ބައްސާމް: އޭނާ ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިނުގަންނަން އެ ކޯޓުން މިއަދު ވަނީ ނިންމާފައި
07 ޑިސެމްބަރ 2025 - 18:29
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނާ ދިފާއު ކްރިމިނަލް ކޯޓުން ބަލައިނުގަތް މައްސަލައިގެ އިސްތިއުނާފު ހައި ކޯޓަށް ވެސް ބަލައިނުގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މި އަހަރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށް ލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި ދިފާއު ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވީ އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލު ބައްސާމްގެ ފަރާތުން ހުށަހަޅާފައި ނެތުމުންނެވެ. ރަޖިސްޓްރާގެ ނިންމުމުގައި ބުނީ ދަށު ކޯޓުގެ ނިންމުން ގާނޫނީ ގޮތުން ގޯސްވާ ސަބަބެެއް ތަފްސީލުކޮށް ބަޔާން ކޮށްފައި ނެތް ކަމަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ބައްސާމްގެ ފަރާތުން ބުނެފައިވަނީ ފީފާގެ ފައިސާތަކަކަށް ހިނާޔާތްތެރިވި ކަމަށް ބުނާ މައްސަލައެއް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށާއި އަދި ފީފާގެ ހުއްދަ ނެތި އެފަދަ ކަމެއް ކުރުމަކީ އެ ގައުމެއް ފީފާއިން ސަސްޕެންޑް ކުރެވޭނެ ކަމެއް ކަމަށެވެ.
ބައްސާމްގެ ފަރާތުން ބުނެފައިވާ ގޮތުގައި އެ މައްސަލަ ބެލުމުގެ ކުރިން ފީފާގެ ހުއްދަ ދައުލަތުން ހޯދާފައެއް ނުވެ އެވެ. އަދި އެހެން ބައެއް ގައުމުތަކުގައި ވެސް އެފަދަ ކަންކަން ދިމާވުމުން އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ފީފާގެ ހުއްދަ ނެތި އެފަދަ ކަންކަން ނުބަލާނެ ކަމަށް ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ.
ނަމަވެސް ދައުލަތުން ބުނީ، ފީފާއިން އެފްއޭއެމަށް ފައިސާ ދިނީ ވަކި ބޭނުމެއްގައި ކަމަށް ވާއިރު، އެއާ ހިލާފަށް އެ ފައިސާ ބޭނުންކޮށްފި ނަމަ އެ މައްސަލަ ދިވެހި ފުލުހުންނަށް ބެލޭނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އެފަދަ ކަންކަމަށް ނުހިނގާނެ ސަބަބެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ވެސް ނިންމީ ފީފާގެ އުސޫލުތައް ރާއްޖޭގެ ގާނޫނަށް ވުރެ އިސް ނުވާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމާފައިވެ އެވެ.
ބައްސާމްގެ މައްޗަށް ތަހުގީގު ހިންގަން އަމުރު ނެރުއްވައި، އޭނާގެ މައްޗަށް ދައުވާ އުފުލި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިކަމާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ ފީފާއިން ދޭ ފައިސާ ރާއްޖޭގެ އެއްވެސް އިދާރާއަކަށް ނުބެލޭ ގޮތަށް ގެންގުޅެވޭނެ ކަމަށް ދެކުމަކީ، މަނީ ލޯންޑަރިން ހުއްޓުވުމާ ބެހޭ ގާނޫނާ ވެސް އިދިކީލި މަފްހޫމެއް ކަމަށެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ވެސް ހިލާފުވާނެ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.
ފީފާއިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމަށް ބައްސާމް ފާހަގަކުރާއިރު ޝަމީމް ވިދާޅުވީ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެއީ ފީފާއިން ނިންމާނެ ކަމެއް ކަމަށާއި ސަސްޕެންޑް ކުރިއަސް، އެ ކަމަކީ ބައްސާމްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނުބޭ
08 December 2025
ބައްސާމާ ބައްސާމުގެ ވަކީލުން ކުރެން އަހާލަން ބޭނުންވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތައް ބައްސާމު ހިތުހުރިހާ ގޮތަކަށް ބޭނުންކުރީ ފީފާގެ ބަހެއް ހޯދައިގެން ބާވައޭ ނުވަތަ ފީފާގެ ހުއްދަ ލިބިގެން ބާވައޭ. އަދި އަހަރެން ހިތަށް އަރާ ދައުލަތުގެ ވަކީލުން ނުވަތަ ގާޒީން މި ސުވަލު ނުކުރީ ކީއްވެގެން ބާވައޭ.
