ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެބޭންކުގެ ބޯޑް މެމްބަރުން ބައިވެރިވަނީ: ބޭންކިންގެ އުސޫލާ ހިލާފަށް ލޯނު ދޫނުކުރާނެ ކަމަށް އެ ބޭންކުން ބުނި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ނޮވެމްބަރ 2025 - 12:43
ބޭންކިންގެ ގާނޫނާ ހިލާފަށް އެ ބޭންކުން ލޯނު ދޫކުރަން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް ގައުމީ ބޭންކް، ބީއެމްއެލް އިން މިއަދު ދޮގުކޮށްފި އެވެ.
ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާ އެކު، ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ ބޭންކުން ފައިނޭންސް ނުވަތަ ލޯނު ދޫކުރަނީ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި ދައްކާ ވާހަކަތަކެއް ކަމަށެވެ.
އެއީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކަތަކެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، ބީއެމްއެލް އިން ލޯނު ދޫކުރަމުން އަންނަނީ އަދި ކުރިޔަށް އޮތްތަނުގައި ލޯނު ދޫކުރާނީ ވެސް ރާއްޖޭގެ ބޭންކިންގެ ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށެވެ. އަދި ލޯނު ދޫކުރާނީ މިނިވަންކަމާ އެކު، އެ ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންނެވެ.
"އެހެންކަމުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަމެވެ،" ސައީދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އުސޫލާ ހިލާފަށް ލޯނު ދޫކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ބީއެމްއެލް އިން ރައްދު ދިނީ، ޕްރޮޖެކްޓްތައް ބީލަމަށް ނުލައި، ހާމަކަމެއް އަދި ވާދަކުރުމުގެ ފުރުސަތެއް ނުދީ، ސަރުކާރުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި ދެވޭ ގޮތަށް މާއްލިއްޔަތު ގަވާއިދު ބަދަލުކޮށް، 53 ކުންފުންޏަކަށް 206 ޕްރޮޖެކްޓް ހަވާލުކޮށް، އެ ޕްރޮޖެކްޓުތަކަށް ބީއެމްއެލް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ނޫސްބަޔާނެއް ނެރެ، ފާޑުކިޔާފައި ވަނިކޮށެވެ.
ސަރުކާރުން އަމިއްލަ ކުންފުނިތަކާ 206 ޕްރޮޖެކްޓް ހަވާލުކުރީ މި މަހުގެ ހަ ވަނަ ދުވަހު މާލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ހުރިހާ ޕްރޮޖެކްޓެއްގެ އަގު 2.7 ބިލިއަން ރުފިޔާ އަރަ އެވެ. އެއީ ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އަދި ވަގުފް އިމާރާތްތައް އެޅުން ހިމެނޭ ގޮތަށް 123 ރަށެއްގައި ހިންގާ އެކި ޕްރޮޖެކްޓުތަކަށެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު އެ ދުވަހު ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މުޅި ރާއްޖޭގައި ހިންގާ އެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެެއިން ފައިސާ ހަމަޖެހޭނެ އެވެ.
"ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫއުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ،" ޒަމީރު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަދަލު އުޞޫލު
26 November 2025
މިހށރު އުޞޫލު އޮންނަންވީ ސަރުކާރުން ދޫކޮށްފައި ހުންނަ ޕްރޮޖެކްތަކަށް ލޯނު ދޫކުރެވޭނީ އެ ޕްރޮޖެކްޓެއް ލިބުނު ފަރާތަކުން ޕްރޮޖެކްޓަށް ބޭނުންވާ ލޯނު ހޯދުމުން ބޭންކުގެ އިސްބޭފުޅަކަށް ފޯނުން ގުޅާލުނުން ލޯނު ލިބޭ ގޮތަށް، ބިޒިނެސް ކޯޕަރޭޝަނެއް، ބިޒިނެސް އެކްޓިވިޓީއެއް، މޯގޭޖެއް، އިކުއިޓީއެއް، އޮޑިޓްރިޕޯރޓެއް، އާރނިން ކެޕޭސިޓީއެއް ޕްރޮޖެކްޓް ޕްލޭނެއް، ފައިނޭންޝަލް ޕްރޮޖެކްޝަނެއް ބޭނުން ނުވާގޮތަށް،
ޔަޤީން
26 November 2025
ނޫން ނޫން ސަޢީދު! ތިޔަ ބޭންކުން އުޞޫލާ މުޅިންޚިލާފަށް ނޫނީ އުޞޫލު އެފުށް މިފުށަށް ބަދަލުކޮށްގެ ވިޔަސް ތިކަން ކުރާނެ
އާމިނަތު1
26 November 2025
އަސްލު ބޭންކު ހިންގަނީ ގުޑް ގަވަރނަންސް ގެ ދަށުން. ދެން ހަމަ އެއްޗެކޭ ކިޔަނީ
ދެބޯގެރިއެއް
26 November 2025
ދެއިރު ދެދަޅަޔަށް އުޞޫލުން ބޭރުން ލޯނު ނުދޭނެނެކަމަށް ބަޔާންތައް ނެެނީ ތިޔަ ބުނާ ޕްރޮޖެކްޓް ތަކަށް ލޯނުތައް ދޫކުރަން ވެގެން ހިންގާ ދެބޯގެރިއެވެ.
