އަމީން: ބިދޭސީންގެ ނަމުގައި ވެހިކަލް ރަޖިސްޓްރީ ކުރުން މަޑުޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މަޖިލިސް
01 ޑިސެމްބަރ 2025 - 14:37
ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކާއި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ބައެއް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންވެ، ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކުރުން މަޑުޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ބިދޭސީންގެ…
— Mohamed Ameen (@ameen3d) December 1, 2025
މާލޭގެ ތޮއްޖެހުން ކުޑަކުރަން ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން މާލެ ސަރަހައްދުގައި ބޭނުން ކުރެވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމާއި ޕާކިންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހާއްސަ ޕާކިން ބިލްޑިންތަކެއް އެކި ސަރަހައްދުތަކުގައި އަޅާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަޜީމާ
01 December 2025
މީވާވަރަކީ. ކެންޕެއިންގައި އެހީވެދިނީމަ މަޖުބޫރުވަނީ ކިތަންމެ ނާގާބިލުވިޔަސް ގެންގުޅެން. މީ ސިންގަޕޯއަށް ވާން ބޭނުން ގައުމުގެ ހާލަތުހުރިގޮތް
މުން ޖިދު
01 December 2025
ކަލޯ ހިތުން މާ މޮޅުކަމެއް ދޯ ތިކޮއްލީ؟ ދެން އަނެކަކު މަނާ ކުރާނީ ތޮއްޖެހުން މަދުކުރުމަށްޓަކައި ބޭރު މީހުންނާއި އިނުން! އެކަމަކު ވަރިކުރުން ނުހިމެނާނޭ! އެއީ ވަރި ކުރީމާ ބޭރު މީހާ ފުރީމާ އެކަކު މަދުވާނެއުތަ
ޖޭޖޭ އޮކަރޗާ
01 December 2025
މިސަރުކާރު އެއްފަޅި ބާރަށް މެކުހަށްޖަހާފައި ފަތާއިރު އަނެއްފަޅީގައިތިބޭ މިކަހަލަ ކަނޑުމަތިއަޅާފައިވާ ސްލޯ މިނިސްޓްރީގެ ސަބަބުން ސަރުކާރުގެ ދުވެލި ވަނީ ސަމްވަޓް މަޑުޖެހިފައި.
ލޯމާފާން
01 December 2025
އަހަރެންގެ ސައިކަލްއަށް ރޯޑްވޯދިނެސް ހެއްދި އެއްވެސް ފަހަރަކު އެގަރާޖަކަށް އަހަރެން ސައިކަލް ނުގެންދަން، ވައިބަރ އިން ރެޖިސްޓްރޭޝަން ކޮޕިއެއް ފޮނުވީމަ ދެން ބުނީ ނިމިއްޖެއޭ ބަލާ އަންނާށޭ. މިއީތޯ މިކަން ދުނިޔޭގަ އެހެން ތަންތަނުގަ ހިނގާ ގޮތަކީ؟
ނަނަނަ
01 December 2025
ނަތީޖާ އަކީ ބަންގާޅީން ދިވެއްސެއްގެ ނަމުގަ ސައިކަލް ރަޖިސްޓަރީ ކޮށްގެން ދުއްވުން. ބޭންކް އެކައުންޓާ ޑެބިޓް ކާޑާ، ކްރެޑިޓް ކާޑް ގެންގުޅޭ ގޮތަށް. ކޮންމެ ދިވެއްސަކަށްވެސް 1 ސައިކަލް ރަޖިސްޓާރީ ކުރެވޭ ގޮތަށް ހަދަންވީނު..
