މަގު ހެދުމަށް ދެން ބަންދުކުރާނެ ސަރަހައްދު.
04 ޑިސެމްބަރ 2025 - 11:40
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދުގަ އެވެ. އެތަނުގެ މަގު ފުޅާކޮށް، އެ މަގުގައި ތާރު އަޅާނެ އެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުއަކީ އާންމުންގެ އުއްމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫއުއެއްކަން ޔަގީންކުރުމުގެ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލާ ކަމަށެވެ.
އެެހެންވެ، އެކަމާ ގުޅިގެން އާންމުން ދެކޭ ގޮތް ހޯދުމަށް ކުރިއަށް ގެންދާ އެ ސާވޭގައި އަހަނީ މަސައްކަތުން ލިބޭނެ ފައިދާ އާއި މަގު ބަންދުކުރުމުން ދިމާވާނެ، ދަތިތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ އެވެ. އަދި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ބޭނުންކުރަނީ ކޮން ބޭނުމެއްގައިތޯ ވެސް އެމްޓީސީސީން އަހަ އެވެ.
We welcome public feedback on the Phase 2 of the Boduthakurufaanu Magu North Side Development Project. Your input is vital to ensure the project meets community needs and sustainable development goals.
— MTCC Plc (@MTCCPlc) December 3, 2025
👉 Scan the QR code or click the link below to participate:
🔗… pic.twitter.com/FjZT7X9oWL
- މަގުފުޅާކުރުމަށް، ބަނދަރު ތެރެއިން 7 މީޓަރުގެ ފުޅާ މިނުގެ ސަރަހައްދެއް ވެލިއަޅައި ހިއްކުން.
- ބަނދަރުގެ ކީވޯލް އަލުން ހެދުން.
- މަގު އެއްވަރުކޮށް ތާރުއެޅުން.
- މަގުގައި ފެންބޮޑުވުން ހައްލުކުރަން، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން.
- މަގުގެ ދެފަރާތުގައި މީހުން ހިނގާނެ ސަރަހައްދަކާއި ގަސް އިންދާނެ ސަރަަހައްދުތަކެއް ކަނޑައެޅުން.
- މަގުގައި އުޅަނދު ދުއްވުމަށް ބޭނުންވާ ލޭނުތައް ކަނޑައެޅުން.
އެކަމަކު އެ މަޝްރޫއު ފަށާނެ ތާރީހެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.
ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގާތްގަނޑަކަށް 144 މިލިއަން ރުފިޔާގެ އެ މަޝްރޫއުއަށް 455 ދުވަސް ހޭދަވާނެ އެވެ. އެކި ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދާތީ މިދިޔަ އޮގަސްޓް މަހުގެ މެދަކާ ހިސާބުން ފެށިެގން މާރުކޭޓު މަގުގެ އެއްބައި ވަނީ ބަންދުކޮށްފަ އެވެ.
އެ މަސައްކަތާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރޫއުއަކީ މާލޭގެ ތޮއްޖެހިފައިވާ ވެހިކަލްތަކުން ދަތުރުފަތުރަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިއްމު ބައިގެ ފެށުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޑަހަންޖާ
04 December 2025
އެއާޕޯޓެއް އެޅޭހާ ފައިސާއިން މަގެއްގެ ތަންކޮޅެއް ދޮޅަހަކަށް ފޫޓަށް ފުޅާކުރަން ތިޔަ ޕުރޮޖެކްޓު ހިންގާއިރު ރަށުގެ ރައްޔިތުންގެ ހިލަމެއް އެބަވޭތޯ. މަސައްކަތްކުރާމީހުނަށް ސައިހަދައިގެން އެބަނިކުމޭތޯ. މަސައްކަތްކުރާއިރު ކުނިކަހާދޭން ތިރަށުމީހުން ނިކުމެތިބޭތޯ. މާފަތި ހިފައިގެން ރަށުރައްޔިތުން ނިކުމެ ސަފަކަށް އެތުރިގެން ތިބޭތޯ.