ކުޑަފީފާ
08 December 2025
ބައްސާމަކީ ވ. ދިވެހި ފުޓްބޯޅަ ކޮމިއުނިޓީ އަށް ބޭރުގެ ޖަމިއްޔާ އަކުން ދިން އެހީގެ ފައިސާކޮޅު ނެގީ ބައްސާމެވެ. އފައިސާ ބައްސާމު ނެގީ ފީފާ އިން ބުނުގެންތޯއެވެ، ތިޔަ ވަކީލަކީވެސް ދިވެހި ޒުވާނުންނާ އިދިކޮޅު މީހެކެވެ.
އަލީބޯ
08 December 2025
މިނޫސްވެރިންވެސް މާމާތް މީހަކަށް މީނަހަދައިގެންމިއުޅެނީ ,ބައްސާމުނެންގެވިޔޯ
09982
08 December 2025
ޝަމީމްއަކީ ވަރަށް ކުޅަދާނަ ބޭފުޅެއް. ދޫނުދެއްވާތި. ބައްސާމް ހީކުރީ ފީފާއިން ފޮނުވާ ލާރިއަކީ އޭނަ އަމިއްލަ ބޭނުމަށް ފޮނުވާ ލާރި ކަމަށްތަ؟ މުޅި އެފްއޭއެމް އާަި ދިވެހި ފުޓްބޯޅަ ފުނޑާލި މީހެއް. ކުޑަގޮޅީގަ ބާއްވަން ޖެހޭނީ
ކިމް
08 December 2025
މީނަ މިހެން މޫނު ހަދައިގެންތަ ޖަލުގަވެސް އޮންނަނީ؟
އަލިތަކުރުބޭ
07 December 2025
"ބައްސާމް ނެންގެވި" އެމަނިކުފާނު ފީފާއިން ފޮނުވި ލާރިން ވައްކަންފުޅެއް ކުރައްވައި ވަޑައިގެންނެވިކަމަށް ފީފާއިން ނުބުނާތީ ޖެހިގެން މިއުޅޭ މައްސަލަ.
ސަނަމް
07 December 2025
މިވެސް މިގައުމުގެ ދަރިއެއްދޯ. ކިޔަވައިގެންވެސް ހުރި ސޮރެއްދޯ. ހިތުތެރޭ އީމަންކަމެއް ނެތީމާ ކީއްކުރާނީދޯ... ހަލާލުނުންގޮތުގައި މުއްސަދިވާން އުޅެގެން ބަލާ މިއޮތްލިބުނު ލަނޑެއް،
ގޫކޭލި
07 December 2025
ފަޚުރުވެރި އާއިލާއެއްގެ ނަން މީނަގެ ސަބަބުން ކިލަނބުވެ ނިމިއްޖެ. ވެއިޓަ މިނެޓް! އަލަގަހަކުުން ކެޔޮނިރެއް ނުފަޅާނެއޭ މުސްކުޅިން ބުނާބަހުގެ މާނައަށް ބަލާއިރު....އޯކޭ...މޭބީ
ސަތަރޭ
07 December 2025
ބޭރުގައުމުތަކުގައި ހަދާ ގޮތައް ގައުމަށް ދިމާވާ އެކިއެކި ގުދުރަތީ ކާރިސާތަކަށް މިފަދަ މީސްމީހުންގެ ނަން ބޭނުންކުރާ ހިސާބަށް މިމީހުންގެ ކަންތައްތަ ގޮއްސި!
ހަހަހަ
08 December 2025
ތެދެއް ކޮން ދީތުވައެއްތަ ތޫފާން ބައްސާމް
އިބިރިހިން ކަލޯ
07 December 2025
ދިވެހިން މިވަރުކަމެއް މިއިންޒަމާނަކުވެސް ނުދެކޭކަންނޭގޭ. އަދީބްެވެސް ނެގިއެއްޗެއް ނަގައިގެން އެޅިބަޔަކަށް ބައިއަޅައިގެން ގެއްލިއްޖެ. ވެންޓް އޮފް ދަ ގްރިޑް. މީނަގެ ކަންތައް ދުަވަހަކަށްވުރެ ދުވަހެއް މައްޗައް. ރިޑިކިއުލަސް މިބަސްވެސް ނުފުދޭ. ހުރެގެން މުޅިތަނުގައި ޗަރުކޭސް އަބުރަނީ.