ގޫކޭލި
01 December 2025
މިގައުމުގެ ހާލަތަކީ ސިއިކަލްތަކުގެ ރޯޑުވާދިނަސް ހަދަން އެކަންކުރާ ގަރާޖަކުން އެއީ މިދުނިޔޭގައި ހުރި އެއްޗެއްތޯ ސިގުނަލްތައް ވޯކްކުރޭތޯ، ޓައިރު ގޭނިގޮސް ބަދަލުކުރަންޖެހޭތޯ ބްރޭކްސް ވޯކްކުރޭތޯ މީން އެއްވެސް ކަމެއް ބެލުމެއްނެތް. ފޮޓޯގަޑަކުންވެސް. ޕައިސާކޮޅާ ރަޖިސްޓްރީ އާއި ލިބުނީމަ ނިމުނީ. ދެޓް އިޒް ދަ ރިޕްބްލިކް އޮފް މޯލްޑިވްސް!
ފަހަތު ފައި
01 December 2025
ކަންކަން ނުކުރާ މިނިސްޓަރ
ދާއިން
01 December 2025
ނާގާބިލް މިނިސްޓަރ
އަލީ ސަލީމް ޖުމްހޫރީ
01 December 2025
ސަޅިއެއްނު އެހެންވީމަ. ދިވެހިންނަށް ރަޖިސްޓްރީ ނުވޭ މިސަރުކާރު އައިފަހުން. އެކަމް ބިދޭސީން އެބަކުރޭ ހެސްކިޔާފަ. ގޯތިވެސް ގަރާޖްވެސް އެމީހުން އަތުގައި ހުންނަނީ ތޯއްޗެއް
އޮނަރަބްލް އަފީފު ދީދީ
01 December 2025
ވެހިކަލްތަކުން ބޭރުކުރާ ދުމާއި އޭގެ ޓަޔަރު ތައް ގޭނިގެން އުފެދޭ ވިހައިގެ ސަބަބުން ކ.މާލޭ ސަރަޙައްދުގެ ވެށި އޮތީ އިންސާނުން ދިރިއުޅެން ކަމުނުދާ ވަރަށް ތަޢައްޔަރު ވެފައި. އެކަމަކު ވެސް ބޭކާރު ދުއްވުން މަދު ކުރުމަށާއި އެކްސީޑެންޑް ފަދަ ކަންކަމަށް ހައްލު ހޯދަން އަދި ތަނުގެ މެއިންޓަނަންސް އަށް އަހަރަކު އެތައް މިލިޔަން ރުފިޔާ ޙަރަދު ކުރާ 300 މިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން އަޅާފައިވާ ބުރިޖްގައި ޓޯލްގޭޓް ހަރުކޮށް ފީނަގާކަށް މާލޭސަރުކާރު ބޭނުމެއް ނުވޭ.
ހަސަންކާރި
01 December 2025
އައްޑޫ ލިންކު ރޯޑުން ޓޯލް ނަގަން ކެރޭނެބާ؟
މިއަދު އަޅުގަޑުމެންގެ މާލެ
01 December 2025
މިހާރު ދެން ތިއޮތީވާނެ އެއްޗެއްވެފައި. އަބަދު ޓްރެޕިކްޖޭމް، ދުއްވާނެޖާގައެއްނެއް، ޕާކުކުރާނެތަނެއްނެތް، ކޮންމެ އިމާރެއްތެއްގެ ގްރައުންޑް ފުލޯއަކީ ގޯޑައުންނެއް، ވެހިކަލަކުން މީހާކު ފައިބާން މަޑުޖަހާއިރަށް ސިކުންތެއްގެ ތެރޭ އެމަގެއް ފުރެންދެން ދިގު ކިއުލައިނެއް، ދެން ބަރުގޮން އަޅަން އެފެށުނީ، ކުނިވަސް ނުދުވާމަގެއް މަދު، ކުނިޕިކަޕް ސަންދުއްވަމުން ނުދާވަގުތެއް ނުދާނެ، އެދޭތެރެއަށް ގޭސްޕިކަޕް، ޕެންޕިކަޕް، މުދާހުސްކުރާ ޕިކަޕް ސަލާމަތެއްނެތް.