ސަނީ.-
30 ޑިސެމްބަރ 2025 - 17:01
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުރި ޑރ. ސަނީ އުމަރާ ގުޅޭ ތަހުގީގަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާ ބޮޑު ތަފްސީލެއް ނުދީ، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހި ގޮތަށް އޭނާ އަދި ވެސް ހުރީ ބަންދުގައި ކަމަށް ވިދާޅުވި އެވެ.
އެ ބަންދުގެ މުއްދަތުގެ އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.
ހަލާލް ޓޫރިޒަމްގައި ރާއްޖޭގެ ތަޖުރިބާކާރު، ސަނީއަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ، އެ އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިންނެވެ. ކުޑަކުދިންތަކަކަށް ސަނީ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރިއަސް ފުލުހުންނަށް މައްސަލަ ހުށަހެޅީ އެ ތަނުން އެއް ކުއްޖެއްގެ އާއިލާގެ ފަރާތުން ކަމަށް ވެ އެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ސަނީގެ މައްސަލަ ސޯޝަލް މީޑިއާގައި ތިލަވިއިރު އޭނާ ހުރީ ރާއްޖެއިން ބޭރުގަ އެވެ. އަދި ފަހުން ރާއްޖެ އައުމުން، އެ މައްސަލައިގައި ސުވާލުކުރަން ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ އެވެ. ނަމަވެސް، ތަހުގީގަށް ފަހު ދޫކޮށްލުމުން، އަނެއްކާ ވެސް ރާއްޖެއިން ބޭރަށް ދާން އުޅުނުކަމަށް ތުހުމަތުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރި އެވެ.
އެ މައްސަލައާ ގުޅިގެން، އޭނާގެ ހިއްސާ އޮތް ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާބެ
31 December 2025
ސަނީއަކީ ކުއްވެރިއެއް ނޫން!
ހަލާލު ހަރާން ވަކި ނުވޭ
31 December 2025
ހަލާލު ޓުވަރިޒަމް ޖަހައިން މީނަ ހިންގީ ހަރާން ޖަރީމާ.
އަބްޑޫޅް +
31 December 2025
ހަލާލު ކަން މާ ބޮޑުވީ ދޯވ؟
ކްލައުޑީ
30 December 2025
ޓްރެވަލް ގާއީސް އިން ނެރުނީ ދޮގު ނޫސް ބަޔާނެއް. މެޖޯރިޓީ ހިއްސާ ދާރަކީ ސަނީ. ކިހިނެއްތޯ ބޭރު ކޮއްލާނީ؟ ނޫސްވެރިން އެބަ ޖެހޭ ތިޔައް ވުރެ ރަަނގަޅަށް ރައްޔިތުންނަށް މަައުލޫމާތު ފޯރު ކޮއްދޭން.