އަޒްމީލް
11 ޑިސެމްބަރ 2025 - 08:32
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސުވިޗު ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން އަންނަނިކޮށް، ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނު އަޒްމީލް އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.
އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
އަޒްމީލަށް އިތުރު ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސްގައި ބެންކޮކަށް ފުރުވާލަން މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ ތައްޔާރުވަނީ.
އެނގިފައިވާ ގޮތުގައި އަޒްމީލްގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ބެލެހެއްޓީ ސްޓެލްކޯއިންނެވެ. އޭގެ ތެރޭގައި އިތުރު ފަރުވާ އަށް އެއާ އެމްބިއުލާންސްގައި ތައިލެންޑަށް ގެންދިއުން ވެސް ހިމެނެ އެވެ. ސްޓެލްކޯ އިން ކުރިން ބުނެފައި ވަނީ އަޒްމީލްގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯ އިން ކުރިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހުމާލުކުންފުނި
11 December 2025
ޓެކްނިކަލް ދާއިރާއަށް ޒިންމާވާނެ އިންޖިނޭރިންގް ބޯޑެއް ނެތް. އެކަމަކު އިންޖިނޭރިންގު ދުވަހެއް ފާހަގަކޮށް ފޮޓޯ ޖެހީމާ އެނިމުނީ. ސޮރީ... إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ މައްޔިތާގެ ފުރާނައަށް ހެޔޮ ރަހުމަތްލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި.
މިރުޝާދު
11 December 2025
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވާ. އާއިލާ އަށް ކެތްތެރިކަން ދެއްވާށި.
ދެރަވެޔޭ
11 December 2025
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ .. ދަންނަ ސޮރެއް. އަބަދުވެސް ހިނިތުންވެފަ ހުންނަތަން ފެންނާނީ. ހާދަހާ ދެރައޭ. ޤައުމުގެ ކަރަންޓުގެ ދާއިރާގެ ކަންކަން ފާއިތުވީ ސަރުކާރުތަކުންނާ މިސަރުކާރުން ސިޔާސީ ކޮށްލުމުގެ ނަތީޖާ އަކީ މިކަހަލަ ދެރަކަންކަން ހިނގަން މެދުވެރިވުން. ކަރަންޓު ކުންފުނިތަކުގެ ހުރިހާ ކަންކަމެއް، އަދި ރިސޯޓުތައްވެސް، އިސްލާހު ނުކޮށް ނުވާނެ. ދެން ބުނަންޖެހޭ އެތި ބޮޑުކަމުން ނިންމާލީ. މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާށި.
އަބްދުﷲ
11 December 2025
ހައި ރިސްކް ވަޒީފާތަކުގައި އުޅޭ ސަރުކާރުގެ އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ހެލްތު އަދި ލައިފް އިންސޫރެންސް (1މިލިއިން ޑޮލަރުގެ ލައިފް އިންސޫރަންސް) ނަގައިފައި އޮންނަން ޖެހޭގޮތަށް ގާނުނެއް ފާސްކުރަން ޖެހޭ. އެމްޕީއެލްގެ ވަޒީފާގައި އުޅޭ މުވައްޒަފުންވެސް ގިނައަދަދަކަށް އެކްސިޑެންޓުތަކުގައި ނިޔާވެފައި އެބަހުރި. އެމީހުންގެ އާއިލާ ބިކަވީ، ކުދިން ކޮޅު ޔަތީމުވީ. ރައީސް މުއިޒުއަށް ދަންނަވަން އަވަސް ފިޔަވަޅެއް އަޅަން.
ޑަމީ
11 December 2025
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ.
އަޙް
11 December 2025
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
އަލީ1
11 December 2025
ދެރަކަމަކީ އަޙަކުގެ މަރުގެ ޚަބަރު ލިބުމުން ފުރަތަމަ ކުރަންޖެހޭ ކަންތައްނުކޮށް، އަހަރުމެން އަވަދިނެތިމި އުޅެވެނީ މޮޅެތިވާހަކައިގަ. إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ޢުތުރު
11 December 2025
މުވައްޒަފުގެ ދަރިންތިބިނަމަ އެކުދިން 18 އަހަރުވަންދެން، މުވައްޒަފުގެ މުސާރަ އެކުދިންނަށް ދިނުމަށް ގޮވާލަން...
ޑަމީ
11 December 2025
ރައީސުން ނާ، މަޖްލިސް ގަ ތިބޭ މީހުން ނަށް އުމުރަށް ދެވެންޏާ، ރަށްޔިތުންގެ މިކަހަލަ ކޭސް ތަކަށް އެ ހަށްގު މާ ބޮޑު.
ކުންފުނީގެ މުވައްޒަފު
11 December 2025
ތިޔަ ވިދާޅުވި ޕޮލިސީއެއް ސްޓެލްކޯގައި ވަރަށް ކުރިންސުރެ ހަމަޖައްސާފައި އޮތްވާހަކަ ބުނެލަން. އަދި އެގޮތަށް ސްޓެލްކޯއިން އަމަލުކުރާނެކަމުގެ ޔަގީންކަން އަހަންނަށް އޮތްވާހަކަ ވެސް ފާހަގަކޮށްލަން.
ޟިޒް
11 December 2025
ހާދިސާ ދިމާވ އިރު ސަލާމަތީ ފިޔަވަޅު އަޅާފައި ވޭތޯ!! ސަލާމަތީ ހެދުން،އަންގި،ބޫޓް،އަންގި ...
ޖހނކހ
11 December 2025
ރައްޔިތުން ހަޅޭއްލަވާނެތީ ކަރަންޓު ކަނޑާނުލާ ހުރެ ގިނަ މަސައްކަތްތައް ކުރަން ޖެހެނީ. ކިހާ ދެރަ. ރައްޔިތުންނަށް ވަރަށް ސަލާމް.
ޭސީދި
11 December 2025
މޮޅު ވާހަކަ ނުދަށްކާ.
ފަރަންސް
11 December 2025
ރައްޔިތުންގެ ބޮލަށް ނުޖަހާ. މި ގައުމުގެ ސިޔާސީ މީހުންނަށާ ވިޔަފާރިވެރިންނަށް ކޮރަޕްޝަން ކަޓު ދޭން ހަދައިގެން ރިޑަންޑަންސީ އެއް ނެތް. ކޮންމެ ދައުރެއް ނިމޭއިރު އެތައް ބިލިޔަނެއް އެބަ އިސްރާފުވޭ ކޮރަޕްޝަނަށް.