އެބްރޮން
04 December 2025
7 މީޓަރު ހިއްކަން ބޭނުންވާނެ ވެލި މާލޭ ސްވިމިންގ ޓްރެކުން ނަގައިފި ނަމަ އެއްދޮނުގައި ދެބުނި ޖެހޭނެ. ދިޔަވަރު ހިކި ގަޑީގަ ފަތަން ދަސް ކުރާ ކުދިން މިހާރު ޖެހެނީ ބޮލި ހިލަން. ހެހޮ ނުވާނެ މިކަން ކޮށްލަދީ
ހޮޓްކިންގ
04 December 2025
ސަލްޓަންޕާކާއި އިސްލާމީ މަރުކަޒާދެމެދުން ކައިވަތެއްހާތަން ނުހުޅުވާން އެތިބެނީ އެއީ ޒިތާރެއްހުރީމަތޯ؟ އެހެންޏާ އިސްލާމީ މަރުކަޒާގަމަޔަށް ދުއްވާއެއްޗެހިވަދޭ. އަނެއްކޮޅުން ސަލްޓަންޕާކުގެ ގޭޓާހަމަޔަށް ވެހިކަލްވަދޭ. ހުރަސްކޮށްފައި ދިއުން ފާފައެއް. އެމަގެއް ބަންދުކޮށްފާއޮތީމާ ޖެހޭ އުނދަގޫ ނުވިސްނެނީތަ؟
ކައްޒާބުދޮންތުއްތު
04 December 2025
ރައްޔިތުން ބޭނުންހާގޮތަކަށް މަގުތައް ހެދޭތަ؟ މަގުތަކަކީ ބޮޑުތި ޕުރޮފެސަރުންނާ މަޝްވަރާކޮށްގެން އެމީހުން ހަދާ މޮޑެލްތަކުގެ މައްޗަށް ހަދާންޖެހޭ އެއްޗެއް.
ބަބުރު
04 December 2025
އާންމުންގެ އަތައް ވެރިކަން ކުރަންދޭންވީނުން ގާއިމު ބަލާނަން ކޮރަޕްޝަނަކާއި ނުލައި ގައުމު ހިންގަން
ހުރީ
04 December 2025
މި ދިވެހިން ފާޑުނުކިޔާނެގޮތަކަށް އެއްކަމެއްވެސްނުވޭ ހާދަ ހިތްމޮޅޭ ރައްރަށުގަ އަދިވެސް އެއުޅެނީ ޖެޓީދޮށުގަވެސް ގާކޮޅެއްނޭޅީ މަގުތަކުގަ ބޮޑެތި ވަޅުވަޅުހުރެގެން ދުއްވާއެއްޗެހި ނުދުއްވިގެން. މާލޭ މަގުތައް ފަސް އަހަރުނަ ފަސްއަހަރުން އެބަ އަައުކުރޭ.
ޓޫލޭޓް
04 December 2025
ހަބަރު ގެނެސް ދީފަ މިއޮތީ ޚިޔާލު ފާޅުކުރަން އޮތް ދުވަސް ފާއިތުވުމުން، ލިންކް އިޒް ކޮލޯޒްޑް
މޫސާފުޅު
04 December 2025
ޚިޔާލެއް ނުދޭނަން.. އެންމެ ފަހުން ބުނާނެ، ވިޔަފާރިތަކާއި އާއްމުންނަށް ދަތިވާތީ، އެ މަގު ހަދާކަށް ރައްޔަތުން ބޭނުމެއް ނުވިއޭ..
ކޮސް
04 December 2025
ރައޔިތުންގެ ޚިޔާލު ހޯދަންޏާ އެކަން ކުރަންވާނީ ހާމަކޮށް. މާނައަކީ އެންމެންގެ ޚިޔާލުތައްވެސް ފެންނަންވާނޭ .އެހެންނޫނީ ރައްޔިތުންގެ ޚިޔާލޭ ކިޔާފަ , ވަކިމީހަކު ބޭނުންވާގޮތަށް ނިންމުމުގެ ފުރުޞަތު އޮންނާނީ. ދެން ރައްޔިތުން ދައްކާނެ ވާހަކައެއް ނޯންނާނެ. މީކަންނޭންގެ ބޭނުންވެގެން އެއުޅޭ ގޮތަކީ.
މަހީކް
04 December 2025
ބޮޑުފާލަން ރައީސް އޮފީސް ކުރިމަތި ހަމަޖެއްސުން..ޖުމްހޫރީ މައިދާން ކުރިމަތި އަތޮޅުތަކަށް ފުރާ. ޢަދި އަންނަ މީހުންނަށް ފަސޭހަވާނެ ގޮތަކަށް ހަމަޖެއްސުން..