނީ. ވަރަށް ސޭޑް ސްޓޭޓެއް.