މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގޭގެ އިމާރާތުގެ ދަށުން ވެލިގަނޑު ކެހިފައި.
14 ޑިސެމްބަރ 2025 - 17:11
މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއް ގަނބައިގަތުމުން އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވައި، އެސެސްމަންޓެއް ހަދަން އަންގައިފި އެވެ.
އެ ހާދިސާ ހިނގީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގަތީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ.
އިއްޔެ މެންދުރުފަހު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގުމުން އެ ސަރަހައްދަށް ހަވީރު ވަޑައިގެން ހާލަތު ބެއްލެވި ކަމަށެވެ.
މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގޭގެ އިމާރާތުގެ ދަށުން ވެލިގަނޑު ކެހިފައި.
އާޒިމް ވިދާޅުވީ ޓެކްނިކަލް ޓީމަށް އެސަސްމެންޓެއް ހެދުމަށް ހަމާލުކޮށްފައިވާނެ ކަމަށާއި އެ މަސައްކަތް އަވަހަށް ނިންމުމަށް ވެސް އަނގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގެ ހަދާފައި ހުރީ ރަނގަޅަށްތޯ ބަލާނެ ކަމަށެވެ.
އަދި އެ އިމާރާތް އެޅުމުގެ މަސައްކަތް މިހާރު ހުއްޓުވާފައިވާ އިރު، އިތުރަށް މަސައްކަތް ކުރެވޭނީ އެސަސްމަންޓަށްފަހު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާލޭގައި އިމާރާތްކުރަން ބިންގަނޑު ކޮނުމުގެ ތެރޭގައި ގޭގެއަށް އެކި ކަހަލަ ގެއްލުން ލިބުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެޔޮޅު ބޭ
14 December 2025
ބަލަ މިކަން މިހެން މިވީ މާލޭ ސިޓީ ކައުންސިލް އިންތިޚާބުގައި ވޯޓު ހޯދަން މޭޔަރު އެސެސްމަންޓު ނަހަދާ އެތަން ކޮންނަން ހުއްދަ ދިނީމަ
ލަމްމާމް
14 December 2025
ގަނބައިގަތީމަ ދޯ މާލޭ ސިޓީ ކައުންސިލަށް އެނގެނީ އެކަން ވެއްޖެ ކަން؟ އިމާރާތް ކޮންނަށް ހުއްދަ ދިން އިރު މާލޭ ސިޓީ ކައުންސިލަށް އެކަމެއް ނޭނގޭތަ؟؟
ކޮރަލް
14 December 2025
އާޒިމް އަކީ ހިންގުންތެރިއެކެވެ. އެމްޓީސީސީ ގަ ހުރިއިރުވެސް އެކަން ފެނުނެވެ. މަސައްކަތް ހިނގަމުން ދާއިރު ސައިޓް ތަކަށް ޒިޔާރަތް ކުރެ އެވެ. ދިވެހީންނަށް ވަޒީފާ ދޭ އިރު އިސްކަން ދެ އެެވެ.
ލައިފް އިޒް ސިންޕަލް
14 December 2025
މޭޔަރު އެތަނަށް ވަޑައިގަތީތަ ނޫނީ އެހެން ދަނިކޮށް ކާރިސާ ހިނގިވަގުތާ ދިމާވީމާ މަންޒަރު ބަލާލަން ވަދެލީތަ؟ ތަންކޮޅެއް އަންއޮފިޝަލްކޮށް ހުރީމައި އަހާލީ؟
ނަގިއްޔާ
14 December 2025
އަޑިއަށް ނުދާވަރެއްތަ؟ މިކުޑަކުޑަ ރަށުގެ ބިމުގެ އަޑީހުރި ފެންކޮޅު ދަމާހުސްކުރަނީ އިމާރާތްކުރަން. ލޭންޑް ސަބްސިޑެންސް އަކީ އެގޮތައް ފެން ޑްރެއިންކުރުމުގެ ސަބަބުން ބިމުގެ ވެލިގަޑުގެ ވޮލިއުމު ކުޑަވެ ބިންގަޑު އަޑިއަށްދިއުމަށް ކިއާނަމެއް. ދުނިޔޭގެ ގައުމުތަކުން މިކަމާމެދު ކަންބޮޑުވެ ސަލާމަތީ ފިޔަވަޅު އަޅާމުންދާއިރުވެސް އަހަރުމެންގެ މީހުން ލޮލެއްބޮލެއްނެތީ އެދަނީ ބީމުގެ ފެންކޮޅުދަމާލާ އުޑުގައި ޖެހެންދެން ބުރިބުރިއަށްނަގަމުން. ޑެތް ޓްރެޕްއަކަށް މިދެވެނީ
އިލްޔާސް މާހިރު
14 December 2025
މޭޔަރު ވެސް މިތަނަށް ގޮސް މިހުރީ ފައިވާނެއް ތުރު ކުރައްވައިގެން. ކޮބާ ތޯ ސޭފްޓީ މިންގަނޑު ކޮންސްޓްރަކްޝަން ސައިޓަށް ވަންނައިރު
ބާލިދީ
14 December 2025
މިކަން ހައްލުވާނެ އޮތީ އެންމެ ގޮތެއް. އިންފާރުން ކޮންނަ ނަމަ ކިތަންމަ ތިލަކޮށްކޮނުނަސް ދަނގަޑު ޝީޓްޕައިލް ކޮއްގެން ނޫނީ ނުކޮންނަން ގަވާއިދު ބަދަލުކުރުން. މީބޮޑު ހަރަދެއްދާ ކަމަކަށް ވާތީ ހަދާގޭގެ ވެރިފަރާތުން މިކަން ނުކުރަނީ.
ނުހުއްޓޭ
14 December 2025
އިންތިހާބު ކައިރިވީމަ ކުރިން އާރުސީސީން ތިޔަހެންވީއިރު ނުހުއްޓުވާ
ޢިލިބެ
14 December 2025
ކޮންޓްރެކްޓަރުގެ ނަން ޖަހާލިނަމަ. ފްރެންޑްވީމަ ނުޖެހީދޯ