ރޭކާލާ
26 November 2025
ބޭނކަކީ ލޯނުދޫކުރަން ހިނގާ ވިޔަފާރިއެކެވެ. ލޯނު ދިނުމަކީ ބޭންކުގެ ލައިފް ލައިނެވެ. ސަރުކާރުން ބޭނުންވާ ގޮތަކަށް ލޯނު ދޫކުރުމީ ބޭންކުގެ ވެރިންގެ ވަޒީފާގެ ލައިފް ލައިނެވެ. ތިޔަ ޕްރޮޖެކްޓް ތަކަށް އޫޞޫގެ ބޭރުންނާއި ޗާރޓްގެ ބޭރުން ވިޔަސް ލޯނު ދޭނެއެވެ. ރައްޔިތު މީހާ ބޭނުންވެގެން ލޯނު ދޫކުރަންވީމާ އުޞޫލު ވަރަށް ފުޅާ ވާނެއެވެ.
ކެޔާލު
26 November 2025
ތިޔަ ޕްރޮޖެކްޓްތައް ނުނިމިގެން ސަރުކާރުން ކެންސަލް ކޮށްފައި ބަދަލު ދޭން ޖެހުނަސް ތިޔަ ލޯނުތައް ނުދީ ފަރަކު ނުޖެހޭނެއެވެ.
މުރުސިދު
26 November 2025
ބޭންކަށް ގުޅާ އިރަށް އެބަ އަހާ ސިއްރުބަސް ، މިހާރު މަގޭ ސިއްރު ބަސް އިގޭނެ ބެންކްގެ ހުރިހާ ސްޓާފުންނަށް ، އުސޫލުގެ ތެރެއިން
އާމިނަތު1
26 November 2025
ސިއްރު ބަސް އަހަނީ ޒާތީ މަޢުލޫމާތު ހިއްސާ ކުރާކަށް ނޫން، ކާކުކަން ކަޝަވަރުކުރުމަށް.
ވަރިހު
26 November 2025
ތީ ހަމަސަރުކާރުގެ ސިޔާސީ ހަރުގެއެއް، ސަރުކާރު މަޝްރޫއުތައް ހިންގަން ބޭންކުން ލޯން ތިޔަދެނީ މުޅިން އުސޫލާ ހިލާފަށް، ޕްރޮޖެކްޓްތައް ބަހާލި ތަންތަނުގެ ތެރޭގައި ބޭންކް އެކައުންޓްނެތް ޖީއެސްޓީ ނުދައްކާ މިކަހަލަ އެއްވެސް ޕްރޮޖެޓެއް ނުހިންގާ ކިަތައްކުންފުނިއެބައޮތް، ބޭންކްގެ އުސޫލުން މިކުންފުނިތަކަށް ލިބޭނެ ލޯނެއް ނޯންނާނެ އެކަމަކު ސަރކާރުންބުނީމަ އެގޮތަށް ތިއޮތީ ހަމަޖައްސާފަ،
ލާފްމް
26 November 2025
އުސާލާ އެއް ގޮތަށް ވެސް ލޯނު ނުދުން. ޢާންމުން ވީމާ!
ލޯޔަރު
26 November 2025
އުޞޫލު ބަދަލު ކޮށްގެންވެސް ތިޔަ ލޯނުތައް ދޭނެއެވެ.