ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ޑިސެމްބަރ 2025 - 20:28
ޓީޗަރުންނަށް އަނިޔާކޮށް، ކްލާސްތެރޭ ސަކަރާތް ޖަހައި އަހުލާގީ މައްސަލަތައް ދިމާވާ ދަރިވަރުން ސަސްޕެންޑް ކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އިއްޔެ ހިނގި ތަޅާފޮޅުމުގެ ވީޑިއޯ އާންމުވުމާއެކު މިނިސްޓްރީން ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ. ޓީޗަރުގެ ގައިގައި ދަރިވަރު ވެސް ޖަހާ މަންޒަރު ވީޑީއޯ އިން ފެންނައިރު، ދަރިވަރަށް ފިޔަވަޅު ނާޅައިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ.
މިނިސްޓްރީން މިއަދު ވަނީ އެ ދަރިވަރަށް ފިޔަވަޅު އަޅައިފަ އެވެ. އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެފަދަ އަހުލާގީ މައްސަލަތަކުގައި މީގެ ކުރިން ދަރިވަރުން ސަސްޕެންޑްކުރަމުން އައި ނަމަވެސް އިއްޔެއާ ހަމައަށް އޮތީ ހުއްޓާލާފައި ކަމަށެވެ.
އެކަމަކު ޓީޗަރުންގެ ގަޔަށް އަތްލައި ކްލާސްތެރޭގައި އެފަދަ ގޮތަށް އުޅޭ ނަމަ ދަރިވަރުން ސަސްޕެންޑްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޫލުތަކަށް އަންގާނަން ދަރިވަރުންގެ އަހުލާގަށް އިސްކަން ދީގެން ކުދިން ކްލާސްރޫމުގެ ޓީޗިންއަށް ރެޑީވުމަށް ހާއްސަ ކަންތައްތަކެއް ކުރުމަށް ގޮންޖެހުން ބޮޑެތި ދަރިވަރުން ތިބި ނަމަ،" އޭނާ ވިދާޅުވި އެވެ.
ސްކޫލުތަކުގައި ގޯސްކޮށް އުޅޭ ކުދިންނާއި އަހުލާގީގޮތުން ދަށް ކުދިން އިސްލާހު ކުރުމަށް ސަސްޕެންޑް ކުރުމުގެ ބާރު ކުރިން ޓީޗަރަށް ވެސް ދީފައި އޮވެ އެވެ. ނަމަވެސް ސަސްޕެންޑް ކުރުން ފަހުން މިނިސްޓްރީން ހުއްޓާލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
13 December 2025
އެކަހަލަ ކުދީން އިޝްކޫލުން ކަނޑާލާފަ، ފާހާނާ ސާފުކުރާ މީހުންގެ ވަޒީފާ ދީ.
ރަގަޅުވާނެ
12 December 2025
އިސްލާހިއްޔާ އަލުން ހުޅުވަންވީ.
ހުޅަނގުގެ ހަޟާރަތު
12 December 2025
ކޮބާ ހުޅަނގުގެ ގޮތްގަޑު ފެތުރުމުގެ ނަތީޖާ ވަރަށް ތާހިރުވޭނުންއް އެބަ؟
ހަޔާތްލަދު
12 December 2025
ކުލާސްރޫމުގަ ބަދުއަޚުލާގީކޮށް ތިބި ދެދަރިވަރުންނޯ؟ މިކަހަލަ މީހުންނަށް ފިޔަވަޅުއަޅައި އަދަބުދޭން ޅަފުރާގެ ބޮޑެތި ކުޑަކުދިންނަށް ހާއްސަ ކްރިމިނަލް ޖަސްޓިސް ސިސްޓަމެއް ހަދަންޖެހޭއެބަ. މިއުމުރުގެ މީހަކުގޮސް މީހަކު މެރިޔަސް އަދަބެއް ނުދޭ. މީހަކު ތަނަކުން ކޮށްޕާ ވައްޓާލިޔަސް ކުޑަކުއްޖެކޭ ކިޔާފަ ނޫސްތަކުގަ ލިޔެނަގާނެ. ސަސްޕެންޝަނަކުން ނުފުދޭ ތިކަހަލަ އުޅުމުގެ މީހުނަކަށް! މާދަމާގެ ކުށްވެރިންނަށް ވުމަށް ތިމަގު ކޮށައިދެނީ!
ރައިޓްބްރޯ
12 December 2025
ގައުމު ބިނާކުރާ، ޝަރަފުވެރި، އަދި ލޮބުވެތި ދެވަނަ މައިންބަފައިންގެ މަގާމޭބުނެވުނަސް ޓީޗަރުންކޮޅު މިއުޅެނީ ހާދަ ހާލެއްގައެވެ. ތިޔަ މަންޒަރުތައްފެނި މިހުރީ ހިތްދަތިވެ ބަސްހުއްޓިފައެވެ. ޓީޗަރ ފަކީރުގެ ކެތްތެރިކަން ކޮޅުންލީ ކަންނޭގެއެވެ.
ބާލިދީ
12 December 2025
މިކަހަލަ ކުދިންނަކީ ހަނގާ ކުރުމުގައިވެސް ލީޑްކުރާ ކުދިން. މިކުދިން މިއުމުރަށް އައިއިރުވެސް ރަނގަޅުނުވެ އެތިބީ ޓީޗަރުންނާއި ، ސްކޫލު މެނޭޖްމަންޓް ، މިނިސްޓްރީ ގެ ދޯދިޔާ ސިޔާސަތުތަކުން. ހަނގާގެ ސަބަބުން ކުދިން ކިޔެވުން މަތިން ފޫހިވެ ، ކިޔެވުމެއް ވަރަށް ބޮޑަށް އަސަރުކުރޭ. މިކަމުގަ އަސަރު މުޅި އުމުރަށް ދެމިގެންދޭ. މިނިސްޓްރީން ވަނީ މިކަމަށް އިހްމާލު ވެފައި.
އުނދުޅު
12 December 2025
މައިންބަފައިންގެ އިހުމާލު ކޮބާ؟
ޙަންޏާމީދޫ ކޮށި
12 December 2025
ހުރިހާވެސް މައްސަލައަކީ ކުދިންކުރާ ކުށަށް ފިޔަވަޅުއެޅޭނެ ނިޒާމެއް ނެތުން. މިނިސްޓްރީގަ ނެތް އެހިއްވަރުވެސް. ކުދިންގެ ކިތަންމެ މައްސަލައެއް މިނިސްޓްރީއަށް ފޮނުވިޔަށް ބެލެނެވެރިޔާ ސުކޫލްގެ ވެރިންނަށް ބަވާ ހަޅޭލަވާފަ މިނިސްޓްރީއަށް ގުޅާފަ ސިޔާސީ މީހަކާ ގުޅާލީމަ ކުށްވެރިވި ދަރިވަރު ހުދު ފޮތިކޮޅަކަށް ބަދަލުވޭ. ސްކޫލުން އެފަދަ ކުދިންނަށް މި ނިޒާމުގެ ތެރެއިނ ފިޔަވަޅެއް ނޭޅޭ
ސަލާ
12 December 2025
ސަބަބަކީ ގިނަ ފަހަރަށް އެފަދަ ކުދިންނަނީ ސަރުކާރު އިސް ފަރާތްތަކުގެ ދަރިން. ދެން އެ ދަރިންނަށް ކިހިނެއް ފިޔަވަޅު އަޅަން ބަޔަކަށް ކެރޭނީ. ގަޓު ހުރެގެން އެކަންކޮށްފިނަމަ ވަޒީފާ ގެއްލޭ. ނޫނީ ވަޒީފާ އެހެން ރަށަކަށް ބަދަލުވޭ. މީ ހިނގާ ކަންކަން.
އަދަބުދީ
12 December 2025
މިވަރުގެ ކުދިން ކުރާ ކަންކަމަށް އަދަބުދެވޭނެ ޖުވެނައިލް ޖަސްޓިސް ނިޒާމެއް ނެތި ހަމައެކަނި ކުދިންގެ ހައްގުތައް ހޯދާދިނީމަ މިހެންވަނީ. މިވަރުގެ ކުއްޖަކު ސަސްޕެންޑުކުރިޔަސް ފިލާވަޅަކަށް ނުވާނެ، ވަގުތުން ދަޢުވާކޮށް ކޯޓުމަރުހަލާއަށް ގެންގޮސް އުމުރަށް ފެންނަން އޮންނަ ކްރިމިނަލް ރެކޯޑެއް ހަދަންވީ. ދިވެހި ކުދިން އުޅެނީ މާ ހިތްފަސޭހަކޮށް އުފަލުގަ. ހިތާމައެއް ކުރަންނުޖެހި.
ސޮލް
12 December 2025
ހެޔޮނުަވާނެ ހުރިހާ ކުލާސް ރޫމމްތަކުގަ ކެމެރާ ހަރުކޮށް އޮފީހަށް ލައިވްކޮށް ބެލެނެގޮތް ހަދާދީ. ކުދިންނާ ޓީޗަރުންގެ ސަލާމަތާ މިކަން އަވަހަށް ކުރޭ. ނުލަފާވެގެން އުޅޭ ކުދިންނަށް ތިޔަބުނާ އަޚުލާގު ކުލާހެއް ނަގާދީފަ ބެލެނިވެރިންނަށް ދަރިން ތަރުބިއްޔަތު ކުރުމާބެހޭ ކުލާސް ނަގަން މަޖުބޫރު ކުރުވާ. މައިންބަފައިން ދޯދިޔާކަމުން ދަރިން ތި ފެންވަރަަށް ވެއްޓޭނީ. މީގެ އިތުރަށް ބަދުއަޚުލާގީ މަންޒަރު ހިމެނޭ ސައިޓުތަކާ ޓިިކްޓޮކުގަ އުޅޭ އެފަދަ މީހުން ބޭންކުރޭ
ގަމަރިއްޔާ
11 December 2025
މި ހުރިހާ ކަމެއްގެ އަސްލަކީ މިނިސްޓްރީ. ބޭއަދަބީ ގޮތްގޮތަށް އުޅޭ ދަރިވަރުންނާއި މެދު އެޅޭނެ ފިޔަވަޅެއް ނެތް. އެކުދިންނަަށް ވެސް ާމިކަން އެނގޭ